Roadha Mihaaru
އޯޑަރުކުރި ކާނާ ހިފައިގެން އައީ ބޮޑު ފައުޖެއް!

އޯޑަރުކުރި ކާނާ ހިފައިގެން އައީ ބޮޑު ފައުޖެއް، މައްސަލަ އަކީ އިންޓަނެޓް

05 ޑިސެމްބަރ 2020

މިދިޔަ ހަފުތާގައި ފިލިޕީންސްގެ ސެބޫ ސިޓީގައި އުޅޭ އާއިލާއެއްގެ ހަތް އަހަރުގެ ކުއްޖަކު އޭނާ އާއި މާމަ އަށް ފުޑް ފެންޑާ އިން ކުރި އޯޑަރެއް އިންޓަނެޓްގެ މައްސަލައަކާ ހެދި ރިޕީޓްވެ އެތައް ފަހަރަކު އޯޑަރު ދެވުމުން ޑެލިވަރީކުރާ މީހުން ކާނާ ހިފައިގެން ގޮސް ގޭ ދޮރުމަތީގައި ކިއޫ ހަދައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ ހަފުތާގައި ފިލިޕީންސްގެ ސެބޫ ސިޓީގައި އުޅޭ އާއިލާއެއްގެ ހަތް އަހަރުގެ ކުއްޖަކު އޭނާ އާއި މާމަ އަށް ފުޑް ފެންޑާ އިން ކުރި އޯޑަރެއް އިންޓަނެޓްގެ މައްސަލައަކާ ހެދި ރިޕީޓްވެ އެތައް ފަހަރަކު އޯޑަރު ދެވުމުން ޑެލިވަރީކުރާ މީހުން ކާނާ ހިފައިގެން ގޮސް ގޭ ދޮރުމަތީގައި ކިއޫ ހަދައިފި އެވެ.

އޯޑަރުކުރި ކާތަކެތި ހިފައިގެން އެ ގެއަށް ދިިޔަ ޑެލިވަރީ ބޯއިންގެ އަދަދު 42 އަށް އަރަ އެވެ.

މިކަމެއް ދިމާވީ ފުޑް ޕެންޑާގެ އެޕުން އޯޑަރުކުރި އިރު، އިންޓަނެޓް ކެނޑުމާއި ސްލޯވުމުން އޯޑަރު ނުކުރެވޭ ކަމަށް ބަލައި ތަކުރާރުކޮށް އެތައް ފަހަރަކަށް އޯޑަރު ދެވުމުންމެވެ.

އޯޑަރު ކުރި އެއްޗެހި ހިފައިގެން އަންހެން ކުއްޖާގެ ގޭގެ ކައިރިގައި ކިއު ހެދި ޑެލީވަރީކުރާ މީހުންގެ ވީޑިއޯ އާއި ފޮޓޯ މިކަން ހިނގި ސަރަހައްދުގެ ޒުވާނަކު ވަނީ ފޭސްބުކްގައި ހިއްސާކޮށްފަ އެވެ. ފުޑް ފެންޑާ އަށް ދިން ކުޑަކުޑަ އޯޑަރު ބޮޑު ޖާފަތަކަށްވެ އެ ކުއްޖާ ބިރުން ރޮވުނެވެ. ބިލަށް އަރާފައި އޮތީ 7،675 ޕިލިޕީނޯ ޕެސޯސް އެވެ. އިންޓަނެޓް ތުރާލާ ކުތިމަތި ނުވި ނަމަ ބިލަށް އަރާނީ 189 ޕެސޯސް އެވެ.

މިކަން އެންމެ ފަހުން އުފާވެރި ގޮތަކަށް ނިމިގެން ދިޔައީ އިތުރަށް ދެވުނު އޯޑަރުތަކާ އެ ހިސާބުގަނޑުގެ އަވަށްޓެރިންތަކެއް ހަވާލުވުމުންނެވެ.