10 ޑިސެމްބަރ 2020
މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ ކޮވިޑްގެ ސަބަބުން އެތައް ގޮންޖެހުންތަކަކާ އެކުގައި ނަމަވެސް، އެންމެ ކުރިއްސުރެ ތާވަލުކޮށްފައިވާ ގޮތަށް 2020 ވަނަ އަހަރު، ކޭމްބްރިޖް އޭލެވެލް އިމްތިހާނު ފުރިހަމަކޮށް، ދަސްވެނިވުން ފުރިހަމަކުރި ހަމައެކަނި ސްކޫލަކަށް ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް ވެއްޖެ އެވެ.
މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ ކޮވިޑްގެ ސަބަބުން އެތައް ގޮންޖެހުންތަކަކާ އެކުގައި ނަމަވެސް، އެންމެ ކުރިއްސުރެ ތާވަލުކޮށްފައިވާ ގޮތަށް 2020 ވަނަ އަހަރު، ކޭމްބްރިޖް އޭލެވެލް އިމްތިހާނު ފުރިހަމަކޮށް، ދަސްވެނިވުން ފުރިހަމަކުރި ހަމައެކަނި ސްކޫލަކަށް ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް ވެއްޖެ އެވެ.
މިގޮތުން 10 އޮކްޓޯބަރުން 18 ނޮވެމްބަަރަށް އޭލެވެލް އިމްތިހާނު ފުރިހަމަ ކުރި ގްރޭޑް 12 ގެ ދަރިވަރުންގެ ދަސްވެނިވުން ބޭއްވީ މި މަހުގެ 3 އެވެ. އަދި މި ހަފްލާ ޝަރަފްވެރި ކޮށްދެއްވި ރާއްޖޭގެ ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވާހަކަފުޅުގައި ދަރިވަރުން ދައްކައިދިން ހިތްވަރު ވަރަށް ބޮޑަށް ފާހަގަކުރައްވައި، މި ހިތްވަރު ދިރިއުޅުމުގެ ހުރިހާ ކަމެއްގައި ދެއްކުމަށް އެ ދަރިވަރުންނަށް ނަސޭހަތްތެރިވި އެވެ.
މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި އެންމެ ބޮޑު އަސަރެއް ކޮށްފައިވާ އެއްބަޔަކަށް ކިޔަވާކުދިން ވާނެ އެވެ. މިގޮތުން ދިވެހިރާއްޖޭގައިވެސް، ހާއްސަކޮށް މާލޭގައި މިއަހަރުގެ މާޗް މަސް ފެށުނު ތަނާހެން ބަންދުކުރި ސްކޫލްތައް، ކުރިއެކޭ އެއްގޮތަށް ހުޅުވޭނެ ދުވަހެއް އަދިވެސް އަންދާޒާކޮށްލަން ނޭނގޭއިރު، މިފަދަ ހާލަތެއްގައި ބައިނަލްއަޤްވާމީ ފެންވަރުގެ އިމްތިހާނެއް ފުރިހަމަކުރުމަކީ ހަމަގައިމު ވެސް ފަސޭހަ ކަމަކަށް ނުވާނެ އެވެ.
ބިލަބޮންގް ހައިގެ ވައިސް ޕްރިންސިޕަލް އިސްމާއިލް ޝާނިމް ވިދާޅުވި ގޮތުގައި، ބިލަބޮންގް ހައި އިން މި ހޯދި ކާމިޔާބީގެ ފަހަތުގައި ވަނީ ކުރިއާލައި މިކަމަށް ތައްޔާރުވެފައި އޮތް އޮތުމެވެ.
"މި އަހަރުގެ ކުރީކޮޅުގައި، މި ބަލިމަޑުކަމުގެ ވާހަކަ އިވުނީއްސުރެ ސްކޫލް ބަންދުވެދާނެ ހާލަތަކަށް އަޅުގަނޑުމެން ދިޔައީ ތައްޔާރުވަމުން. އެހެންކަމުން މާޗް ފެށުނުތަނާހެން ސްކޫލްތައް ބަންދުކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އިއުލާނުކުރުމާ އެކު، އެންމެ ދުވަހެއް ވެސް މަޑުނުކޮށް އަޅުގަނޑުމެން އޮންލައިންކޮށް ކިޔަވައިދޭން ފެށިން،" އޭނާ ވިދާޅުވި އެވެ.
"އަދި ހާއްސަކޮށް އޭލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންނަށް ޚާއްސަ ސަމާލުކަމެއް ދިނިން. އެގޮތުން ހަފްތާއަކު 6 ދުވަހު 8 ގަޑިއިރު ކަހަލަ ގޮތަކަށް ކިޔަވައިދިނުން ކުރިއަށް ގެންގޮސް، ސެކަންޑްރީ ގްރޭޑްތަކަށް ސްކޫލް ހުޅުވަން ހުއްދަ ލިބުމާ އެކު ޕްރެކްޓިކަލް ލެސަންތައް ވެސް ފެށިން،" އޭނާ ވިދާޅުވި އެވެ.
މިކަމުގެ ސަބަބުން ޖުލައި މަހުގެ ތެރޭގައި ސިލަބަސް އެއްކޮށް ނިމި، ރިވިޝަންތައް ފަށައި މޮކް އެކްޒާމްތައް ވެސް ސްކޫލްގައި، އިމްތިހާނުގެ މާހައުލުގައި ކުރިއަށް ގެންދެވުނު ކަމަށް ޝާނިމް ވިދާޅުވި އެވެ.
މީގެ އިތުރުން ދަރިވަރުންނާއި، ބެލެނިވެރިންނާއި، މުދައްރިސުންގެ އަގުހުރި މަސައްކަތްތައް ޝާނިމް ފާހަގަކުރެއްވިއެވެ.
"އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ކްލާސްތަކުގެ ހާޒިރީ ވަރަށް ރަނގަޅު. ދަރިވަރުންގެ ހިތްވަރާއި، މުދައްރިސުންގެ ހީވާގި ކަމާއި، ބެލެނިވެރިން ދެއްވި އެއްބާރުލުން ވަރަށް ފުރިހަމަ. އަދި މިކަމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަދި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސްގެ ފަރާތުން ދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" ޝާނިމް ވިދާޅުވި އެވެ.
ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލަކީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން މާލޭގައި އެންމެ ފުރަތަމަ ހުޅުވި އިންޓަނޭޝަނަލް ސްކޫލެވެ.
ބިލަބޮންގް: މޮޅު ކަރިކިއުލަމެއް، ގިނަ ފުރުސަތުތަކެއް
ބިލަބޮންގް ހައި އިންޓަނޭޝަނަލަށް ބެލެނިވެރިންގެ ތަރުހީބު
ބިލަބޮންގް އާއި ފިންލެންޑުގެ އެޑްމިޝަނަށް ހުޅުވާލަނީ
އޭލެވެލް ސިލަބަސް ބަދަލުކުރަން ނިންމި ނިންމުން ބާތިލް
އައިލެންޑާސްއިން އޭލެވެލް ދަރިވަރުންނަށް ފަހި ފުރުސަތެއް
އަހުމަދިއްޔާގެ ކާމިޔާބީގެ އަސްލަކީ އަހުލާގު
ބިލަބޮންގް، ފިންލެންޑް ސްކޫލްގެ އެޑްމިޝަނަށް ހުޅުވާލަނީ
އޭ ލެވެލްއަށް ގެނައި ބަދަލު ޕްރިންސިޕަލުންނަށް ކަމުދޭ
700 ދަރިވަރުންނާއެކު އޯލެވެލްގެ ގަދަ 10 ރެކޯޑަކަށް
އެމް-ފައިސާއިން ހަތަރު ސްކޫލެއްގެ ފީ ދެއްކޭނެ