ފުލުހުން ހޯދަން އިއުލާނުކުރި ބިދޭސީއަކީ ހުޅުމާލޭގެ ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތްކުރަނިކޮށް އެތަނުގެ މަތިން ވެއްޓުނު ގަލަކުން ޖެހި ބިދޭސީއަކު މަރުވި މައްސަލައިގެ ތަހުގީގަށް ހޯދާ މީހެއްކަން "މިހާރު" އަށް އެނގިއްޖެ އެވެ.
18 ޖެނުއަރީ 2021
ފުލުހުން ހޯދަން އިއުލާނުކުރި ބިދޭސީއަކީ ހުޅުމާލޭގެ ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތްކުރަނިކޮށް އެތަނުގެ މަތިން ވެއްޓުނު ގަލަކުން ޖެހި ބިދޭސީއަކު މަރުވި މައްސަލައިގެ ތަހުގީގަށް ހޯދާ މީހެއްކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ފުލުހުންގެ ވެބްސައިޓުގައި މިއަދު ވަނީ، ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ބަލާ މަރުގެ މައްސަލައެއްގައި ބަންގްލަދޭޝްގެ މުހައްމަދު އަލީ ހޮސެއިން، 32، ހޯދަން އިއުލާނުކޮށްފަ އެވެ. އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެ ޑިޕާޓްމަންޓުގެ ނަމްބަރު 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް އެދިފައި ވެ އެވެ.
އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި ފުލުހުން ހޯދަމުން އަންނަނީ، ފެބްރުއަރީ 17، 2019 ގައި ހުޅުމާލޭގެ ލޮޓް ނަމްބަރު 10799 ގެ ފަސް ވަނަ ފްލޯއިން ވެއްޓުނު އެޅިގަލަކުން ޖެހި، އެ ސައިޓުގައި މަސައްކަތްކުރަން ހުރި 44 އަހަރުގެ ބިދޭސީ މީހާގެ ގައިގައި ޖެހި މަރުވި މައްސަލައިގަ އެވެ.
ހުޅުމާލެ ހޮސްޕިޓަލް އޭރު ހިންގަމުން ދިޔަ އާސަންދަ ކުންފުނިން އޭރު ބުނެފައިވަނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ. އެ މީހާގެ ބޮލަށް ބޮޑެތި ޒަހަމްތަކެއް ވެފައިވާ ކަމަށް އާސަންދަ ކުންފުނިން ކުރިން ބުންޏެވެ.
އެ އިމާރާތުން ވެއްޓުނު ގަލުން ޖެހި ބިދޭސީ މީހާ މަރުވި މައްސަލައާ ގުޅިގެން މާލެ ސިޓީ ކައުންސިލުން އެ ތަން ހަދަމުން ދިޔަ އައިއެންއެންއެފް ކޮންސްޓްރަކްޝަން 500،000ރ އިން ޖޫރިމަނާ ވެސް ކޮށްފައި ވެ އެވެ.
އެ ހާދިސާ ހިނގީ ދެ އިމާރާތް ދޭތެރޭގައި އެ ބިދޭސީ މީހާ މަސައްކަތުގައި އުޅެނިކޮށް، މަތިން ގަލެއް ވެއްޓި އޭނާގެ މޭގައި ޖެހުމުންނެވެ. ނަމަވެސް އެ މަރާއި ފުލުހުން މިހާރު ހޯދަން އިއުލާންކޮށްފައިވާ މީހާއާ އޮތް ގުޅުމެއް ނޭނގެ އެވެ.
ހުޅުމާލޭގެ އިމާރާތެއްގެ 14 ވަނަ ބުރިން މީހަކު ވެއްޓި މަރުވެއްޖެ
އިމާރާތަކުން ވެއްޓުނު ގަލަކުން ޖެހި މީހަކު މަރުވެއްޖެ
ހުޅުމާލެ 3 ގައި ރާ ކައްކަމުން ދިޔަ ބަޔަކު ހައްޔަރު
މަރުގެ މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ
ހުޅުމާލޭގައި މުޒާހަރާކުރި ބިދޭސީން ފޮނުވާލައިފި
ބޮޑުފިނޮޅުގައި ތިބި ބިދޭސީން ގެންދިޔައީ ހުޅުމާލެ އަށް
ބިދޭސީމީހާ ގެންދިޔައިރު ވެސް އޮތީ މަރުވެފައި
ލުތުުފަރާ ޖެހުނީ ފައިސާގެ މައްސަލަ، މަރާލީ ވަލުތެރޭގައި
ލުތުފަރު ކަމަށް ބެލެވޭ މީހެއްގެ ބައިތަކެއް ހޯދައިފި
ހުޅުމާލޭގައި ބަންގްލަދޭޝް މީހަކު މަރުވެއްޖެ