18 ނޮވެމްބަރ 2020
ޓޫރިޒަމަކީ ރާއްޖޭގެ ގިނަ ޒުވާނުން ކުރިއަށްދާން ބޭނުންވާ ދާއިރާއެކެވެ. ރާއްޖޭގެ އެންމެ މަޝްހޫރު ބައެއް ރިސޯޓްތައް ހިންގާ ސޮނެވާއިން މިވަނީ ރަނުގެ ފުރުސަތުތަކެއް ހުޅުވާލައިފަ އެވެ. އެ ކުންފުނީގެ ދަށުން ހިންގާ ސޮނެވާ ޖާނީއަށް 85 މުވައްޒަފުން ހޯދަން އިއުލާން ކުރިއިރު ކުރިމަތިލާ މީހުންގެ ތެރެއިން މުވައްޒަފުން ނެގުމުގައި ދިވެހިންނަށް އިސްކަން ދޭނެ ކަމުގެ ޔަގީންކަން ސޮނެވާއިން ދެ އެވެ.
ޓޫރިޒަމަކީ ރާއްޖޭގެ ގިނަ ޒުވާނުން ކުރިއަށްދާން ބޭނުންވާ ދާއިރާއެކެވެ. ރާއްޖޭގެ އެންމެ މަޝްހޫރު ބައެއް ރިސޯޓްތައް ހިންގާ ސޮނެވާއިން މިވަނީ ރަނުގެ ފުރުސަތުތަކެއް ހުޅުވާލައިފަ އެވެ. އެ ކުންފުނީގެ ދަށުން ހިންގާ ސޮނެވާ ޖާނީއަށް 85 މުވައްޒަފުން ހޯދަން އިއުލާން ކުރިއިރު ކުރިމަތިލާ މީހުންގެ ތެރެއިން މުވައްޒަފުން ނެގުމުގައި ދިވެހިންނަށް އިސްކަން ދޭނެ ކަމުގެ ޔަގީންކަން ސޮނެވާއިން ދެ އެވެ.
ނ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ ސޮނެވާ ޖާނީއަކީ ރާއްޖޭގެ އެންމެ ރީތި، އެންމެ މަޝްހޫރު ރިސޯޓުތަކުގެ ތެރެއިން އެއް ރިސޯޓެވެ. ދުނިޔޭގެ ބޮޑެތި ޝަހުސިއްޔަތުން ޒިޔާރަތްކުރާ މި ރިސޯޓުގައި ވަޒިފާ އަދާކުރުމަކީ ވަރަށް ތަފާތު ތަޖުރިބާތައް ލިބޭނެ ފުރުސަތެކެވެ. އެހެންކަމުން މިއީ ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީގައި ކުރިއަށް ދިއުމުގެ ހުވަފެންތައް ދެކެމުން އަންނަ ޒުވާނުންނަށް ސޮނެވާއިން ހުޅުވާލަދޭ އާ ދޮރެކެވެ.
- ހައުސްކީޕިން: 18
- ބަޓްލާ: 16
- ވޯޓާ ސްޕޯޓްސް ޑިޕާޓްމަންޓް: 2
- ބޯޓް ކްރޫ: 2
- "ލައިފް" ޓީމް: 6
- ރިޒަވޭޝަން އެޖެންޓް: 1
- ގިފްޓް ޝޮޕް އެސިޓެންޓް: 2
- އެއާޕޯޓް ހޯސްޓް: 2
- އެސިސްޓެންޓް އެފް އެންޑް ބީ މެނޭޖަރު: 1
- ޑެސްޓިނޭޝަން މެނޭޖަރު: 3
- އެފް އެންޑް ބީ ޓީމް: 8
- އިންޖިނިއަރިން ޓީމް: 10
- ކިޗަން ޓީމް: 14
ސޮނެވާ ޖާނީގެ މުވައްޒަފެއްގެ ހިނިތުންވުން: ވަޒީފާ ދިނުމުގައި ދިވެހިންނަށް އިސްކަން ދޭނެ -- ފޮޓޯ: ސޮނެވާ ޖާނީ
ކޮވިޑް-19ގެ ސަބަބުން އެހެން ގައުމުތަކެކޭ އެއްގޮތަށް ދިވެހިންގެ ވަޒީފާތަކަށް ވެސް ވަނީ ވަރަށް ބޮޑު އަސަރެއްކޮށްފަ އެވެ. ކޮވިޑް-19 ގެ ބަންދަށް ފަހު ރާއްޖޭގެ ޓޫރިޒަމް އަލުން ފަށައިގަންނަ މި ދަނޑިވަޅުގައި ސޮނެވާ ޖާނީ ކަހަލަ ރިސޯޓެއްގެ ވަޒީފާއަށް ނުކުތުމަކީ ކެރިއާއެއް ބިނާކުރުމުގެ ފުރަތަމަ ފިިޔަވަޅެވެ. ނުވަތަ ފަށާފައި އޮތް ކެރިއާއަކަށް އިތުރު ކުރިއެރުންތަކެއް ލިބިދޭނެ ފުރުސަތެކެވެ.
މިހާ ގިނަ އަދަދެއްގެ ވަޒީފާ މި ދަނޑިވަޅު ހުޅުވާލުމަކީ ސޮނެވާއަށް ވެސް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. މިއީ މި ދަނޑިވަޅު އެތައް ބަޔަކަށް ފޯރުކޮށްދޭ އެހީއަކަށް ވާނެ ކަމަށް ވެސް، ސޮނެވާއިން ގަބޫލުކުރެ އެވެ. އެކަން ސޮނެވާ ގްރޫޕްގެ ސީއީއޯ ސޯނޫ ސިވްދަސާނީގެ ބަހުން ވެސް އެނގެ އެވެ.\
"ކޮވިޑް-19ގެ ސަބަބުން ރާއްޖެ އާއި ދުނިޔޭގެ ޓޫރިޒަމަށް ބޮޑު އަސަރެއް ކުރި ނަމަވެސް 100 އެއްހާ ވަޒީފާ އަށް މީހުން ހޯދަން ފުރުސަތު ހުޅުވާލުމަކީ ލިބޭ އުފަލެއް،" ސޯނޫ ވިދާޅުވި އެވެ.
ސޮނެވާގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފުރުސަތުތައް ހޯދައިދީ ވަޒީފާގައި ބާރުވެރިކުރުވުމަކީ ކުންފުނިން އެންމެ ބޮޑު އެއް މަގުސަދެވެ. އެގޮތުން މުވަައްޒަފުން ތަމްރީންކުރުމާއި މުވައްޒަފުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ރިސޯޓުގައި ކުރިއަށްގެންދެ އެވެ.
ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ދިވެހި އަންހެން މުވައްޒަފުންގެ އަދަދު ނިސްބަތުން ވަރަށް ބޮޑަށް ދަށެވެ. ގިނަ ފަހަރަށް އަންހެނުން މި ދާއިރާއަށް ވަނުމަށް ހުރަސް އަޅަނީ އާއިލާއިންނެވެ. ޒަމާނުއްސުރެ ދިވެހިންގެ ވިސްނުމުގައި އޮންނަނީ ރިސޯޓު ވަޒީފާއަކީ ފިރިހެނުންނަށް އެކަނި އަދާކުރެވޭ ވަޒީފާއެއްގެ ގޮތުގަ އެވެ.
ނަމަވެސް ސޮނެވާއިން ބޭނުންވަނީ މި ވިސްނުން ބަދަލުކޮށްލާށެވެ. އެ ކުންފުނީގެ އުއްމީދަކީ ކުރިއަށް އޮތް ދުވަސްތަކުގައި ޓޫރިޒަމް ދާއިރާއަށް ގިނަ އަންހެން މުވައްޒަފުން ނެރުމެވެ. އެގޮތުން، އަންނަ އަހަރު ނިމޭއިރު ސޮނެވާގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ އަންހެނުންގެ އަދަދު 30 ޕަސެންޓަށް އެރުވުމަށް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިހާރު ސޮނެވާ ޖާނީގައި މަސައްކަތް ކުރާ މުވައްޒަފުންގެ 20 ޕަސެންޓަކީ އަންހެނުންނެވެ. އަދި ސޮނެވާފުށީގައި މަސައްކަތް ކުރާ މުވައްޒަފުންގެ 16 ޕަސެންޓަކީ އަންހެނުންނެވެ.
ސޮނެވާ ޖާނީގެ އަންހެން މުވައްޒަފުންތަކެއް: އަންހެން މުވައްޒަފުން އިތުރުކުރަން ސޮނެވާއިން އަންނަނީ މަސައްކަތް ކުރަމުން-- ފޮޓޯ: ސޮނެވާ ޖާނީ
ސޮނެވާއިން ވަނީ އެ ކުންފުނީގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނަށް ރިސޯޓުގައި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އަންހެނުންނަށް ހާއްސަ އެކޮމޮޑޭޝަން ކުއާޓާއެއް ވެސް ހަދައިފަ އެވެ. އަދި އިސް މަގާމުތަކުގައި ތިބޭ އަންހެން މުވައްޒަފުންނަށް އާއިލާއާ އެކު ރިސޯޓުގައި ދިރިއުޅެވޭނެ އެވެ. އެހެންކަމުން އާއިލީ ޒިންމާ އަދާކުރަމުން ވެސް ވަޒިފާގެ ހުވަފެން ހަގީގަތަކަށް ހެދުމުގެ ފުރުސަތު ސޮނެވާގެ ރިސޯޓުތަކުން އަންހެނުންނަށް ވެސް ލިބި ދެ އެވެ.
އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ކޮންމެ މަހަކު އެކި ހަރަކާތްތަައް ވެސް ހިންގަ އެވެ. މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ދިމާވާ ޖިންސީ ފުރައްސާރައިން ރައްކާތެރިކުރުމަށް ހަރުކަށި ފިޔަވަޅުތައް ވެސް އެ ރިސޯޓުން ވަނީ އަޅައިފަ އެވެ. އެގޮތުން، އެ ރިސޯޓުގައި މިފަދަ އަމަލުތަކަށް ދޭނީ "ޒީރޯ ޓޮލަރެންސް" ކަމަށް، މުވައްޒަފުންނަށް ހަނދާންކޮށްދެ އެވެ.
ސޮނެވާގެ ރިސޯޓްތަކުން އަންހެން މުވައްޒަފުންނަށް ލިބެން ހުންނަ ހިދުމަތްތައް އާއިލީ މީހުންނަށް ވެސް ތަޖުރިބާ ކުރެވޭނެ އެވެ. އެގޮތުން، އަންހެން މުވައްޒަފެއްގެ އާއިލާ މީހަކު އޭނާ މަސައްކަތް ކުރާ މާހައުލު ދެކިލަން ބޭނުން ނަމަ ރިސޯޓަށް ޒިޔާރަތްކުރެވޭނެ އެވެ. މީގެ ބޭނުމަކީ އެ ރިސޯޓުގައި މަސައްކަތް ކުރާ ކޮންމެ މުވައްޒަފަކު ވެސް އުޅެނީ ރައްކާތެރި މާހައުލެއްގައި ކަން އާއިލާއަށް ކަށަވަރުކޮށްދިނުމެވެ.
ސޮނެވާ ޖާނީގެ ވަޒީފާއަށް އެދި ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެ ކުންފުނީގެ ވެބްސައިޓް soneva.com/join-the-soneva-team މެދުވެރިކޮށް އެދެވޭނެ އެވެ. މި ވަޒީފާތަކަށް ހުށައެޅުމުގެ ފުރުސަތު އަންނަ މަހުގެ 15 އާ ހަމައަށް އޮންނާނެ އެވެ.
ސޮނެވާ ޖާނީގެ އުއްމީދަކީ ވީހާވެސް ގިނަ ދިވެހިން މި ވަޒީފާތަކަށް ކުރިމަތިލުމެވެ.
ވެލަޔަށް ފަރުވާދޭ ސެންޓަރެއް ސޮނެވާ ޖާނީގައި ހުޅުވައިފި
ސޮނެވާފުށީގައި ފޮގެއް ނުކުރޭ، އެކަމަކު މަދިރިއެއް ނުޅޭ
ސޯނޫގެ އިންޒާރު: ޓޫރިޒަމް އަނެއްކާވެސް ހުއްޓިދާނެ
މި ރީތިކަން ނިސްބަތްވަނީ "ސޮނެވާ ޖާނީ ޗެޕްޓާ ޓޫ"އަށް
ސޮނެވާ ޖާނީން 85 ވަޒީފާ، އިސްކަންދޭނީ ދިވެހިންނަށް
އެމެރިކާގެ ކޭއެސްއެލް އިން ސޮނޭވާގެ ހިއްސާ ގަނެފި
ސޮނޭވާ ޖާނީ، ސީއެންއެންގެ އެއް ވަނަ ރިސޯޓަށް
ސޮނޭވާގެ އާ ރިސޯޓް، ޖާނީ ހުޅުވައިފި
ރިއަލް އެސްޓޭޓްގައި އިންވެސްޓް ކުރުމުގެ ފުރުސަތު
ޒަމާނީ ސުޕަމާކެޓެއް ކަސްޓަމަރުން އެދޭ ހުރިހާ ސިފަތަކެއް