ރަޝިއާގައި އަންހެނުން ރޭލު ދުއްވުން މަނާކޮށްފައި އޮންނަތާ 10 ވަރަކަށް އަހަރު ފަހުން އަލުން އަންހެން ޑްރައިވަރުން ހިދުމަތަށް ނެރެފި އެވެ.
06 ޖެނުއަރީ 2021
ރަޝިއާގައި އަންހެނުން ރޭލު ދުއްވުން މަނާކޮށްފައި އޮންނަތާ 10 ވަރަކަށް އަހަރު ފަހުން އަލުން އަންހެން ޑްރައިވަރުން ހިދުމަތަށް ނެރެފި އެވެ.
މޮސްކޯ ޑިޕާޓްމަންޓް އޮފް ޓްރާންސްޕޯޓުން ބުނީ ވެރިރަށުގެ މަޝްހޫރު މެޓްރޯ ސަބްވޭ ސިސްޓަމްގައި އަލުން އަންހެން ޑްރައިވަރުން އާދީއްތަ ދުވަހު ހިދުމަތަށް ނެރުނު އިރު މިއީ އަނެއްކާ އާ ޒުވާން އަންހެން ޖީލަކާ އެކު ފަށައިގަނެވޭ މަސައްކަތެއް ކަމަށެވެ. އަންހެން ޑްރައިވަރުންނަށް އަލުން ފުރުސަތު ދޭން ރަޝިއާގެ ލޭބާ މިނިސްޓްރީން ނިންމީ މިދިޔަ އަހަރު އެވެ.
މަސައްކަތަށް އަލުން އަންހެން ޑްރައިވަރުން ނެރެފައި ވަނީ އެކަމަށް ހާއްސަކޮށްގެން ހިންގި ޓްރޭނިން ޕްރޮގްރާމަކަށް ފަހު އެވެ. އެގޮތުން 25 ބައިވެރިންނާ އެކު ކުރިއަށް ގެންދިޔަ ރޭލު ޑްރައިވިން ކޯހުގައި 25 އަންހެނުން ބައިވެރިވި ނަމަވެސް ކޯސް ކާމިޔާބުކަމާ އެކު ފުރިހަމަކުރުމުން، ޑްރައިވިން ލައިސަންސް ލިބުނީ 12 މީހަކަށެވެ.
"އަންނަ އަހަރު އަނެއްކާ ވެސް އަހަރެމެން އެ އަދަދު ފަންސާހަށް އިތުރުކުރާނަން،" މޮސްކޯ ޓްރާންސްޕޯޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުންޏެވެ. "އަހަރެމެން ވަރަށް ފަހުރުވެރިކަމާ އެކު މިހާރު ފާހަގަކުރަން މޮސްކޯގެ ދަތުރުފަތުރު [ރޭލު] ގެ ނިޒާމު އޮތީ ދެ ޖިންސްގެ މީހުންނަށް ވެސް ހިއްސާވެވޭ ގޮތަށްކަން."
ރަޝިއާގެ އަންހެން ރޭލު ޑްރައިވަރުން.
އަލަށް ޑްރައިވަރުންގެ މަސައްކަތަށް ނުކުތް އަންހެން ޑްރައިވަރުން މަސައްކަތްކުރާނީ މޮސްކޯގެ އެންމެ ޒަމާނީ މެޓްރޯ ނެޓްވޯކް، ފިލެވްސްކަޔާ ލައިންގަ އެވެ.
ރަޝިއާގެ އަންހެނުންނަށް ރޭލު ޑްރައިވަރުންގެ މަސައްކަތުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ދިނީ 1936 ގަ އެވެ. އެކަމަކު 1980 ގެ އަހަރުތަކުގެ ތެރޭގައި އަންހެން ޑްރައިވަރުންނަށް ފުރުސަތު ދިނުން ހަނިކުރަމުން ގޮސްފައިވާ ކަމަށް މޮސްކޯގެ މޭޔަރުގެ އޮފީހުން ބުންޏެވެ. އެގޮތަށް ނިންމި މައިގަނޑު އެއް ސަބަބަކީ ރޭލު ދުއްވުމަކީ އަންހެނުން އަދާކުރާ ވަރަށް ވުރެ ބުރަބޮޑު ގިނަ ވަގުތު ހޭދަކުރަން ޖެހޭ ވަޒީފާއަކަށްވުން ކަމަށް ބުނެފައިވެ އެވެ.
ރަޝިއާގެ އަންހެން ރޭލު ޑްރައިވަރުން.
ނަމަވެސް އަލުން ހުއްދަ ދޭން މި ފެށީ ޒަމާނީ ޓެކްނޮލޮޖީއާ އެކި ރޭލުތައް މިހާރު އޮޓޮމޭޓެޑްކޮށް އޮޕަރޭޓްކުރެވޭތީ، ޑްރައިވަރުން އުފުލަން ޖެހޭ ބުރަ ވަރަށް ބޮޑުތަނުން ލުއިވެފައިވާތީ އެވެ.
މޮސްކޯ ޑިޕާޓްމަންޓް އޮފް ޓްރާންސްޕޯޓުން ބުނިގޮތުގައި އެތަނުގެ މަސައްކަތުގެ ފޯސް އަށް ބަލާ އިރު 62،000 މުވައްޒަފުން ނުވަތަ 36 ޕަސަންޓަކީ އަންހެން މުވައްޒަފުންނެވެ.
ސައޫދީގައި ރޭލު ދުއްވަން އަންހެން ޑްރައިވަރުން ނެރެނީ
ދުވެލި އެންމެ ބާރު ރޭލު ޗައިނާގައި
ނީސާން އިން މޮބައިލް "އޮފީސް ޕޮޑެއް"
މުސާރައިގެ ފަރަގު ހައްލުކުރަން ގޫގުލް އިން 2.5 މިލިއަން ޑޮލަރު
ޖަޕާނުގައި އަންހެން މުވައްޒަފުންނަށް އައިނު މަނާކުރަނީ
ޖަޕާނު އަންހެނުން ހައި ހީލްސްއާ ދެކޮޅަށް ތެދުވެއްޖެ
އަންހެނުންނަށް ވެސް ފަހި އެމްއެމްއޭ: މިސާލެއް
އަންހެނުންނަށް ބެގީއެއް ނުކުރެވޭނެއޭ؟!
ނުސީދާކޮށް ކުރާ ބޮޑު ތަފާތު
ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރަނީ ހަތް ޕަސެންޓް މީހުން