07 ޑިސެމްބަރ 2020
އެކި ބޭނުންތަކަށް ޖައްވުގެ ތެރެއަށް ދޫކޮށްލާ ސެޓެލައިޓްތައް ލޯންޗްކުރަން ހާއްސަކޮށްގެން އެމެރިކާގެ ކުންފުންޏަކުން އުފެއްދި ބިޔަ ޑްރޯން އެއް ދައްކާލައިފި އެވެ.
އެކި ބޭނުންތަކަށް ޖައްވުގެ ތެރެއަށް ދޫކޮށްލާ ސެޓެލައިޓްތައް ލޯންޗްކުރަން ހާއްސަކޮށްގެން އެމެރިކާގެ ކުންފުންޏަކުން އުފެއްދި ބިޔަ ޑްރޯން އެއް ދައްކާލައިފި އެވެ.
އޭވަމް ކިޔާ ކުންފުނިން ދައްކައިލި "ރާވަން އެކްސް" ކިޔާ މި ޑްރޯން އަކީ ބަރުދަނުގައި 28 ޓަނު ހުންނަ، 80 ފޫޓްގެ އެއްޗެކެވެ. މޭލެއްގެ ދިގު ރަންވޭއަކުން އުދުއްސައިލެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ޑްރޯނަކީ އޭގައި އުފުލާ ސެޓެލައިޓްތައް ވަރަށް ފަސޭހަކަމާ އެކު ދުނިޔޭގެ ލޯ-އޯބިޓްގެ ތެރެއަށް ފޮނުވައިލެވޭނެ އެއްޗެކެވެ. "ރަވަން އެކްސް" އަށް 220 ޕައުންޑް (99.79 ކިލޯ) ގެ ސެޓެލައިޓް ބަރުކުރެވޭނެ އެވެ.
އޭވަމް އިން ބުނި ގޮތުގައި ބިޔަ ޑްރޯންގެ އެހީގައި ސެޓެލައިޓްތައް ޑްރޯން އަށް ބަރުކުރާތާ ތިން ގަޑިއެއްހާ އިރުގެ ތެރޭގައި ފޯރަން ޖެހޭ އުސްމިނަށާއި ސެޓެލައިޓް ދޫކޮށްލާ ސަރަހައްދަށް ކާމިޔާބުކަމާ އެކު ފޮނުވައިލެވޭނެ އެވެ.
Watch the Ravn X Autonomous Launch Vehicle Rollout!https://t.co/nCBNcjpWG0
— Aevum (@aevumspace) December 3, 2020
ބިޔަ ޑްރޯންއާ ބެހޭ ގޮތުން އޭވަމްގެ ސީއީއޯ އަދި ބާނީ ޖޭ ސްކައިލަސް ވިދާޅުވީ މީގެ ބޭނުމަކީ ސެޓެލައިޓްތައް ލޯންޗްކުރަން އެކި އެޖެންސީތަކުން ކުރާ މަސައްކަތައް ފަސޭހަކޮށް ދިނުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި "ރަވަން އެކްސް" އަކީ އާދައިގެ މަތިންދާބޯޓެއް އޮޕަރޭޓްކުރާ ގޮތަށް ޖެޓް ފިއުލް ބޭނުންކުރާ އުޅަނދެކެވެ.
"އަހަރެމެންގެ މަސައްކަތްތަކަށް ލޯންޗިން އަށް ވަކި ހާއްސަ ސައިޓެއް ބޭނުމެއް ނުވާނެ. ބޭނުން ވާނީ މޭލެއް ހުންނަ ވަރުގެ ރަންވޭއަކާއި ހެނގަރެއް،" އޭނާ ވިދާޅުވި އެވެ.
First glimpse of Ravn X! Join @aevumspace and Lt. Col. Rose of SMC @AF_SMC @SpaceForceDoD for the virtual unveiling event Dec 3 at 10 am MT. RSVP to meet the world’s largest UAS launching rockets: https://t.co/jtwwzRCQUM. #AutonomousLaunch #USSF https://t.co/KSCpRMxLdd
— Aevum (@aevumspace) November 30, 2020
ސްކައިލަސް ވިދާޅުވީ "ރާވަން އެކްސް" އާ ގުޅިގެން ސެޓެލައިޓްތައް ލޯންޗްކުރުމަކީ ވަރަށް ކުޑަ ވަގުތުކޮޅެއް ނަގާނެ ކަމަށެވެ. އެގޮތުން ލިޔެކިޔުންތައް ފުރިހަމަކުރުން ހާއްސަ ސޮފްޓްވެއާއަކުން އޮޓޮމޭޓްކޮށްފައިވާ އިރު، މަސައްކަތަށް ބޭނުން ވަނީ ވެސް ވަރަށް މަދު އަދަދެއްގެ މުވައްޒަފުން ކަމަށް ވިދާޅުވި އެވެ.
"އާންމުކޮށް ސެޓެލައިޓެއް ނުވަތަ ރޮކެޓެއް ލޯންޗްކުރަން ބޭނުންވާ މުވައްޒަފުންގެ އެންމެ ދިހަ ޕަސަންޓް ރާވަން އެކްސްގެ ލޯންޗިން އަށް ބޭނުން ވާނީ،" ސްކައިލަސް ވިދާޅުވި އެވެ.
އޭވަމް އިން މިހާރު ވަނީ ބިޔަ ޑްރޯންގެ އޮޕަރޭޝަނަށާއި އޭގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ހޯދަން ޖެހޭ ހުއްދަތައް ހޯދުމަށް ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އަށް ވެސް ހުށަހަޅައިފަ އެވެ.
"މިހާރު ވެސް އަހަރެމެންނަށް ކަށަވަރުކޮށް ދެވިދާނެ ރާވަން އެކްސް އަކީ ހުރިހާ ގޮތަކުން ބެއްޔަސް ސޭފްޓީ ސްޓެންޑާޑްސް ވަރަށް ފުރިހަމަވާނެ އެއްޗެއް ކަމަށް." ކުރިން ނާސާގައި މަސައްކަތްކޮށް ފަހުން އެކިއެކި ސްޕޭސް ކުންފުނިތަކުގައި މަސައްކަތްކުރައްވާފައިވާ ސްކައިލަސް ވިދާޅުވި އެވެ.
ރޮކެޓް ސްޓާޓަޕެއްގެ ގޮތުގައި އޭވަމް އުފެއްދީ 2016 ގަ އެވެ.
10 އަހަރު ތެރޭ ހަނދުގައި ދިރިއުޅެން ފެށިދާނެ
އާޓެމިސް ޖައްވަށް އުދުއްސައިލުން އަނެއްކާވެސް ފަސްކޮށްފި
އެމެރިކާ-ޗައިނާގެ ޖައްވީ ކޯޅުން އިތުރަށް ހޫނުވަނީ
ރަޝިޔާގެ މިސައިލް ޓެސްޓުން އެމެރިކާ ރަތަށް
ބެޒޯސްގެ ޖައްވީ ދަތުރަށް ދުނިޔޭގެ ހަތަރު ރެކޯޑެއް
ދެ މަހުޖަނުންގެ ޖައްވީ ދަތުރު ބޮޑު ވާދަޔަކަށްވެއްޖެ
ފުރަތަމަ ސްޕޭސް ހޮޓާ ހުޅުވުން 2027 ގައި
ސްޕޭސް އެކްސްގެ "ސްޓާލިންކް" އިންޓަނެޓް ހަގީގަތަކަށް
ރަޝިއާ އިން މިލިޓަރީ ސެޓެލައިޓެއް ޓެސްޓްކޮށްފި
ނާސާ އުޅަނދަކަށް ނަން ދިނީ 17 އަހަރުގެ ކުއްޖެއް