Roadha Mihaaru
2020: ކުޅިވަރުގެ ދުނިޔެ އަށް ބަނަ އަހަރެއް

2020: ކުޅިވަރުގެ ދުނިޔެ އަށް ބަނަ އަހަރެއް

01 ޖެނުއަރީ 2021

ކޮންމެ އަހަރެއް ވެސް ނިމިގެންދަނީ ކުޅިވަރުގެ އުފާވެރި ހަނދާންތަކާ އެކު އެވެ. އެކަމަކު 2020 ވަނަ އަހަރު ތަފާތެވެ. ކޮވިޑުގެ ސަބަބުން ކުޅިވަރު ހަރަކާތްތައް މެދުކެނޑި އަދި ބައެއް ހަރަކާތްތައް ފަސްކުރަން ޖެހުނެވެ. ހަރަކާތްތައް އަލުން ފެށީ ވެސް ސަޕޯޓަރުން ނެތި އެވެ. އެ މާޔޫސްކަމާ އެކު ކުޅިވަރުގެ ދުނިޔެ އިތުރަށް މާޔޫސްކޮށްލީ ބައެއް ތަރިންގެ ވަކިވުމުންނެވެ.

ކޮންމެ އަހަރެއް ވެސް ނިމިގެންދަނީ ކުޅިވަރުގެ އުފާވެރި ހަނދާންތަކާ އެކު އެވެ. އެކަމަކު 2020 ވަނަ އަހަރު ތަފާތެވެ. ކޮވިޑުގެ ސަބަބުން ކުޅިވަރު ހަރަކާތްތައް މެދުކެނޑި އަދި ބައެއް ހަރަކާތްތައް ފަސްކުރަން ޖެހުނެވެ. ހަރަކާތްތައް އަލުން ފެށީ ވެސް ސަޕޯޓަރުން ނެތި އެވެ. އެ މާޔޫސްކަމާ އެކު ކުޅިވަރުގެ ދުނިޔެ އިތުރަށް މާޔޫސްކޮށްލީ ބައެއް ތަރިންގެ ވަކިވުމުންނެވެ.

ޔޫރޯ، ކޮޕަ އެމެރިކާ އަދި އޮލިމްޕިކްސް ފަސްކުރުުން

ކޮވިޑް-19ގެ ނުރައްކާ މުޅި ދުނިޔެ އަށް ބޮޑުވާން ފެށުމާ އެކު ޔަގީނާ ގާތަށް އެނގުނު އެއް ކަމަކީ ދަތުރު ފަތުރުކޮށްގެން ބާއްވާ ކުޅިވަރު ހަރަކާތްތައް ޝެޑިއުލާ އެއްގޮތަށް ނުބޭއްވޭނެ ކަމެވެ. އެ ގޮތުން ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ކުޅޭ ޔޫރޯ ފުޓްބޯޅަ މުބާރާތާއި ދެކުނު އެމެރިކާގެ ގައުމުތަކުގެ ފޯރިގަދަ މުބާރާތް ކޮޕަ އެމެރިކާ އަދި ދުނިޔޭގެ ގިނަ ބަޔަކު އިންތިޒާރުކުރާ މަލްޓި ސްޕޯޓްސް ކުޅިވަރު ހަރަކާތް ކަމަށްވާ އޮލިމްޕިކްސް މި ވަނީ މި އަހަރަށް ފަސްކޮށްފަ އެވެ.

މީގެ ކުރިން ޔޫރޯ ބާއްވަމުންދިޔައި އެކެއް ނޫނީ ދެ ގައުމުގަ އެވެ. އެކަމަކު ޔުއެފާ އިން މުބާރާތުގެ ފޯރިގަދަ ކުރުމުގެ ގޮތުން 12 ގައުމެއްގެ މަޝްހޫރު ސިޓީތަކުގައި މެޗުތައް ކުޅޭ ގޮތަށް ރޭވުމަކީ މިދިޔަ އަހަރު މުބާރާތް ބޭއްވުމަށް ދިމާވި އެންމެ ބޮޑު ހުރަސްކަމަށް ޔުއެފާ އިން ބުނެފައިވެ އެވެ. ކުރިން ބާއްވާ ގޮތަށް ސެންޓްރަލައިޒްކޮށް އެއް ގައުމުގައި ބޭއްވިނަމަ މުބާރާތް ކޮންމެވެސް ގޮތަކަށް މިދިޔަ އަހަރު ބޭއްވުމުގެ އުއްމީދެއް އޮތެވެ. ޔުއެފާ އިން ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ބޭއްވީ ކުއާޓާ ފައިނަލާ ހަމައިން އެއް ގައުމެއްގައި ސެންޓްރަލައިޒްކޮށެވެ.

2016 ވަނަ އަހަރުގެ އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ: އޭއެފްޕީ

2016 ވަނަ އަހަރުގެ އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ: އޭއެފްޕީ

ކޮޕަ އެމެރިކާ މިދިޔަ އަހަރު ހޯސްޓްކުރަން ތައްޔާުރުވެފައި އޮތީ އާޖެންޓީނާ އާއި ކޮލަމްބިއާ އިންނެވެ. ގިނަ މަސައްކަތްތަކެއް ކުރަމުންދަނިކޮށް އެ ބައްރަށް ވެސް ކޮވިޑްގެ ނުރައްކާ ބޮޑުވެ އެންމެ ފަހުން ނިންމީ މި އަހަރަށް މުބާރާތް ފަސްކުރާށެވެ. އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ވެސް ދިން އިންޓަވިއުއެއްގައިވަނީ އޭނާ މިދިޔަ އަހަރު އެންމެ ބޮޑަށް ތައްޔާރުވި އެއް ކަމަކީ ކޮޕަ އެމެރިކާ އަށް ކަމަށް ބުނެފަ އެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން މިއީ މެސީ ގައުމީ ޓީމަށް ކުޅެދޭ ފަހު ކޮޕަ އެމެރިކާ އެވެ.

ގައުމުތަކުގެ ފުޓްބޯޅަ ލީގުތައް ވެސް ކޮވިޑް-19އާ ހެދި ތިން މަސް ދުވަހަށް މެދުކަނޑާލި އެވެ. އަލުން ފަށައި ގެން ސީޒަން ނިންމައިލެވުނީ ޖުލައި މަސް ތެރޭގަ އެވެ. ކޮވިޑާ ހެދި މިދިޔަ ސީޒަނުގެ ލީގުތައް ކެންސަލްކުރި ގައުމުތަކުގެ ތެރޭގައި ނެދަލެންޑްސް އާއި ފްރެންޗް ލީގު ހިމެނެ އެވެ.

ޖަޕާނުގެ ޓޯކިޔޯގައި ބާއްވަން ތާވަލުކުރި އޮލިމްޕިކްސް ޝެޑިއުލާ އެއްގޮތަށް މިދިޔަ އަހަރު ނުބޭއްވުމުން އެ ގައުމަށް ގާތްގަނޑަކަށް ހަތަރު ވަރަަކަށް ބިލިއަން ޑޮލަރުގެ ގެއްލުމެއްވާނެ އެވެ. އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން އަންނަނީ މިހާރު ފަސްކޮށްފައިވާ މުއްދަތަށް ބަލައި މި އަހަރުގެ ޖުލައިގައި އޮލިމްޕިކްސް ފަށަން ވާން ޖެހޭ ފުރިހަމަ ތައްޔާރީތައް ވަމުންނެވެ.

މަރަޑޯނާ އާއި ރޮސީގެ މަރު

މިދިޔަ އަހަރަކީ ކުޅިވަރުގެ ކުރީގެ ބައެއް ތަރިން މަރުވި އަހަރެކެވެ. އެ ގޮތުން ކުރީގެ މަޝްހޫރު ދެ ކުޅުންތެރިން ކަމަށްވާ އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާ އާއި އިޓަލީގެ ހުނަރުވެރި ތަރި ޕޮއޮލޯ ރޮސީގެ މަރާ ފުޓްބޯޅަ ދުނިޔެ ކުރިމަތިލީ މިދިޔަ މަހު އެވެ. މަރަޑޯނާ މަރުވީ ސިކުނޑީގެ އޮޕަރޭޝަނެއް ކުރުމަށް ފަހު ގެޔަށް ދޫކޮށްލިތާ ދެ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. ރޮސީގެ މަރުގެ ސަބަބު އާއިލާ އިން ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު އިޓަލީގެ މީޑިއާއާ ހަވާލާދީ އޭއެފްޕީން ބުނާ ގޮތުގައި އޭނާ އައީ ފަރުވާއެއް ނެތް ބައްޔެއްގެ ވޭން ތަހައްމަލުކުރަމުންނެވެ.

އާޖެންޓީނާގެ ލެޖެންޑް މަރަޑޯނާ: މިދިޔަ އަހަރު އޭނާ މަރުވިއިރު މިއި ކުޅިވަރަށް ލިބުނު ހިތާމައެއް.

އާޖެންޓީނާގެ ލެޖެންޑް މަރަޑޯނާ: މިދިޔަ އަހަރު އޭނާ މަރުވިއިރު މިއި ކުޅިވަރަށް ލިބުނު ހިތާމައެއް.

މަރަޑޯނާ އަކީ 1986 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ތަށި އާޖެންޓީނާ އަށް އުފުލާލައިދިން ކުޅަދާނަ ކެޕްޓަނެވެ. އަދި އިޓަލީގެ ކްލަބް ނަޕޯލީ އެ ގައުމުގެ ފުޓްބޯޅަ ބާރަކަށް ހަދަން އެހީވެދިނުމުގެ އިތުރުން ފުޓްބޯޅައިގައި އާދަޔާހިލާފު އެތައް ހުނަރެއް ދައްކާލި އެވެ. ސްޕެއިނުގައި 1982 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމުގެ އިތުރުން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދި ރޮސީ އަކީ ވެސް ފުޓްބޯޅައިގެ ލެޖެންޑެކެވެ.

ރޮސީ އާއި މަރަޑޯނާގެ އިތުރުން ވެސް މިދިޔަ އަހަރު ފުޓްބޯޅައިގެ މަޝްހޫރު އިތުރު ބަޔަކު ވަނީ ދުނިޔެ ދޫކޮށް ގޮސްފަ އެވެ. އޭގެ ތެރޭގައި ފްރާންސާއި ލިވަޕޫލްގެ ކުރީގެ ކޯޗު ޖެރާޑް ހޫލިއޭ އާއި 2002ގެ ފީފާ ވޯލްޑް ކަޕްގައި ސެނެގޯލަށް މޮޅު ކުޅުމެއް ދެއްކި ބައުބަ ދިއުފް ހިމެނެ އެވެ.

75 އަހަރަށް ފަހު ވިމްބަލްޑަން ޓެނިސް މުބާރާތަށް މެދުކެނޑުމެއް

ވިމްބަލްޑަން އެންމެ ފުރަތަމަ ފަހަރަށް ބޭއްވީ 1877 ވަނަ އަހަރު އެވެ. އެ މުބާރާތް އެންމެ ފުރަތަމަ މެދުކަނޑާލީ 1915 އިން 1918 އަށް ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެވެ. އަލުން ފަށައި ދެން މެދުކަނޑާލީ 1940 އިން 1945 އަށް ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގަ އެވެ. އޭގެ ފަހުން ގަވާއިދުން މި މުބާރާތް އަންނަނީ ބާއްވަމުންނެވެ. އެކަމަކު މިދިޔަ އަހަރު ކޮވިޑް-19އާ ހެދި މުބާރާތް ކެންސަލްކުރާށެވެ.

ބޭނުންވި ތާރީހުގައި ފްރެންޗް އޯޕަން ޓެނިސް މުބާރާތް ނުބޭއްވުނުކަމުގައި ވިޔަސް ފަހުން ސިއްހީ މާހިރުންގެ ގައިޑްލައިންތަކުގެ ތެރެއިން އެ މުބާރާތް އަހަރު ފަހުކޮޅުގައި ކުރިއަށްގެންދިޔަ އެވެ.

ބެލޮންޑިއޯ ކެންސަލް، ފީފާ ބެސްޓް އެވޯޑް ވާޗުއަލްކޮށް

ފްރާންސް ފުޓްބޯލް މަޖައްލާގެ ފަރާތުން، ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ ބެލޮންޑިއޯ އެވޯޑް މިދިޔަ އަހަރު ކޮވިޑް-19ގެ ހާލަތުގެ ސަބަބުން ނުދެ އެވެ. ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ޝަރަފްވެރި އެވޯޑް ކަމަށްވާ ބެލޮންޑިއޯ އެވޯޑަކީ 1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑް 1995 ވަނަ އަހަރާ ހަމަޔަށް ދިނީ ޔޫރަޕް ކުޅުންތެރިންނަށެވެ. އެކަމަކު އޭގެ ފަހުން ވަނީ ޔޫރަޕުގެ ކްލަބަކަށް ކުޅޭ ދުނިޔޭގެ ކޮންމެ ކުޅުންތެރިޔަކަށް ވެސް ލިބޭ ގޮތަށް ބަދަލުކޮށްފަ އެވެ. އަދި 2007 ގައި ވަނީ ދުނިޔޭގެ ކޮންމެ ގައުމެއްގައި ކުޅޭ ޕްރޮފެޝަނަލް ކުޅުންތެރިންނަށް ވެސް ހުޅުވާލައިފަ އެވެ. މި އެވޯޑް 2010-2015 އަށް ދިނީ ފީފާ އެވޯޑާ އެއްކޮށްލައިގެން ފީފާ ބެލޮންޑިއޯގެ ގޮތުގަ އެވެ.

ފީފާ އިން 2016 ވަނަ އަހަރު ދޭން ފެށި ބެސްޓް އެވޯޑްސް އެންމެ ފުރަތަމަ ތާވަލުކުރީ ސެޕްޓެމްބަރު މަހު 21 ވަނަ ދުވަހު އިޓަލީގެ މިލާނުގައި ބާއްވާށެވެ. އެކަމަކު ފަހުން ކޮވިޑާ ހެދި އިވެންޓް ފަސްކޮށް އެންމެ ފަހުން މިދިޔަ މަހު 17 ގައި ބެސްޓް އެވޯޑްސް ގެންދިޔައީ ވާޗުއަލްކޮށެވެ. ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ވަނީ ބަޔާން މިއުނިކާ އެކު ހޯދި ފަސް ތަށީގެ ހިއްސާއާ އެކު ބެސްޓް އެވޯޑްސްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. މިއީ މިދިޔަ 12 ވަރަކަށް އަހަރު ތެރޭ ލޫކަ މޮޑްރިޗްގެ ފަހު ލިއޮނަލް މެސީ އާއި ރޮނާލްޑޯ ނޫން ކުޅުންތެރިއަކަށް މި އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ.

މެސީ ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން ކްލަބަށް އެންގުން

މިދިޔަ އޮގަސްޓް މަހު 26 ވަނަ ދުވަހު ލިއޮނަލް މެސީ ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން އޭރު އޮތް ޖޯސެފް ބާޓޮމެއުގެ ލީޑަޝިޕަށް އެންގި އެވެ. ހަ ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މެސީ ބާސެލޯނާ ދޫކޮށްލަން ހުށަހެޅީ އޭނާ ކޮންޓްރެކްޓްގައި ހިމެނީ ވަކި މާއްދާ އަކަށް ބަލައިގެން ހިލޭ އެހެން ޓިމަކާ ގުޅޭގޮތަށެވެ. އެކަމަކު ބާސެލޯނާ އިން ބުނީ ހިލޭ އެހެން ޓީމަކަށް ކުޅެވޭ ގޮތަށް އޮތް މުއްދަތު އޮތީ ހަމަވެފައިވާ ކަމަށާއި އެހެންކަމުން މެސީ އަށް ދެން ކްލަބް ބަދަލުކުރެވޭނީ އޭނާގެ ސޮއި ހޯދަން ބޭނުންވާ ކްލަބަކުން 700 މިލިއަން ޔޫރޯ ދެއްކުމުން ކަމަށެވެ.

ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަމަށް ބުނިތާ 10 ދުވަސް ފަހުން މެސީ އެ ނިންމުން ބަދަލުކުރި އެވެ. ގޯލް ޑޮޓް ކޮމް އަށް ދިން ހާއްސަ އިންޓަވިއުއެއްގައި މެސީ ބުނީ އޭނާ އެންމެ ލޯބިވާ ކްލަބުގައި މަޖުބޫރުން ނަމަވެސް މަޑުކުރަން ނިންމަން ޖެހުނީ ކަމަށާއި އެ ގޮތަށް ކަންކުރަން ޖެހުނީ ގަދަބާރުން ކްލަބް ބަދަލުކުރުމުގެ ކަންތައްތައް ކުރަން ކޯޓަށް ދާން ބޭނުންނުވާތީ ކަމަށެވެ. ބާސެލޯނާ އަށް 644 ގޯލު ޖަހައިދީ މެސީ އަހަރު ނިންމާލީ ޕެލޭގެ ދުވަސްވީ ރެކޯޑެއް މުގުރާލުމަށް ފަހު އެވެ. މި ސީޒަނުގެ ނިޔަލަށް ބާސެލޯނާގެ ކޮންޓްރެކްޓްގައި ހުރި މެސީ އަކީ މި ވަގުތު ދުނިޔޭގެ ފުޓްބޯޅައިގައި އެއް ކްލަބަކަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ.

ބާސެލޯނާގެ ތަރި މެސީ: އޭނާ ވަނީ ކްލަބް ދޫކޮށްލަން ނިންމުމަށް ފަހު އެ ނިންމުްން ފަހުން ބަދަލުކޮށްފައި. -- ފޮޓޯ: އޭއެފްޕީ

ބާސެލޯނާގެ ތަރި މެސީ: އޭނާ ވަނީ ކްލަބް ދޫކޮށްލަން ނިންމުމަށް ފަހު އެ ނިންމުްން ފަހުން ބަދަލުކޮށްފައި. -- ފޮޓޯ: އޭއެފްޕީ

މެސީގެ ޓްރާންސްފާ މައްސަލަ ތެރޭގައި ބާސެލޯނާގެ އާންމު މެމްބަރުންގެ ނުރުހުން ކްލަބްގެ އޭރުގެ ލީޑަޝިޕަށް ބޮޑުވެ އެންމެ ފަހުން ބާސެލޯނާގެ ރައީސްކަމުން އޭރު މަގާމުގައި ހުރި ބާޓޮމެއު ދުރުކުރަން އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމުގެ މަސައްކަތްތަކެއް ފެށުނެވެ. އެންމެ ފަހުން ޕްރެޝަރު ބޮޑުވެ ބާޓޮމެއު ނިންމީ މަގާމުން އިސްތިއުފާ ދޭށެވެ.

ލީޑްސް އާއި ލިވަޕޫލްގެ ދިގު އިންތިޒާރުތަކަށް ނިމުމެއް

ލިވަޕޫލުން 1990 ވަނަ އަހަރު އިނގިރޭސި ޗެމްޕިއަންކަން ހޯދި ފަހުން އެ ޓީމަށް ލީގު ތަށްޓެއްގައި އަތްލެވިފައެއް ނުވެ އެވެ. ހާއްސަކޮށް އިނގިރޭސި ޕްރިމިއާ ލީގަށް ރިބްރޭންޑްކުރި ފަހުން ލީގެއް ކާމިޔާބުކުރުމުގެ ނަސީބު އޮތީ ނުލިބި އެވެ. އެ ދިގު އިންތިޒާރަށް ނިމުމެއް އައީ 30 އަހަރު ފަހުން މިދިޔަ އަހަރު އެވެ.

ލީގުގައި ލިވަޕޫލުން ބޮޑު ލީޑެއް ނަގައިގެން ކުރިއަށްދަނިކޮށް ކޮވިޑް-19އާ ހެދި ލީގު މެދުކަނޑާލި އެވެ. އަލުން ފެށޭނެ ގޮތެއް ނުފެނި ލީގު އެއްކޮށް ކެންސަލްކުރާ ވާހަކަތަކެއް ދެކެވުނު ނަމަވެސް އަލުން ފަށައިގެން ކުޅެ ލިވަޕޫލް ތަށި ކާމިޔާބުކުރީ އެވެ.

ލިވަޕޫލް ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ލިވަޕޫލް ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ

ލިވަޕޫލެކޭ އެއްގޮތަށް މިއީ ލީޑްސް ޔުނައިޓެޑަށް ވެސް ތާރީހީ އަހަރެކެވެ. ނުވަދިހައިގެ ފަހުކޮޅާއި ދެހާހުގެ ކުރީކޮޅުގައި އިންގްލެންޑްގެ އިތުރުން ޔޫރަޕްގެ ފުޓްބޯޅައިގައި ވެސް ނަން ހިނގާ ކްލަބެއްގެ ގޮތުގައި އޮތް ލީޑްސް ޔުނައިޓެޑް މި ސީޒަނުގައި ޕްރިމިއާ ލީގުގައި އެ ވާދަކުރަނީ 16 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އިޓަލީގެ މަހުޖަނެއް ލީޑްސް ގަނެ މީގެ ދެ އަހަރު ކުރިން ފެށި މަސައްކަތުގައި ކުރިއެރުން ލިބުނީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އާޖެންޓީނާގެ މަޝްހޫރު ކޯޗު މާސެލޯ ބިއެލްސާ އެ ޓީމާ ހަވާލުވީ ފަހުންނެވެ. ބިއެލްސާގެ ދެ ވަނަ ސީޒަނުގައި އެ ޓީމު ޕްރިމިއާ ލީގަށް ޕްރޮމޯޓްކޮށްދިންއިރު، އެ ޓީމަށް ވެސް ކޮވިޑް-19ގެ މެދުކެނޑުމުގެ ތެރޭގައި ލީގު ކެންސަލްކޮށްފާނެ ކަމުގެ ބިރު ހީވި އެވެ. އެކަމަކު ފަހުން އެ ލީގު ވެސް އަލުން ފަށައި ލީޑްސް ޕްރިމިއާ ލީގަށް އައީ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަނުންގެ ގޮތުގަ އެވެ. ލީޑްސްގައި ކުރި މަސައްކަތް ރަނގަޅުވެ ބިއެލްސާ ވަނީ ފީފާ މޮޅު ތިން ކޯޗުންގެ ތެރޭގައި ނޮމިނޭޓްވެފަ އެވެ.