06 މެއި 2019
ށ. ޅައިމަގުން ގެއްލުނު ބަންގްލަދޭޝްގެ ލުތުފަރުގެ ހަށިގަނޑު ކަމަށް ބެލެވޭ، އިންސާނެއްގެ ބައިތަކެއް ކަނޑު އަޑިން ހޯދާފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.
ށ. ޅައިމަގުން ގެއްލުނު ބަންގްލަދޭޝްގެ ލުތުފަރުގެ ހަށިގަނޑު ކަމަށް ބެލެވޭ، އިންސާނެއްގެ ބައިތަކެއް ކަނޑު އަޑިން ހޯދާފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.
ފުލުހުން ބުނީ، ލުތުފަރުގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް ފެނުނީ އޭނާ އޮތް ކަމަށް ބެލެވޭ ކަނޑުގެ ސަރަހައްދަށް ފުލުހުން ކުރި ޑައިވްގެ ތެރޭގައި ކަމަށެވެ. އެކަމަކު، އޭގެ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމައެެއް ނުކުރެ އެވެ.
ޅައިމަގު ކައުންސިލްގެ ރައީސް އަބްދުލް ޣަނީ އިބްރާހީމް މިއަދު ވިދާޅުވީ ލުތުފަރުގެ ހަށިގނޑު ކަމަށް ބެލެވޭ އިންސާނެއްގެ ބައިތައް ނެގުމުގެ މަސައްކަތް ފުލުހުން މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ހަށިގަނޑުގެ ބައިތައް ފެނިފައި ވަނީ ޅައިމަގު ބަނދަރުގެ ބޭރު ތޮށި ކައިރިން އުރަފަށުންނެވެ.
ޅައިމަގުގައި ދުއްވާ މާލެ ދަތުރުކުރާ "ކުރިމަގު 1" ބޯޓުގައި މަސައްކަތްކުރާ ލުތުފަރު ގެއްލުނީ އެ ބޯޓުގެ ކައްޕި އަލީ ޝަރީފު ބުނެފައިވާ ގޮތުގައި މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ. ލުތުފަރު ގެއްލުނުކަން އެނގުނީ ބޯޓު މާލެ ފުރަން ބެލި އިރު އޭނާ އެ ބޯޓުގައި ނެތުމުން ކަމަށް ކައްޕި ބުނެފައި ވެ އެވެ.
ލުތުފަރު ގެއްލުނު މައްސަލައިގައި ބަންގްލަދޭޝްގެ ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. އެކަމަކު، "މިހާރު" އަށް އެނގިފައިވާ ގޮތުގައި ބޯޓުގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ އެންމެން ވެސް ފަހުން ވަނީ ހައްޔަރުކޮށްފަ އެވެ. ލުތުފަރުގެ އިތުރުން ބޯޓުގައި ބަންގްލަދޭޝްގެ ހަތަރު މީހަކު މަސައްކަތްކުރާ ކަމަށް ވެ އެވެ.
އެނގިފައިވާ ގޮތުގައި އެ މީހުން ބަންދުކޮށްފައި ތިބީ ށ. ފުނަދޫ ޕޮލިސް ސްޓޭޝަންގަ އެވެ.
މީގެ މަހެއްހާ ދުވަސް ކުރިން މާލެއިން ކުރިމަގު ބޯޓަށް އެރި ލުތުފަރު ކައިބޮއި އަދި ނިދައި ހަދަނީ ވެސް އެ ބޯޓުގަ އެވެ.
ލުތުުފަރާ ޖެހުނީ ފައިސާގެ މައްސަލަ، މަރާލީ ވަލުތެރޭގައި
މަހުމޫދު މަރާލި މައްސަލައިގައި ބިދޭސީމީހާ ހައްޔަރުކޮށްފި
ބިދޭސީއަކު ހޯދަނީ ގަލަކުން ޖެހި މަރުވި މައްސަލާގައި
މަރުގެ މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ
ހުޅުމާލޭގެ އިމާރާތެއްގެ 14 ވަނަ ބުރިން މީހަކު ވެއްޓި މަރުވެއްޖެ
ގުރައިދޫގައި އަނެއްކާ ބިދޭސީއެއްގެ ގަޔަށް ވަޅި ހަރައިފި
ގުރައިދޫގައި ބިދޭސީއަކު މަރާލައިފި
ބިދޭސީމީހާ ގެންދިޔައިރު ވެސް އޮތީ މަރުވެފައި
ލުތުފަރު މަރާލީ އެއް ޖިންސުން ގުޅުން ހިންގަން އުޅޭތީ
ލުތުފަރު މަރާލައި ކަނޑު ފެއްތި ގޮތް ކުޅެދީފި