ސަލްވަޑޯ، ބްރެޒިލް (ޖޫން 16) - ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުން ކޮލަމްބިއާ އަތުން 2-0 އިން ބަލިވެ ހިތްދަތި ފެށުމަކާ ކުރިމަތިލާންޖެހުނު ނަމަވެސް ކުރިއަށް އޮތް ދެ މެޗުގައި ޓީމު އިތުރަށް ރަނގަޅުވާނެ ކަމަށް ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.
16 ޖޫން 2019
ސަލްވަޑޯ، ބްރެޒިލް (ޖޫން 16) - ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުން ކޮލަމްބިއާ އަތުން 2-0 އިން ބަލިވެ ހިތްދަތި ފެށުމަކާ ކުރިމަތިލާންޖެހުނު ނަމަވެސް ކުރިއަށް އޮތް ދެ މެޗުގައި ޓީމު އިތުރަށް ރަނގަޅުވާނެ ކަމަށް ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.
ކޮލަމްބިއާ އިން ރޭގެ މެޗުގައި ޖެހި ދެ ގޯލު ވެސް ކާމިޔާބުކުރީ މެޗުގެ ފަހު 20 މިނިޓް ތެރޭގަ އެވެ. ފުރަތަމަ ގޯލު މެޗުގެ 71 ވަނަ މިނިޓްގައި ރޮޖާ މާޓިނޭޒް ޖެހީ ހަމޭސް ރޮޑްރިގޭޒް ދިން ބޯޅައަކުންނެވެ. މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ކޮލަމްބިއާ އަށް ތިން ޕޮއިންޓް ޔަގީންކޮށްދިނީ އެޓަލަންޓާގެ ފޯވާޑް ޑުވާން ޒަޕާޓާ އެވެ. މިއީ މި މުބާރާތުގެ ތާރީހަށް ބަލާއިރު ކޮލަމްބިއާ އިން ފާއިތުވި 20 އަހަރު ތެރޭ އާޖެންޓީނާ އަތުން ހޯދި ފުރަތަމަ މޮޅެވެ.
މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމުން ބްރޭކެއް ނެގި މެސީ އަލުން ޓީމާ ގުޅުނީ މި މުބާރާތް ގާއްވެފައިވަނިކޮށެވެ. ރޭގެ މެޗުގައި އެންހެލް ޑި މާރިއާ އާއި ސާޖިއޯ އަގުއޭރޯއާ އެކު މެސީ ޓީމުގެ އެންމެ ކުރިއަށް ކުޅެމުންދިޔައިރު، ޖުމްލަ ގޮތެއްގައި މާ ގިނަ ހަމަލާތަކެއް ފޮނުވާނުލެވުނެވެ.
މެޗަށް ފަހު މެސީ ބުނީ މުބާރާތް ފަށަން މި ޖެހުނީ އެންމެ ބޭނުންވި ގޮތަށް ނޫން ކަމަށާއި އެކަމަކު ކުރިއަށް އޮތް ދެ މެޗުގައި ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
"މި މެޗުގެ ދެ ވަނަ ހާފްގައި އަހަރެމެންނަށް ފުރުސަތުތަކެއް ލިބުނު. ފުރަތަމަ މެޗުން ބަލިވުމަކީ އެންމެ ބޭނުންވާނެ ފެށުމެއް ނޫން. އެކަމަކު އަހަރެމެން މި ހަގީގަތް ގަބޫލުކޮށް ދެން އޮތް ދެ މެޗަށް ތައްޔާރުވާނީ އިސް އުފުލައިގެން ތިބެ،" ފަސް ފަހަރު ބެލޮންޑިއޯ ހޯދި މެސީ ބުންޏެވެ.
ރޭގެ މެޗުގައި ލަނޑު ޖަހަން މެސީ އާއި ލެންޑްރޯ ޕަރޭޑޭސް ވަނީ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެކަމަކު ކޮލަމްބިއާގެ ކީޕަރު ޑޭވިޑް އޮސްޕީނާ ކައިރިން ލަނޑެއް ޖެހޭގޮތްނުވި އެވެ. މެސީ ބުނީ ކުރިއަށް ދެން އޮތް ޕެރަގުއޭ އަތުން މޮޅެއް ހޯދަން މުޅި ޓީމު އެކުގައި މަސައްކަތްކުރާނެ ކަމަށެވެ.
ކޮލަމްބިއާގެ ކޯޗު ކާލޯސް ކުއެރޯޒް ބުނީ މިއީ ޓީމެއްގެ ގޮތުގައި މަސައްކަތްކޮށްގެން ހޯދުނު ކާމިޔާބެއް ކަމަށެވެ.
"ކޮލަމްބިއާ އިން ޓީމެއްގެ ގޮތުގައި ކުޅުން އެއީ މި މެޗުން އަހަންނަށް ލިބުނު އެންމެ ބޮޑު އުފާ. އެއީ މުބާރާތެއްގައި ކޮންފިޑެންސާ އެކު ދެވޭނެ ކަމުގެ އެންމެ ބޮޑު ހެކި. މިއީ ފުރިހަމަ ކާމިޔާބެއް،" ކުރިން އީރާނާއި ޕޯޗުގަލްގެ ކޯޗުކަމުގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑްގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި ކުއެރޯޒް ބުންޏެވެ.
އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނީ މިއީ ދެ ޓީމަށް ވެސް ފުރުސަތުތަކެއް ލިބުނު މެޗެއް ކަމަށާއި ކޮލަމްބިއާ އަށް މޮޅުވެވުނީ އެ ޓީމަށް ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފުމުން ކަމަށެވެ.
ގްރޫޕް އޭގައި ރޭ ކުޅުނު މެޗުން ވެނެޒުއޭލާ އާއި ޕެރޫ ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ.
ކޮޕާ އެމެރިކާ: އާޖެންޓީނާ އަށް ރެކޯޑް 16 ވަނަ ތަށި
ކޮޕަ އެމެރިކާގައި އޮތީ ކޮރަޕްޝަން: މެސީ
ފަސޭހަނުވާނެ، ބްރެޒިލް ބަލިކުރެވޭނެ: މެސީ
މަރުގެ މެޗަކަށް މެސީ ނުކުންނަނީ ބޮޑު އިތުބާރަކާ އެކު
އާޖެންޓީނާގެ އަމިއްލަ ބާރު ގެއްލިއްޖެ
މެސީ ނެތި އާޖެންޓީނާއަށް ވޯލްޑް ކަޕް ދިފާއު ކުރެވިދާނެ
މެސީ އަށް އަނިޔާވެ އާޖެންޓީނާގެ ސްކޮޑުން ވަކި ވެއްޖެ
މެސީގެ ހެޓްރިކުން އާޖެންޓީނާ އަށް ބޮޑު މޮޅެއް
ފައިނަލްގެ ކުރިން ސެކިއުރިޓީއާ މެދު ކަންބޮޑުވުން
މެސީގެ ޖާދޫ މި ފެނުނީ ސެމީގައި، އާޖެންޓީނާ ފައިނަލަށް