Roadha Mihaaru
ކަޅު ކޮފީން ބަރުދަން ލުއިކޮށްދޭނެތަ؟

ކަޅު ކޮފީން ބަރުދަން ލުއިކޮށްދޭނެތަ؟

16 ޑިސެމްބަރ 2020

ކޮފީއާ ނުލައި ނޫޅެވޭ މީހުން ވަރަށް ގިނަ އެވެ. ކަޅު ނުވަތަ ކިރުކޮފީ ކަމަށް ވެސް ވިޔަސް މިއީ ވަރަށް ގިނަ ބައެއްގެ އާންމު ބުއިމެކެވެ. ކޮފީއާ ބެހޭ ގޮތުން ކުރާ ބަހުސްތަކުގައި މިއީ ހިކެން ބޭނުންވާ މީހުންނަށް ރަނގަޅު ބުއިމެއް ކަމަށް ވެސް އެއްބަޔަކު ބުނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮފީއާ ނުލައި ނޫޅެވޭ މީހުން ވަރަށް ގިނަ އެވެ. ކަޅު ނުވަތަ ކިރުކޮފީ ކަމަށް ވެސް ވިޔަސް މިއީ ވަރަށް ގިނަ ބައެއްގެ އާންމު ބުއިމެކެވެ. ކޮފީއާ ބެހޭ ގޮތުން ކުރާ ބަހުސްތަކުގައި މިއީ ހިކެން ބޭނުންވާ މީހުންނަށް ރަނގަޅު ބުއިމެއް ކަމަށް ވެސް އެއްބަޔަކު ބުނެ އެވެ.

މިކަން ގަބޫލުކުރާ ބައެއް މީހުން ކަޅު ކޮފީ އަށް ގޮސް ހުސްވެ އެވެ. ކޮފީން ބަރުދަން ލުއިކޮށްދޭ ކަމަށް ބައެއް ދިރާސާތަކުން ދައްކަ އެވެ. ކޮފީއާ ބެހޭ ގޮތުން ހަދާފައިވާ ބައެއް ދިރާސަތަކަށް ބަލާއިރި، ކަޅުކޮފީން ބަރުދަން ލުއިކޮށް، ހިކެން އެހީވެދޭ ކަމަށް ބުނާ މުހިއްމު ހަތަރު ސަބަބެއް ވެސް ވެ އެވެ.

އޭގެ ތެރެއިން އެއް ކަމަކީ ކޮފީގައި އެކުލެވޭ ކްލޮރޯޖެނިކް އެސިޑެވެ. ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި އެ މާއްދާ އަކީ އޭގެ ޒާތުގައި ވެސް ބަރުދަން ލުއިކޮށްދޭން އެހީވެދޭ އެއްޗެކެވެ. އެހެންވެ ކަޅުކޮފީ ބޯ ނަމަ ބަރުދަން ލުއިވާން ބާރަކަށްވެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ކޮފީގައި އެކުލެވޭ ކްލޮރޯޖެނިކް އެސިޑަކީ ހަށިގަނޑު ގުލްކޯޒް ލެވެލް ދަށްކޮށްދޭ އަދި ގިނަ އެންޓިއޮކްސިޑަންޓްތައް ވެސް އެކުލެވޭ ބުއިމަކަށްވާތީ މިއީ ހިކެން ބޭނުން ނަމަ ތަޖުރިބާކޮށްލަން ވެސް ރަނގަޅު އެއްޗަކަށް ވާނެ އެވެ.

ދެން އޮތީ ކޮފީގެ އެންމެ އާންމު މާއްދާ ކަމަށްވާ ކެފެއިންގެ ވާހަކަ އެވެ. ކޮފީގެ ސަބަބުން މީހާގެ ހިއްސުތައް ހޭލައްވާލައި، ހަކަތަ އިތުރުކޮށްދެނީ ކެފެއިންގެ އެހީގަ އެވެ. އެހެންވެ ހާއްސަކޮށް، ކަޅުކޮފީއަކުން މިކަން ހަމައަަކަށް އަޅުވައިދޭ އިރު ހަށިގަނޑު މެޓަބޮލިޒަމް ވެސް ރަނގަޅުކޮށްދެ އެވެ. ނަތީޖާ އަކީ ކެލަރީޒްތައް އަންދައިލަން ވެސް އިތުރު ބާރަކަށްވުމެވެ. ކަޅުކޮފީ އަކީ ލޭގެ ކޮލެސްޓްރޯ ލެވެލް ހަމަޔަކަށް އަޅުވަން ވެސް އެހީއަކަށްވެ އެވެ.

ހިކެން ބޭނުންވާ ނަމަ އޮންނާނެ އަސާސީ އެއް އިހުތިޔާރަކަށް ވާނީ ކެއުން ކޮންޓްރޯލެއްގައި ހިފެހެއްޓުމެވެ. އެކަމަކު އެކަން ކުރަން އުނދަގޫވާ ނަމަ ކަޅުކޮފީން އެހީ ހޯދިދާނެ ކަމަށް ދިރާސާތަކުން ދައްކަ އެވެ. ކަޅުކޮފީ ބޯ ނަމަ ބަނޑުހައިވުން ކުޑަކޮށްދޭނެ އެވެ. ކަޅުކޮފީން ހަންގާ ހޯމޯނެއް ކަމަށްވާ ޕެޕްޓައިޓް ވައިވައި ހަމަޔަކަށް އަޅުވައި، ބަނޑު ހަމަޖައްސައިލަދީ، ބަނޑުހައިވުން ކުޑަކޮށްލަ ދެ އެވެ.

ބައެއް މީހުންގެ ބަރުދަން ލުއިވާން މަގުފަހިވާ އެއްގޮތަކީ ހަށިގަނޑުން ފެން ބޭރުވުން މަދުވުމެވެ. ކަޅުކޮފީ ބުއިމުން ކުޑަކަމުދިއުން އިތުރުވެ، ހަށިގަނޑުގައި ޖަމާވެފައި ހުންނަ "ބޭކާރު" ފެންތައް ބޭރުވެ އެވެ. މީގެ ސަބަބުން ބަރުދަން ލުއިވާން ބާރަކަށްވެ އެވެ.