Roadha Mihaaru
ޔާމީންގެ އިސްތިއުނާފް މައްސަލައިގެ ހުކުމް ލައިވްކުރާނެ

ޔާމީންގެ އިސްތިއުނާފް މައްސަލއިގެ ހުކުމް މާދަމާ ލައިވްކޮށް ދައްކަނީ

20 ޖެނުއަރީ 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށްލި މައްސަލައިގެ އިސްތިއުނާފް ޝަރީއަތުގެ ހުކުމް އިއްވުމުގެ މަޖިލިސް މާދަމާ ލައިވްކޮށް ދައްކަން ހައި ކޯޓުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށްލި މައްސަލައިގެ އިސްތިއުނާފް ޝަރީއަތުގެ ހުކުމް އިއްވުމުގެ މަޖިލިސް މާދަމާ ލައިވްކޮށް ދައްކަން ހައި ކޯޓުން ނިންމައިފި އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކުރި ހުކުމް އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލައިގެ ހުކުމް މާދަމާ ހައި ކޯޓުން އިއްވާނެ އެވެ. ދަށު ކޯޓުގައި ޔާމީން ޝަރީއަތް ލައިވްކޮށް ދެއްކިޔަސް، ހައި ކޯޓުގެ އިސްތިއުނާފް ޝަރީއަތް މިހާތަނަށް ލައިވްކޮށެއް ނުދައްކަ އެވެ.

ހައި ކޯޓުން ބުނީ މާދަމާ މެންދުރު ބާއްވާ ޔާމީންގެ އިސްތިއުނާފް ހުކުމް އިއްވުމުގެ މަޖިލިސް ޔޫޓިއުބް މެދުވެރިކޮށް ލައިވްކޮށް ދައްކާނެ ކަމަށެވެ.

ހައި ކޯޓުގެ މީޑިއާ އޮފިޝަލްގެ ޓްވީޓް

އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެއް ވެސް ދައުލަތުން ކުރެ އެވެ. އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ދަނީ ކުރިއަށެވެ.