03 ޖޫން 2016
ޔޫރޯ ފުޓްބޯޅަ މުބާރާތަށް ނެގި އިންގްލެންޑްގެ ސްކޮޑުން ޖާގަ ލިބުނު ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ބައެއްގެ ލޯ އަމާޒުވެފައި ވަނީ މިދިޔަ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑުން ވިދާލި މާކަސް ރަޝްފޯޑަށެވެ. އުމުރުން އެންމެ 18 އަހަރުގެ ރަޝްފޯޑަށް އިނގިރޭސި ކޯޗު ރޯއީ ހޮޖްސަން ފުރުސަތު ދިނީ ހަމައެކަނި ޔުނައިޓެޑްގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބަކުންނެއް ނޫނެވެ. ދިން ފުރުސަތުގެ ބޭނުން ވެސް ރަޝްފޯޑް ހިފިލެއް ރަނގަޅުކަމުންނެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތަށް ނެގި އިންގްލެންޑްގެ ސްކޮޑުން ޖާގަ ލިބުނު ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ބައެއްގެ ލޯ އަމާޒުވެފައި ވަނީ މިދިޔަ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑުން ވިދާލި މާކަސް ރަޝްފޯޑަށެވެ. އުމުރުން އެންމެ 18 އަހަރުގެ ރަޝްފޯޑަށް އިނގިރޭސި ކޯޗު ރޯއީ ހޮޖްސަން ފުރުސަތު ދިނީ ހަމައެކަނި ޔުނައިޓެޑްގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބަކުންނެއް ނޫނެވެ. ދިން ފުރުސަތުގެ ބޭނުން ވެސް ރަޝްފޯޑް ހިފިލެއް ރަނގަޅުކަމުންނެވެ.
ރެޝްފޯޑް ވަނީ ޔުނައިޓެޑަށް ކުޅުނު ފުރަތަމަ މެޗުގައި ޔޫރޮޕާ ލީގުގައި މިޓްޔައެލަންޑް ކޮޅަށް ލަނޑު ޖެހުމުގެ އިތުރުން ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި އާސެނަލް ކޮޅަށް ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އަދި އިންގްލެންޑަށް އޭނާ ކުޅެދިން އެންމެ ފުރަތަމަ މެޗުގައި އޮސްޓްރޭލިއާ ކޮޅަށް ވެސް ލަނޑު ޖެހި އެވެ. އެއާ އެކު އޭނާ އަކީ އިންގްލެންޑްގެ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.
ޔުނައިޓެޑަށް މިހާތަނަށް ކުޅުނު 18 މެޗުގައި ރެޝްފޯޑް ޖެހި ލަނޑުގެ އަދަދު އަށަކަށް އަރަ އެވެ.
އިނގިރޭސި ފަރިތަކުރުންތަކުގައި ރެޝްފޯޑް -- ފޮޓޯ: އޭއެފްޕީ
ރެޝްފޯޑަށް ގިނަ ބައެއް ތައުރީފް ކުރަމުން އަންނައިރު ބްރެޒިލްގެ ލެޖެންޑް ޕެލޭ ވެސް ވަނީ އޭނާ އަށް މެސެޖެއް ދީފަ އެވެ.
ޒުވާން އުމުރުގައި އެންމެ އާދަޔާ ހިލާފު މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިންގެ ލިސްޓުން ޕެލޭގެ ނަން އޮތީ އެންމެ ކުރީގަ އެވެ. ޕެލޭ ވަނީ އުމުރުން އެންމެ 17 އަހަރުގައި ބްރެޒިލާ އެކު ވޯލްޑް ކަޕް ކާމިޔާބު ކޮށްފަ އެވެ. އެހެންކަމުން ރަޝްފޯޑަށް ޕެލޭ ދިން މެސެޖްގެ މުހިންމުކަން ބޮޑެވެ.
"މިހާރު ފުޓްބޯޅައިގައި އުމުރާ މެދު އެއްވެސް ވަރަކަށް ވިސްނާކަށް ނުޖެހޭ. އެންމެ މުހިއްމު ކަމަކީ ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަން ރަނގަޅަށް ތައްޔާރުވެ ހުރުން. ރެޝްފޯޑަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އޭނާ ހިފައިފި. އަހަރެންގެ މެސެޖެކީ ބިރުން ނުހުރެ ފުރުސަތުގެ ބޭނުން ހިފާށޭ،" ޕެލޭ ބުންޏެވެ.
ޕެލޭ ބުނި ގޮތުގައި އޭނާ އަށް މޮޅު ކުޅުންތެރިޔަކަށް ވެވުނީ އެ ދުވަހު ލިބުނު ފުރުސަތުތަކުގެ ބޭނުން ޖެހިލުންވުމެއް ނެތި ހިފުމުންނެވެ. އަދި އޭނާ އުއްމީދުކުރަނީ ރެޝްފޯޑަށް ވެސް އެފަދަ ކާމިޔާބު ފެށުމަކަށް ކަމަށް ބުންޏެވެ،
"އަހަރެން ފުރަތަމަ ޓީމަށް އައިއިރު ކޯޗު ބުނީ ޓީމުން ޖާގަ ލިބުނީ އަހަރެންގެ ސްޓައިލް ހުރީމައޭ. މޮޅު ކުޅުންތެރިޔަކަށް ވީމައޭ. ދެން ތިބީ އުމުރުން ދޮށީ ކުޅުންތެރިން ކަމަށް ވިޔަސް އެއްވެސް ވަރަކަށް ޖެހިލުން ނުވާށޭ. މިއީ އަހަރެން ރެޝްފޯޑަށް ވެސް ދޭ މެސެޖަކީ،" ޕެލޭ ބުންޏެވެ.
ބައްޕަ އަށް ޕެލޭ ވީ ވައުދު: ފެށުނީ ވެސް ނިމުނީ ވެސް ކަރުނައިން
ޕެލޭގެ ހާލު ގޯސްވުމުން އާއިލާ ހޮސްޕިޓަލަށް ޖަމާވެއްޖެ
ޕެލޭ ހަމަ ލޮލުން، ދެން ދެވުނީ ފުޓްބޯޅަ އަށް ހިތް
ބްރެޒިލަށް އަނިޔާގެ ހިޔަނި، އެކަމަކު ނޭމާ އުއްމީދުގައި
ކެންސަރު ބަލީގައި ޕެލޭ ހާލު ވަރަށް ބޮޑަށް ގޯސްވެއްޖެ
ބްރެޒިލް އަތުން ބަލިވެ ޖަރުމަނުގެ ރެކޯޑް ނިމުމަކަށް
ޓުޗެލް އިންގްލެންޑް ގައުމީ ޓީމާ ހަވާލުވަނީ
އާޖެންޓީނާ އާއި ބްރެޒިލް ވެސް ބަލިވެއްޖެ
ކޭންގެ 100 ވަނަ މެޗުގައި ޖެހި ގޯލުތަކުން މޮޅުވެއްޖެ
ކޭން މިސާލު ނަގަނީ ރޮނާލްޑޯގެ ކެރިއާއިން