ސައޮ ޕައޮލޯ، ބްރެޒިލް (ޖުލައި 7) - ފާއިތުވި ދެ ފަހަރު ފައިނަލުގައި އާޖެންޓީނާ ބަލިކޮށް ކޮޕަ އެމެރިކާ ތަށި ގެންދިޔަ ޗިލީ އަތުން ރޭ އާޖެންޓީނާ މޮޅުވި މެޗަށް ފަހު ކެޕްޓަން ލިއޮނަލް މެސީ މުބާރާތަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ. މި ފަހަރުގެ މުބާރާތުގެ ތިން ވަނަ އާޖެންޓީނާ ހޯދީ 2-1 އިން މޮޅުވެގެންނެވެ.
07 ޖުލައި 2019
ސައޮ ޕައޮލޯ، ބްރެޒިލް (ޖުލައި 7) - ފާއިތުވި ދެ ފަހަރު ފައިނަލުގައި އާޖެންޓީނާ ބަލިކޮށް ކޮޕަ އެމެރިކާ ތަށި ގެންދިޔަ ޗިލީ އަތުން ރޭ އާޖެންޓީނާ މޮޅުވި މެޗަށް ފަހު ކެޕްޓަން ލިއޮނަލް މެސީ މުބާރާތަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ. މި ފަހަރުގެ މުބާރާތުގެ ތިން ވަނަ އާޖެންޓީނާ ހޯދީ 2-1 އިން މޮޅުވެގެންނެވެ.
މި ފަހަރު ބްރެޒިލްގައި ކުރިއަށްދާ މުބާރާތުގެ މެޗުތައް ކުޅޭ ދަނޑުތަކުގެ ފެންވަރު ދަށްކަމަށް ބުނެ ގިނަ ޓީމުތަކުން ފާޑުކިޔާފައިވާއިރު، މެސީ ވެސް ވަނީ އެކަމުގައި ބައިވެރިވެފަ އެވެ. އަދި ސެމީ ފައިނަލުގައި ބްރެޒިލް އަތުން 2-0 އިން އާޖެންޓީނާ ބަލިވިއިރު، މެސީ އާއި އާޖެންޓީނާ އިން ވަނީ އެ މެޗުގެ ރެފްރީ އަށް ވެސް ތުހުމަތުތަކެއްކޮށްފަ އެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގެ 37 ވަނަ މިނިޓްގައި ޗިލީގެ ކެޕްޓަން ގެރީ މެޑަލް އާއި މެސީއާ ދެމެދު ބޯޅަނެތިސް ހިނގާދިޔަ ހަމަނުޖެހުންތަކެއްގެ ސަބަބުން މެޗުގެ ރެފްރީ ވަނީ އެ ދެ ކުޅުންތެރިންނަށް ރަތް ކާޑު ދައްކައިފަ އެވެ. މިއީ އާޖެންޓީނާ އަށް ކުޅުނު ފުރަތަމަ މެޗަށް ފަހު މެސީ އަށް ފާއިތުވި 14 އަހަރު ތެރޭގައި ދެއްކި ފުރަތަމަ ރަތް ކާޑެވެ.
މެޗަށް ފަހު މެސީ ބުނީ މުބާރާތް އިންތިޒާމްކުރާ ދެކުނު އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަން ކޮންމެބޯލް އާއި ބްރެޒިލުން ވަނީ ކޮރަޕްޝަން ހިންގާފައި ކަމަށާއި އޭގެ ސަބަބުން މި ފަދަ މުބާރާތެއްގެ އެންމެ މުހިއްމު މަގުސަދު ހާސިލްނުވާ ކަމަށެވެ.
"ކޮރަޕްޝަނާއި ގޯސް ރެފްރީންގެ ސަބަބުން ފުޓްބޯޅައިގައި އެންމެނަށް ލިބެންޖެހޭ އެ ހިތްހަމަޖެހުން އޮތީ ހުއްޓިފައި. މެޑަލް އަބަދުވެސް ކުޅެނީ އެހެން. އެކަމަކު މި ފަހަރު އޭނާ އަށް ވެސް އަދި އަހަންނަށް ވެސް ރަތް ކާޑު ދައްކަންޖެހޭ ވަރުގެ ކަމެއް ނުހިނގާ،" މެސީ ބުންޏެވެ.
ޗިލީގެ މެޑަލް އާއި މެސީ: ރަތް ކާޑު ދެއްކީ މި ވަގުތަށް ފަހު.
އޭނާ އަށް މި މެޗުގައި ދެއްކި ރަތް ކާޑަކީ ސެމީ ފައިނަލުގައި ބްރެޒިލާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ރެފްރީންނަށް ފާޑުކިޔުމުން އައި ކަމެއްގެ ގޮތުގައި މެސީ ބުންޏެވެ. އަދި މި ފަހަރުގެ މުބާރާތް ކާމިޔާބުކުރާނީ ބްރެޒިލުން ކަމަށާއި އެއީ މުބާރާތް ފެށުނުއިރު ވެސް ނިމިފައި އޮތް ކަމެއް ކަމަށެވެ.
"މިއީ ބްރެޒިލާއި ކޮންމެބޯލް ގުޅިގެން ކުރާ ކަމެއް. ބްރެޒިލް ތަށި ހޯދާނެ. އެއީ ނިމިފައި އޮތް ކަމެއް." އުމުރުން 32 އަހަރުގެ މެސީ ބުންޏެވެ.
ދެކުނު އެމެރިކާގެ ފުޓްބޯޅައިގެ ތަޖުރިބާކާރުން ގަބޫލުކުރާގޮތުގައި މެސީގެ މި ވާހަކަތަކުގެ ސަބަބުން އޭނާ އަށް ސަސްޕެންޝަނެއް އައުމުގެ ފުރުސަތު އެބައޮތެވެ. އަދި ސަސްޕެންޝަނެއް އަތުވެއްޖެނަމަ އަންނަ އަހަރު ކޮލަމްބިއާ އާއި އާޖެންޓީނާގައި ކުޅޭ ކޮޕަ އެމެރިކާގެ ބައެއް މެޗުތައް މެސީ އަށް ގެއްލޭނެ އެވެ.
ރޭގެ މެޗު ފަށައިގެން 22 މިނިޓް ތެރޭގައި އާޖެންޓީނާގެ ދެ ގޯލު ޖެހީ ސާޖިއޯ އަގުއޭރޯ އާއި ޕައޮލޯ ޑީބަލާ އެވެ. ދެ ވަނަ ހާފުގައި ޗިލީގެ ހަމައެކަނި ގޯލު ޖެހީ ޕެނަލްޓީ އަކުން އާޓޫރޯ ވިޑާލް އެވެ.
މުބާރާތުގެ ފައިނަލުގައި މިރޭ ޕެރޫ ކުޅޭނީ ބްރެޒިލާ އެވެ. މިއީ 44 އަހަރު ތެރޭގައި ޕެރޫ ކުޅޭނެ ފުރަތަމަ ފައިނަލެވެ. އަނެއްކޮޅުން ބްރެޒިލުން ވެސް ފައިނަލުގައި ކުޅެނީ 12 އަހަރަށް ފަހު އެވެ.
މެސީގެ ރެކޯޑާއެކު އާޖެންޓީނާ ކުއާޓާ ފައިނަލަށް
ފަސޭހަނުވާނެ، ބްރެޒިލް ބަލިކުރެވޭނެ: މެސީ
އާޖެންޓީނާ ސެމީ އަށް، ވާދަކުރާނީ ބްރެޒިލާ
މަރުގެ މެޗަކަށް މެސީ ނުކުންނަނީ ބޮޑު އިތުބާރަކާ އެކު
އާޖެންޓީނާގެ އަމިއްލަ ބާރު ގެއްލިއްޖެ
އާޖެންޓީނާ އަށް ހިތްދަތި ފެށުމެއް، މެސީ އުއްމީދުގައި
މެސީ ނެތި އާޖެންޓީނާއަށް ވޯލްޑް ކަޕް ދިފާއު ކުރެވިދާނެ
މެސީ އަށް އަނިޔާވެ އާޖެންޓީނާގެ ސްކޮޑުން ވަކި ވެއްޖެ
މެސީގެ ހެޓްރިކުން އާޖެންޓީނާ އަށް ބޮޑު މޮޅެއް
ކޮޕާ އެމެރިކާ: އާޖެންޓީނާ އަށް ރެކޯޑް 16 ވަނަ ތަށި