22 ޑިސެމްބަރ 2020
އެއްފަހަރު ބޭނުން ކުރުމަށް ފަހު އުކާލާ ޒާތުގެ ޕްލާސްޓިކް އެތެރެ ކުރުމާއި ރާއްޖޭގައި ބޭނުންކުރުން މަނާ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
އެއްފަހަރު ބޭނުން ކުރުމަށް ފަހު އުކާލާ ޒާތުގެ ޕްލާސްޓިކް އެތެރެ ކުރުމާއި ރާއްޖޭގައި ބޭނުންކުރުން މަނާ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގެނައި މި އިސްލާހު މަޖިލީހުން ފާސްކޮށްފައި ވަނީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ. އެ ބިލު ތަސްދީގު ކުރެއްވުމާ އެކު އެކްސްޕޯޓް އިމްޕޯޓް ގާނޫނުގެ ހަތް ވަނަ މާއްދާގައި ހިމެނޭ ޕްލާސްޓިކާއި، ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ ތަކެތީގެ ތެރެއިން ސިންގަލް ޔޫޒް ޕްލާސްޓިކް ގޮތުގައި ރައީސް ކަނޑައަޅުއްވާފައިވާ ތަކެތި ރާއްޖެ އެތެރެ ކުރުން މަނާވާނެ އެވެ.
އެ ބިލުގައިވާ ގޮތުން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޒާތުގެ ތަކެތީގެ ލިސްޓެއް އެކި މަރުހަލާތަކަކަށް ބައްސަވާލައްވައިގެން، ކަނޑައެޅުއްވުމުގެ އިހްތިޔާރު ރައީސަށް ލިބެއެވެ. އަދި އެ ލިސްޓު ކަނޑައަޅުއްވައި، އަންނަ މަހުގެ ކުރިން ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަން ޖެހޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.
މަޖިލީހުން އެންމެ ފުރަތަމަ އެކްސްޕޯޓް އިމްޕޯޓް ގާނޫނު އިސްލާހު ކުރީ އަންނަ މަހުން ފެށިގެން ޕްލާސްޓިކްގެ ގިނަ ބާވަތްތަކެއް ރާއްޖެ އެެތެރެ ކުރުން އެއްފަހަރާ މަނާ ކުރުމަށެވެ. އެހެން ނަމަވެސް ކޮވިޑް-19 އާ ގުޅިގެން އިގްތިސާދަށް އައި ބަދަލުތަކާއެކު ޕްލާސްޓިކް ކުއްލިއަކަށް އެތެރެ ކުރުން ހުއްޓާލައިފި ނަމަ ލިބިދާނެ ގެއްލުން ބޮޑުވެދާނެތީ މަރުހަލާތަކަށް ބަހާލައިގެން އެ މަސައްކަތް ކުރުމަށް އަލުން ގާނޫނު އިސްލާހު ކުރި އެވެ.
ސަރުކާރުން އަމާޒު ހިފާފައި ވަނީ 2023 ގެ ކުރިން ސިންގަލް ޔޫޒް ޕްލާސްޓިކްގެ ބާވަތްތައް ރާއްޖެ އެތެރެކޮށް ބޭނުން ކުރުން އެއްކޮށް ހުއްޓާލުމަށެވެ.
ޕްލާސްޓިކް ބޭނުން ކުރުން ރައީސް އޮފީހުން ހުއްޓާލައިފި
ކުނި ވަކިކުރުމަކީ ފަރުދީ ޒިންމާއެއް: ރައީސް
ސުޕާރީ ޕެކެެޓު އެތެރެކުރުން މިއަދުން ފެށިގެން މަނާ
އަންނަ މަހުން ފަށައިގެން ކުދި ޕްލާސްޓިކް ފެންފުޅި މަނާ
ފެހުރިހި ހިމާޔަތްކުރުން ތިމާވެށީގެ ގާނޫނުގެ ދަށަށް
ގުދުރަތީ މުއްސަނދި 12 ސަރަހައްދެއް ހިމާޔަތްކޮށްފި
"އިގްތިސާދީ ކަންކަން ކުރާނީ ތިމާވެއްޓަށް ބަލައިގެން"
އައްޑޫ ބިންހިއްކުމުގެ މަޝްރޫއު ރަސްމީކޮށް ފަށައިފި
މޮރިޝަސްއަށް ރައީސް ފޮނުއްވި ސިޓީ ސަރުކާރުން ހާމަނުކުރި
ޔޫތުގެ ޑެޕިއުޓީ މިނިސްޓަރަކަށް އަޒްމޫން