ހުޅުމާލޭގައި ބަންގްލަދޭޝް ރައްޔިތަކު މިއަދު މަރުވެއްޖެ އެވެ.
20 ޖެނުއަރީ 2019
ހުޅުމާލޭގައި ބަންގްލަދޭޝް ރައްޔިތަކު މިއަދު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ އުމުރުން 38 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތަކު މަރުވެގެން މިއަދު މެންދުރު 2:00 ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
"މި މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނާކަށް ނެތް،" ފުލުހުން ބުންޏެވެ.
މަރުވި މީހާއަކީ ހުޅުމާލޭގައި "ބިދޭސީން ދިރިއުޅެންދާ" ތަނެއްގައި އުޅެމުންދިޔަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ރާއްޖޭގައި ގާތްގަނޑަކަށް 143،000 ބިދޭސީން މަސައްކަތް ކުރަމުންދާ ކަމަށް އިމިގްރޭޝަން ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ. އަދި އޭގެ ތެރެއިން 63،000 މީހުންނަކީ ލިޔެކިޔުން ނެތް ބިދޭސީން ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
ލިޔެކިޔުން ނެތް ބިދޭސީންނަށް ރާއްޖެއިން ބޭސް ފަރުވާ ކުރުމަކީ އުނދަގޫ ކަމެކެވެ. ލިޔެކިޔުން ނެތި ހޮސްޕިޓަލުތަކުގެ އެމަޖެންސީގައި ވެސް ފަރުވާ ނުދޭ ކަމަށް ބިދޭސީން ބުނެ އެވެ.
ބިދޭސީއަކު ހޯދަނީ ގަލަކުން ޖެހި މަރުވި މައްސަލާގައި
ހުޅުމާލޭގެ އިމާރާތެއްގެ 14 ވަނަ ބުރިން މީހަކު ވެއްޓި މަރުވެއްޖެ
އިމާރާތަކުން ވެއްޓުނު ގަލަކުން ޖެހި މީހަކު މަރުވެއްޖެ
ހުޅުމާލެ 3 ގައި ރާ ކައްކަމުން ދިޔަ ބަޔަކު ހައްޔަރު
ފައިލޭރިއާ އަށް މިހާތަނަށް 452 މީހަކު ޓެސްޓުކޮށްފި
މަރުގެ މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ
ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ
ހުޅުމާލޭގައި މުޒާހަރާކުރި ބިދޭސީން ފޮނުވާލައިފި
ބޮޑުފިނޮޅުގައި ތިބި ބިދޭސީން ގެންދިޔައީ ހުޅުމާލެ އަށް
ރޭ މަރުވި ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވް