Roadha Mihaaru
ދެ ހާސް ފޫޓު މަތިން ވެއްޓުނު އައިފޯނެއް ހަލާކެއް ނުވި

ދެ ހާސް ފޫޓު މަތިން ވެއްޓުނު އައިފޯނެއް ހަލާކެއް ނުވި

19 ޑިސެމްބަރ 2020

ދެހާސް ފޫޓް މަތިން ވެއްޓުނު ފޯނެއް ސަލާމަތުން އޮވެދާނެ ކަމަށް ގަބޫލުކުރެވޭ ހެއްޔެވެ؟ ގަބޫލު ނުކުރެވުނަސް މި އައިފޯނު 2،000 ފޫޓް މަތިން ވެއްޓިގެން ވެސް ސަލާމަތްވި އެވެ. މާ ބޮޑު ކަމެއް އެޔަކަށް ނުވެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދެހާސް ފޫޓް މަތިން ވެއްޓުނު ފޯނެއް ސަލާމަތުން އޮވެދާނެ ކަމަށް ގަބޫލުކުރެވޭ ހެއްޔެވެ؟ ގަބޫލު ނުކުރެވުނަސް މި އައިފޯނު 2،000 ފޫޓް މަތިން ވެއްޓިގެން ވެސް ސަލާމަތްވި އެވެ. މާ ބޮޑު ކަމެއް އެޔަކަށް ނުވެ އެވެ.

މިކަން ތަޖުރިބާކުރަން ޖެހުނު މީހަކީ ބްރެޒިލްގެ ޑޮކިއުމަންޓަރީ ފިލްމު ހަދާ އާނެސްޓޯ ގެލިއޯޓޯ އެވެ. އޭނާ ކުޑަމަތިންދާ ބޯޓެއްގައި ދަތުރުކުރަމުން އެއް އަތުން އައިފޯނު6 އެސް ހިފަހައްޓައިގެން ބޯޓްގެ ކުޑޮދޮރުން ބޭރަށް ދިއްކޮށްގެން މަންޒަރުތަކެއް ކެމެރާ ކުރަނިކޮށް ފޯނު ވެއްޓުނީ އެވެ. ބޯޓު އޭރު ދަތުރުކުރުރަމުން ދިޔައީ މޫދާ ވެސް ކައިރި ހިސާބަކުން 2،000 ފޫޓު މަތިންނެވެ.

ނަސީބު ދިމާކުރިން މޫދާ ލައްވާނުލައި ފޯނު ވެއްޓުނީ އައްސޭރިފަށުގެ ހިސާބަކަށެވެ. އެކަމަކު ފޯނު އޮތްތަން ހޯދުނީ ފައިންޑް މައި އައިފޯން ހިދުމަތް ބޭނުންކޮށްގެންނެވެ. އެކަމަށް ހޭދަވީ ފަސް ވަރަކަށް މިނިޓެވެ. އޭރު ފޯނު އޮތީ ވެލިގަނޑެއްގެ މަތީގައި ޑިސްޕްލޭ ވަތަށެވެ. ފޯނުގައި ކަވަރެއް ލައްވާފައި އޮތެވެ. އެހެންވެ ޑިސްޕްލޭގައި ރެނދުތަކެއްލުން ފިޔަވައި މާ ބޮޑު ގެއްލުމެއް ނުވެ އެވެ.

ފޯނު ބަރާބަރަކަށް މަސައްކަތްކުރެ އެވެ. މި ވާހަކަ އާނެސްޓޯ ވަނީ ޔޫޓިއުބްގައި ވެސް ހިއްސާކޮށްފަ އެވެ. އެ ވީޑިއޯ ކޮމެންޓްކުރި ބައެއް މީހުން ވަނީ އެއީ އެޕަލްގެ އިޝްތިހާރަކަށް ބޭނުންކޮށްލަން ރަނގަޅު އެއްޗެއް ކަމަށް ބުނެ ޖޯކް ވެސް ޖަހައިފަ އެވެ.

"އެންމެ އުފާވި ކަމަކީ ފޯނު މޫދަށް ނުވެއްޓުނުކަން. އެހެން ވިޔަސް އަހަންނަށް ޔަގީންކަން އޮތް ފޯނު ފެންނާނެ ކަމަށް. އެކަމަކު ހީކުރީ ފޯނުގެ ދުވަސް އެއްކޮށް ދާނެ ކަމަށް،" އޭނާ ބުންޏެވެ. "އެކަމަކު ފޯނު ހަމަ ބަރާބަރު. ސްކްރީންގައި ރެނދުތަލެއްލުން ނޫން ގެއްލުމެއް ނެތް."

އައިފޯން 6 އެސް އަކީ އެޕަލް އިން 2015 ގައި ނެރުނު ފޯނެކެވެ.