15 އޯގަސްޓް 2017
ދުނިޔޭގެ އެންމެ މަޝްހޫރު އެއް ނިއުސް ޗެނަލް، އެމެރިކާގެ ސީއެންއެންގެ މި އަހަރުގެ އެންމެ މަގުބޫލް ރިސޯޓް، ހޮޓާތަކުގެ އެއްވަނަ މަގާމަށް ސޮނޭވާ ޖާނީ ހޮވައިފި އެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު އެއް ނިއުސް ޗެނަލް، އެމެރިކާގެ ސީއެންއެންގެ މި އަހަރުގެ އެންމެ މަގުބޫލް ރިސޯޓް، ހޮޓާތަކުގެ އެއްވަނަ މަގާމަށް ސޮނޭވާ ޖާނީ ހޮވައިފި އެވެ.
ސީއެންއެން ވެބްސައިޓްގައި އެއްވަނަ ރިސޯޓުގެ ގޮތުގައި ހޮވާފައިވާ ސޮނޭވާ ޖާނީ އަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހުޅުވި އެންމެ މަތީ ފެންވަރުގެ ރިސޯޓެކެވެ.
ނ. މެދުފަރުގައި ތަރައްގީ ކޮށްފައިވާ ހިތްގައިމު ރިސޯޓުގައި 24 މޫދު ކޮޓަރި އާއި އެއްގަމުގައި ބޮޑު އެއް ވިލާ ހުރެ އެވެ.
މި ރިސޯޓްގެ އެންމެ ހިތްގައިމު ކަމަކީ ކޮޓަރީގެ އަދަދު މަދުކޮށް، ކޮޓަރިތަކުގެ މެދުގައި އޮންނަ ހުސް ޖާގަ ބޮޑުކޮށްފައިވުމެވެ. އެގޮތުން، މިއީ މުޅި ދުނިޔޭގައި ވެސް ބިމުގެ ނިސްބަތުން ކޮޓަރީގެ އަދަދު އެންމެ މަދު ރިސޯޓެވެ.
އިންޑިއާ ކަނޑުގެ ރިސޯޓެއްގައި ބަހައްޓާފައިވާ އެންމެ ބޮޑު ދުރުމި އާއި އައުޓްޑޯ ސިނަމާ ހުންނަނީ އެ ރިސޯޓުގައިކަން ސީއެންއެން އިން ފާހަގަކޮށްފައިވެ އެވެ.
އެންމެ މަތީ ފަންތީގެ ޓޫރިޒަމް ރާއްޖެ އަށް ތައާރަފްކުރި އިންޑިއާގެ ވިޔަފާރިވެރިޔާ ސޯނޫގެ ސޮނޭވާ ކުންފުނިން ރާއްޖޭގައި އެހެން ރިސޯޓެއް ވެސް ހިންގަ އެވެ. އެއީ ބ. އަތޮޅުގައި 1995 ވަނަ އަހަރު ހުޅުވި ސޮނޭވާ ފުށްޓެވެ.
ސީއެންއެންގެ ދެވަނަ ރިސޯޓެއްގެ ގޮތުގައި ހިމަނާފައި ވަނީ ވިއެޓްނާމްގެ ހޮއި އަންގެ އައްސޭރިފަށުގައި ތަރައްގީކޮށްފައިވާ 100 އެނދުގެ ފޯސީޒަން ރިސޯޓް ދަ ނަމްހައި އެވެ. ތިން ވަނަ ރިސޯޓަކީ އެމެރިކާގެ ކެލިފޯނިއާގެ ނެޕަ ވެލީގައި ތަރައްގީކޮށްފައިވާ 68 ކޮޓަރީގެ ލަސް އަލްކޮބާސް އެވެ.
ސީއެންއެން އެ ލިސްޓްގައި ސެންޓް ރެޖިސް ދުބާއީ، ކެލިފޯނިއާގައި ހުޅުވާފައިވާ ވާލްޑޮފް އެސްޓޯރިއާ ބެވަލީ ހިލްސް ފަދަ މަޝްހޫރު ހޮޓާތައް ވެސް ހިމެނެ އެވެ.
ސޮނޭވާގެ އާ ރިސޯޓް، ޖާނީ ހުޅުވައިފި
ސޮނޭވާ ސީކްރެޓް ރިސޯޓު ހުޅުވައިފި
ރާއްޖޭގެ ވެކްސިން ޓޫރިޒަމަށް ދުނިޔޭގެ ސަމާލުކަން
މި ރީތިކަން ނިސްބަތްވަނީ "ސޮނެވާ ޖާނީ ޗެޕްޓާ ޓޫ"އަށް
ސޮނެވާ ޖާނީން 85 ވަޒީފާ، އިސްކަންދޭނީ ދިވެހިންނަށް
ދުނިޔޭގެ ގަދަ ދިހައެއްގައި ރާއްޖޭގެ ތިން ރިސޯޓް
އެމެރިކާގެ ކޭއެސްއެލް އިން ސޮނޭވާގެ ހިއްސާ ގަނެފި
ސޮނެވާގެ "ބެއާފުޓް ބުކް-ސެލާ" މަގާމަށް ޑިމާންޑް ބޮޑު
ޖޯލި ރިސޯޓުން 77 މިލިއަނަށް ވިލާ ވިއްކަނީ
ޑޮލަރު މާރުކުރުމުގެ ބަދަލުން އާންމުންނަށް ފައިދާކުރާނެ