08 ޑިސެމްބަރ 2020
ކޮރަޕްޝަނުގެ އެންމެ ބޮޑެތި ކުށް ސާބިތުވެފައި ތިބި ދެ މީހުން ގޭގައި ތިއްބަވަނީ އިއްތިފާގުންތޯ ވިދާޅުވެ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ސުވާލު އުފައްދަވައިފި އެވެ.
ކޮރަޕްޝަނުގެ އެންމެ ބޮޑެތި ކުށް ސާބިތުވެފައި ތިބި ދެ މީހުން ގޭގައި ތިއްބަވަނީ އިއްތިފާގުންތޯ ވިދާޅުވެ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ސުވާލު އުފައްދަވައިފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފަ އެވެ. މި ހުކުމާ އެކު މުއިއްޒު، އޭނާގެ ސުވާލުތައް އޮއްސަވާލެއްވީ ސޯޝަލް މީޑިއާ އަށެވެ. އެއީ އެމްއެމްޕީއާރުސީ މެދުވެރިކޮށް، 1.3 ބިލިއަން ރުފިޔާ އަށް ޚިޔާނާތްވި މައްސަލައިގައި 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގެއަށް ބަދަލުކޮށްފައި ވުމާއި ބޮޑު ކުށަކަށް ހުކުމް ކުރި ނަމަވެސް ޒިޔަތު ވެސް މިހާތަނަށް ގޭގައި ހުންނެވުމުންނެވެ.
"ސަޅި. އެންމެ ބޮޑެތި ކޮރަޕްޝަންގެ ކުށް ސާބިތުވި ދެ މީހުން ޖަލުގައި ނުތިބެ ގޭގައި މި ތިބެނީ އިއްތިފާގުންތޯ. ނޫނީ ރައީސްގެ ހެޔޮފުޅު ކަމުންތޯ،" ރައީސް އޮފީހާއި ކަރެކްޝަންސް އާއި ޕީޖީ ފަދަ ކަމާ ގުޅޭ މުއައްސަސާތައް ޓެގް ކުރައްވައި، ކުރީގެ ޕީޖީ ވިދާޅުވި އެވެ.
Salhi!! Emme bodethi corruption ge kuh saabithuvi dhe meehun jaluga nuvaithibbaa geyga mithibevenee hama iththifaagakunthoa? Noonee raees ge heyofulhu kamunthoa?@presidencymv @CorrectionsMv @PoliceMv @PGO_MV @ACC_Maldives https://t.co/98fDJfGe7E
— Ahmed Muizzu (@AhmedMuizzu) December 8, 2020
ހިޔާނާތުގެ މައްސަލައާ ގުޅިގެން އޮކްޓޯބަރު 23، 2015 ގައި ހައްޔަރުކުރި ޒިޔަތުގެ މައްޗަށް އެންމެ ފުރަތަމަ އިއްވީ އަށް އަހަރުގެ ހުކުމެކެވެ. އެކަމަކު މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ގެއަށް ބަދަލު ކުރި ގޮތަށް އަދިވެސް އޭނާ ހުންނަވަނީ ގޭގަ އެވެ.
އެކި ފަހަރު މަތިން ހައްޔަރުކޮށް ޖަލަށް ލީ ނަމަވެސް، ބޮޑު ކޮރަޕްޝަންގެ މުގުލުގައި ހުންނެވި އަދީބު ކުށަށް އިއުތިރާފް ވެވަޑައިގަތުމާއެކު 20 އަހަރަށް ޖަލަށް ހުކުމް ކުރެއްވީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. އެކަމަކު ހުކުމް ކުރިތާ ދެ ދުވަސް ފަހުން އޭނާ ވަނީ ގެއަށް ބަދަލުކޮށްފަ އެވެ.
ހޯމް މިިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އަދީބު ގޭބަންދަށް ބަދަލުކުރީ އޭނާ ނިދުމަށް މެޝިނެއް ބޭނުންކުރައްވާތީ ކަމަށެވެ.
"ޑޮކްޓަރު ދެއްވާފައިވޭ ވަކި މެޝިނެއް ބޭނުންކޮށްގެން ނިދުމަށް. ދެން އެ މިޝަނަކީ ޖަލުގެ ތެރޭގައި ބޭނުންކުރެވޭ ގޮތަށް ހުރި މެޝިނެއް ނޫން ކަމަށް ވަނީ. އެހެންވެ ގޭގައި އެ މެޝިން ގާއިމްކުރެވިފައި ހުރިކަމަށް ވަނީ،" އިމްރާން ވިދާޅުވެފައި ވެ އެވެ. އަދީބާއި ޒިޔަތު ވެސް ޖަލަށް ހުކުމް ކޮށްފައިވަނީ ދައުލަތާ އެކު ހަދާފައިވާ އިއުތިރާފް އެއްބަސްވުމެއްގެ ދަށުންނެވެ.
އެސްއޯއެފަށް ދައުވާ ނުކުރާނެ ކަމާއި ސަބަބު ބުނެފި
ވެރިން މުޖުރިމެއްގެ އަތްދަށުވުމުން ހައިރާންވޭ: ޖަމީލު
ޕީޖީ ޝަމީމްގެ މައްސަލަތަކެއް ބާ ކައުންސިލަށް
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ހޯދޭނެތަ؟
ޚިޔާނާތުގެ ފައިސާ ހޯދަނީ ކޮން ގޮތަކުން؟
ޒިޔަތާ އެކު ހެދި ޕްލީބާގެއިން އެއްބަސްވުން އުވާލައިފި
"އެމްއެމްޕީއާރުސީ ބޮޑު މައްސަލައާ އުޅޭ ތަނެއް ނުފެނޭ"
ޔާމީންގެ ޝަރީއަތް: ދައުލަތުން 86 ހެއްކެއް
ސަން ކުންފުންޏާ ދެކޮޅު ހެކިންނަށް އަދީބާއި ޒިޔަތު
އަދީބު މިހާރު ހުންނެވީ އަމީން އެވެނިއުގެ ފްލެޓެއްގައި