ބެލޯ ހޮރިޒެންޓޯ (ޖޫން 20) – ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި އާޖެންޓީނާ ކުޅުނު ދެ ވަނަ މެޗުގައި މިއަދު ލިއޮނަލް މެސީގެ ލަނޑާ އެކު ޕެރެގުއޭއާ 1-1 އިން އެއްވަރުވިއިރު، ކުއާޓާ ފައިނަލަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިއްޖެ އެވެ.
20 ޖޫން 2019
ބެލޯ ހޮރިޒެންޓޯ (ޖޫން 20) – ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި އާޖެންޓީނާ ކުޅުނު ދެ ވަނަ މެޗުގައި މިއަދު ލިއޮނަލް މެސީގެ ލަނޑާ އެކު ޕެރެގުއޭއާ 1-1 އިން އެއްވަރުވިއިރު، ކުއާޓާ ފައިނަލަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިއްޖެ އެވެ.
ފުރަތަމަ މެޗުން ކޮލަމްބިއާ އަތުން 2-0 އިން ބަލިވި އާޖެންޓީނާ އޮތީ އެއް ޕޮއިންޓާ އެކު ގްރޫޕް ބީ ގެ ފުލުގަ އެވެ. ރޭ ގަތަރު އަތުން 1-0 އިން މޮޅުވެ ހަ ޕޮއިންޓާ އެކު ކޮލަމްބިއާ ވަނީ ކުއާޓާ އިން ޖާގަ ހޯދައިފަ އެވެ. ދެ ވަނައިގައި ދެ ޕޮއިންޓާ އެކު ޕެރެގުއޭ އޮތްއިރު ގަތަރު އޮތީ އެއް ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ތިން ވަނައިގަ އެވެ.
ފަހު މެޗުން ގަތަރު އަތުން އާޖެންޓީނާ މޮޅުވެ އަދި ކޮލަމްބިއާ އަތުން ޕެރެގުއޭ އަށް މޮޅުނުވެވިއްޖެ ނަމަ ގްރޫޕުގެ ދެ ވަނަ ޓީމުގެ ގޮތުގައި އާޖެންޓީނާ ކޮލިފައިވާނެ އެވެ. އެކަމަކު އެ މެޗުން އާޖެންޓީނާ މޮޅުވެ އަދި އަދި ޕެރެގުއޭ މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް، ގްރޫޕްތަކުގެ ތިން ވަނަ ހޯދާ ޓީމުތަކުގެ ރޭންކިންގައި ކުރި ލިބިގެން ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު އާޖެންޓީނާ އޮންނާނެ އެވެ. ފަހު މެޗުން ބަލިވެއްޖެ ނަމަ އެއްވެސް ފުރުސަތެއް އާޖެންޓީނާ އަށް ނޯންނާނެ އެވެ.
އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ (ކ) މެޗުގެ ތެރެއިން ފުރުސަތެއް ގެއްލުމުން މާޔޫސްވެފައި. --ފޮޓޯ: އޭއެފްޕީ
ތިން ވަނަ ޓީމުގެ ރޭންކިންގައި މިވަގުތު ކުރީގައި އޮތީ ދެ ޕޮއިންޓް ހޯދާފައިވާ ގްރޫޕް އޭ ގެ ވެނެޒުއޭލާ އެވެ. ދެ ވަނައިގައި އެއް ޕޮއިންޓާ އެކު ގްރޫޕް ބީ ގެ ގަތަރު އޮތްއިރު ތިން ވަނައިގައި ޕޮއިންޓެއް ނުލިބި އޮތީ ގްރޫޕް ސީ ގެ ޖަޕާނެވެ. ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން ކުއާޓާ އަށް ހޮވޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.
މިއަދުގެ މެޗުގެ 37 ވަނަ މިނެޓުގައި ރަފައެލް ސަންޗޭޒްގެ ލަނޑުން ޕެރެގުއޭ ލީޑު ނަގާފައިވަނިކޮށް އާޖެންޓީނާ އަށް އެއްވަރުކޮށްދިން ލަނޑު މެސީ 57 ވަނަ މިނެޓުގައި ޖެހީ ޕެނަލްޓީއަކުންނެވެ. އޭގެ އިރުކޮޅެއް ފަހުން ޕެރެގުއޭ އަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ޑާލިސް ގޮންޒާލެޒް ޖެހި ޕެނަލްޓީ އާޖެންޓީނާގެ ގޯލްކީޕަރު ފްރާންކޯ އަރްމާނީ ވަނީ މަތަކޮށްފަ އެވެ.
މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވިފައިވާ އާޖެންޓީނާ 1993 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކުރި ފަހުން ބޮޑު މުބާރާތެއް ހޯދިފައެއް ނުވެ އެވެ. އެކަމުގެ ހުރިހާ ޕްރެޝަރެއް އޮތީ އެ ޓީމުގައި ހުރި ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ މެސީ އަށެވެ. ކްލަބް ލެވެލްގައި ބާސެލޯނާއާ އެކު ހުރިހާ ތަށްޓެއް އަދި އިންޑިވިޖުއަލް ކެރިއަރުގައި ވެސް އެތައް އެވޯޑެއް ހޯދާފައިވާތީ އާޖެންޓީނާ ސަޕޯޓަރުން އޭނާގެ ފަރާތުން ކާމިޔާބަކަށް އުއްމީދުކުރެ އެވެ. ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ގައުމީ ޓީމުގައި މެސީ އަށް ނުކުޅެވުނީ އެ ޕްރެޝަރާ ހެދި އެވެ. ބެލެވޭ ގޮތުގައި މިއީ އާޖެންޓީނާއާ އެކު ތަށްޓެއް ހޯދަން މެސީ އަށް ލިބޭނެ ފަހު ފުރުސަތެވެ. އުމުރުން 31 އަހަރުގެ ކުޅުންތެރިޔާ މި މުބާރާތަށް ފަހު ރިޓަޔާކުރުމުގެ ފުރުސަތު އެބައޮތެވެ.
ކޮޕަ އެމެރިކާގައި އޮތީ ކޮރަޕްޝަން: މެސީ
ފަސޭހަނުވާނެ، ބްރެޒިލް ބަލިކުރެވޭނެ: މެސީ
މަރުގެ މެޗަކަށް މެސީ ނުކުންނަނީ ބޮޑު އިތުބާރަކާ އެކު
އާޖެންޓީނާ އަށް ހިތްދަތި ފެށުމެއް، މެސީ އުއްމީދުގައި
މެސީ ނެތި އާޖެންޓީނާއަށް ވޯލްޑް ކަޕް ދިފާއު ކުރެވިދާނެ
މެސީ އަށް އަނިޔާވެ އާޖެންޓީނާގެ ސްކޮޑުން ވަކި ވެއްޖެ
މެސީގެ ހެޓްރިކުން އާޖެންޓީނާ އަށް ބޮޑު މޮޅެއް
ކޮޕާ އެމެރިކާ: އާޖެންޓީނާ އަށް ރެކޯޑް 16 ވަނަ ތަށި
މެސީގެ ޖާދޫ މި ފެނުނީ ސެމީގައި، އާޖެންޓީނާ ފައިނަލަށް
މެސީގެ ޕެނަންކާ ދަނޑިއަށް، ޓީމު ސަލާމަތްކުރީ ކީޕަރު