Roadha Mihaaru
އެއާ ޓްރެފިކް މޫވްމަންޓްގެ އިތުރު ރެކޯޑެއް!

އެއާ ޓްރެފިކް މޫވްމަންޓްގެ އިތުރު ރެކޯޑެއް!

07 ޑިސެމްބަރ 2020

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާ ޓްރެފިކް މޫވްމަންޓް ރެކޯޑް އަދަދަކަށް އިތުރުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާ ޓްރެފިކް މޫވްމަންޓް ރެކޯޑް އަދަދަކަށް އިތުރުވެއްޖެ އެވެ.

މިދިޔަ އާދިއްތަ ދުވަހު އެއާ ޓްރެފިކް މޫވްމަންޓް 352 އަށް އަރާފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ 116 ރަންވޭ މޫވްމަންޓެވެ. އަދި ސީޕްލޭން މޫވްމަންޓް އުޅެނީ 206 ގަ އެވެ. އާދިއްތަ ދުވަހު 3100 މީހުން ރާއްޖެ އަށް އައެވެ. މިއީ ބޯޑަރު ހުޅުވި ފަހުން އެއް ދުވަހެއްގައި އެންމެ ގިނަ ބޯޓު އެއާޕޯޓަށް ޖެއްސި ދުވަހެވެ.

މިދިޔަ ނޮވެމްބަރު މަހު އެއާޕޯޓުގެ މޫވްމަންޓް ވަނީ އޭގެ ކުރީ މަހާ އަޅާ ބަލާއިރު ގާތްގަނޑަކަށް 50 ޕަސެންޓް އިތުރުވެފަ އެވެ.

ވީއައިއޭ ހިންގާ އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފް ވިދާޅުވީ، މި މަހުގެ މޫވްމަންޓް ކުރިއަށް އޮތްތަނުގައި ވެސް އިތުރުވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ފްލައިޓްތަކުން އަންނަ މީހުން ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

އެމްއޭސީއެލްގެ ޓްވީޓް

ރާއްޖެ އަށް މިހާތަނަށް ގާތްގަނޑަކަށް 462،000 ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ މަހު 35،000 ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ ޖުލައި މަހު ބޯޑަރު ހުޅުވި ފަހުން އެންމެ ގިނަ ޓޫރިސްޓުން އައި މަހެވެ. މި މަހާއި މި ފެށޭ ޖެނުއަރީ މަހު ވެސް ޓޫރިސްޓުން ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅުން ވިދާޅުވެ އެވެ.