ރާއްޖޭގެ ތައުލީމީ ދާއިރާއަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތްކުރައްވާފައިވާ ބޭފުޅަކު މިއަދު އަވަހާރަވެއްޖެ އެވެ.
07 ޑިސެމްބަރ 2020
ރާއްޖޭގެ ތައުލީމީ ދާއިރާއަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތްކުރައްވާފައިވާ ބޭފުޅަކު މިއަދު އަވަހާރަވެއްޖެ އެވެ.
ކެންސަރަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް އަވަހާރަވީ އެޑިއުކޭޝަން މިނިސްޓްރީގެ ކޯޕަރޭޓް އެފެއާޒް ސާވިސް ޑިވިޝަންގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމުގައި ހުންނެވި ސ. ހިތަދޫ، ބްލޫކޯނާ، ޝަހީދާ އަބްދުއްސަމަދު، 51 އެވެ. އެޑިއުކޭޝަނުން ނެރުނު ތައުޒިޔާގެ ބަޔާނެއްގައި ބުނީ 30 އަހަރު ހިދުމަތް ކުރައްވާފައިވާ ޝަހީދާގެ ވަކިވުމަކީ އެ ދާއިރާއަށް ލިބުނު ބޮޑު ހީނަރުކަމެއް ކަމަށެވެ. މިނިސްޓްރީން ބުނީ އޭނާ އަކީ އެންމެންނާ ވެސް ގުޅޭ، ކަންކަމުގައި އިސްނަންގަވައި މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށެވެ.
ޝަހީދާ އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިވަޑައިގަތީ 1990 ވަނަ އަހަރު އުމުރުން 21 އަހަރުގައި "ދިވެހިރާއްޖޭގެ ތައުލީމް ކުރިއަރުވާ މަރުކަޒު"ންނެވެ. އޭގެ ފަހުން މިނިސްޓްރީގެ އެކި މަގާމުތައް ފުރުއްވާފައި ވެ އެވެ.
ޝަހީދާ އަވަހާރަވީ 2015 ވަނަ އަހަރުން ފެށިގެން ކެންސަރަށް ފަރުވާ ހޯދަމުން އަންނަނިކޮށެވެ. އަވަހާރަވީ، މި ފަހުން ހާލު ސީރިއަސްވުމުން ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ހޯއްދަވާތާ ދެ ހަފުތާ ފަހުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ "މިހާރު" އަށް ވިދާޅުވި ގޮތުގައި ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދެވި ނަމަވެސް ޝަހީދާ ވަނީ ވަރަށް ފަރުވާތެރިކަމާއެކު މަސައްކަތް ކުރައްވައިފަ އެވެ. ލޮކްޑައުންގެ ތެރޭގައި ވެސް ގޭގައި ހުންނަވައިގެން ވަރަށް މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވި އެވެ.
"ހައި ރިސްކް ބޭފުޅަކަށް ވީމަ މި ފަހަކާ ޖެހެންދެން ވެސް ގޭގައި މަސައްކަތް ކުރެއްވީ. މި ހާލަތާ ގުޅިގެން ފަރުވާއަށް ދިއުން ލަސްވެފައި ހުއްޓައި އަވަހާރަވި،" އަހުމަދު ވިދާޅުވި އެވެ.
ކެންސަރުގެ ފަރުވާއަށް އެހީ ހޯދަން އިސްނެގީ ކްލާސްކުދިން
އަރަބިއްޔާގެ ކުރީގެ އިމާރާތް ތަޅާލަން މުދާ ހުސްކުރަނީ
އިމާރާތެއް ހަމަނުޖެހުމުން ސްކައުޓްގެ އޮފީސް ބަންދު
ދެ ސީއެޗްއެސްއީގައި 1،300 ކުދިން މިއަހަރު ކިޔަވާނެ
ދަރިވަރުން ސްކޫލު ބަދަލުކުރެވޭނީ ވަކި ދުވަސްވަރެއްގައި
އޯ ލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށަނީ
ގިނަ ކުދިންނަށް އޭލެވެލަށް ކިޔެވޭގޮތަށް އުސޫލު ހަދައިފި
ޗުއްޓީ އަށް ފަހު ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި
އައިޔޫއެމް، ވިލާ ކޮލެޖާ ގުޅިގެން ސެން ޓީޗިން ކޯހެއް
އިސްކަންދަރު ސްކޫލްގައި އިތުރު އިމާރާތެއް އަޅަނީ