ށ. ޅައިމަގުގައި ގެއްލިގެން ހޯދި ބަންގްލަދޭޝްގެ ލުތުފަރާއި އޭނާގެ އެކުވެރިންނާ ދެމެދު ޖެހުނީ ފައިސާގެ މައްސަލައެއް ކަމަށާއި މަރާލީ ވަލުތެރޭގައި ކަމަށް ގަބޫލުކުރެވޭ ކަމަށް އެ ރަށުގެ ބައެއް މީހުން ބުނެފި އެވެ.
07 މެއި 2019
ށ. ޅައިމަގުގައި ގެއްލިގެން ހޯދި ބަންގްލަދޭޝްގެ ލުތުފަރާއި އޭނާގެ އެކުވެރިންނާ ދެމެދު ޖެހުނީ ފައިސާގެ މައްސަލައެއް ކަމަށާއި މަރާލީ ވަލުތެރޭގައި ކަމަށް ގަބޫލުކުރެވޭ ކަމަށް އެ ރަށުގެ ބައެއް މީހުން ބުނެފި އެވެ.
ޅައިމަގުގައި ދުއްވާ "ކުރިމަގު 1" ކިޔާ ބޯޓުގައި މަަސައްކަތް ކުރާ ލުތުފަތު ގެއްލިގެން ރިޕޯޓު ކުރީ މިދިޔަ މަހު 22ގަ އެވެ. ފުލުހުން މިހާރު ވަނީ ޅައިމަގުގެ ބޭރު ތޮށި ކައިރިން ކަނޑުން، ލުތުފަރުގެ ހަށިގަނޑު ކަމަށް ބެލެވޭ ބައިތަކެއް ހޯދައިފަ އެވެ.
ހަށިގަނޑުގެ ބައިތަކެއް ފެނުމުން އެއިން ދޭހަވަނީ މަރާލުމުގެ އިތުރުން ލުތުފަރު ކޮށާލާފައި ވެސް އޮތް ކަމެވެ.
ބޯޓުގެ ފަޅުވެރިންގެ ގޮތުގައި މަސައްކަތްކުރަމުން އައި ބަންގްލަދޭޝްގެ އަނެއް ހަތަރު މީހުން ވެސް މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.
ޅައިމަގުން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި ލުތުފަރަކީ ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ހަމަވެގެން ގަވައިދާ ހިލާފަށް އުޅެމުން ދިޔަ މީހެކެވެ. އޭނާ ބޯޓަށް އެރީ މީގެ މަހެއްހާ ދުވަސް ކުރިން މާލެއިންނެވެ.
"އެހެންވެ ލުތުފަރަކަށް އޭނާގެ ގައުމަށް ފައިސާއެއް ނުފޮނުވޭ. އެ ފައިސާ ފޮނުވަން އޭނާ ހަވާލުކުރަނީ ބޯޓުގައި އުޅޭ އެހެން މީހަކާ. އެ މީހާ އަތަށް ދިން 13،600 އަށް ވުރެ ގިނަ ރުފިޔާ ނުފޮނުވާ އެ ބޭނުން ކުރި މައްސަލަ އެ މީހުންގެ މެދުގައި ޖެހުނީ،" އެ ބިދޭސީންނާ ގާތް ގުޅުމެއް ބާއްވަމުން ދިޔަ ޅައިމަގު މީހާ ބުންޏެވެ.
ލުތުފަރު ގެއްލުނީ ބޯޓު މާލެ ފުރަން ތައްޔާރުވެފައިވަނިކޮށެވެ. އޭނާ ގެއްލުނުކަން ފުލުހުންނަށް އެންގީ ވެސް ބޯޓު ރަށުން ފުރި ފަހުންނެވެ.
އެ ބޯޓުގެ ކައްޕި، އަލީ ޝަރީފް ކުރިން ބުނިގޮތުގައި ބޯޓު ފުރުމުގެ ކުރިން، އެރޭ އިރާކޮޅު އޭނާ ބޯޓު ޗެކް ކުރަން ދިޔަ އިރު ވެސް ހުރިހާ ބިދޭސީން އޭގައި ހަމައަށް ތިއްބެވެ. އަދި ކަމެއް ހިނގައިގެން އުޅޭކަން އެއްވެސް މީހެއްގެ މޫނުމަތިން ހީނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.
އެކަމަކު އެކަން އެ ރަށުގެ ބައެއް މީހުން ދޮގުކުރެ އެވެ.
ކުރިމަގު ބޯޓު ފަޅުގައި އޮތް އިރު، އެ ބޯޓާ ޖެހިގެން އޮތް އުޅަނދެއްގައި ހުރި މީހަކު ބުނިގޮތުގައި އެރޭ އިރާކޮޅު އެ ބޯޓުގައި ވަރަށް ގަދައަށް ޒުވާބުކުރި އެވެ. އަދި އެކަން އަލީ ޝަރީފަށް އެންގި ކަމަށާއި އޭނާ ގޮސް ފަޅުވެރިންނާ ވާހަކަ ދެއްކީ ޖެޓީ މަތީގައި ހުރެގެން ކަމަށް ވެސް އޭނާ ބުންޏެވެ.
"އޭރު ބޯޓު އޮތީ ފަޅުތެރޭގައި ޖެޓީއާ ތަންކޮޅެއް ދުރުގައި. އަލީ ޝަރީފް ގޮސް ކިހިނެއް ވެގެންހޭ އުޅެނީ އެހީމައި ބޯޓުގެ ގެގަނޑުތެރޭން މީހަކު ނުކުމެފައި ބުނީ އެއްވެސް ކަމެއް ނުވާ ކަމަށް. ރަށަށް ގުޅައިގެން އުޅޭ ކަމަށް. އޭރު އޭނާ ހުރީ ވަރަށް ބޮޑަށް ހާސްވެ، މާނޭވާ ލެވޭ ގޮތްވެފައި،" މަންޒަރު ދުށް މީހާ ބުންޏެވެ.
އެ ރަށު މީހުން ގަބޫލުކުރާ ގޮތުގައި ލުތުފަރު ވަލުތެރޭގައި މަރާލުމަށް ފަހު ހަށިގަނޑުގެ ބައިތައް މޫދަށް އަޅާލީ އެވެ. އޭގެ ތެރެއިން ދެ ބިދޭސީއަކު ވަލުތެރޭން ނިކުތްތަން އެ ރަށުގެ މީހަކަށް ވަނީ ފެނިފަ އެވެ.
އެ ބޯޓުގައި ދަތުރުކުރަންވެގެން ދަންވަރު ތިނެއް ޖަހާލާކަންހާއިރު ބޯޓަށް ދިޔަ އަންހެނަކަށް އެ ދެ މީހުން ވަލުތެރޭން ނުކުމެގެން ދާތަން ފެނުނު ކަމަށް އޭނާއާ ހަވާލާދީ އެ ރަށުގެ ބައެއް މީހުން ބުންޏެވެ.
ފަހުން ފުލުހުން ވަނީ އެ ބިދޭސީން ވަލުތެރެއަށް ވައްދައި، އޭނާ މަރާލި ކަމަށް ބުނާ ސަރަހައްދު ފާސްކޮށްފަ އެވެ.
ލުތުފަރުގެ މަރާ ގުޅިގެން އެންމެ ފުރަތަމަ ބަޔަކު ހައްޔަރުކުރީ ކުރިމަގު ބޯޓު މާލެ ގޮސް ރަށަށް ދިޔަ ތަނުންނެވެ. އަދި އަނެއް ދެ މީހުން ހައްޔަރުކުރީ މާލޭން ކަމަށް އެނގިފައިވެ އެވެ.
ތަހުގީގު ކުރަމުންދާތީ މި މައްސަލައިގެ މާ ބޮޑު ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ.
ލުތުފަރު ކަމަށް ބެލެވޭ މީހެއްގެ ބައިތަކެއް ހޯދައިފި
މަހުމޫދު މަރާލި މައްސަލައިގައި ބިދޭސީމީހާ ހައްޔަރުކޮށްފި
މަރުގެ މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ
ގުރައިދޫގައި އަނެއްކާ ބިދޭސީއެއްގެ ގަޔަށް ވަޅި ހަރައިފި
ގުރައިދޫގައި ބިދޭސީއަކު މަރާލައިފި
ލުތުފަރު މަރާލައި ކަނޑު ފެއްތި ގޮތް ކުޅެދީފި
ބިދޭސީއަކު ގެއްލިގެން ޅައިމަގުން ދެމީހަކު ހައްޔަރުކޮށްފި
ރައުދާގެ މަރު ފަސް ވަނަ ފަހަރަށް ތަހުގީގު ކުރަނީ
އިއްސެގެ މަރާ ގުޅިގެން އަދިވެސް ފާސްކުރަނީ
ހުޅުމާލެ 3 ގައި ރާ ކައްކަމުން ދިޔަ ބަޔަކު ހައްޔަރު