Roadha Mihaaru
އަލީއެކްސްޕްރެސްގައި ގިނައިން ހޭދަކުރާ ލިސްޓަށް ދިވެހިން

އަލީއެކްސްޕްރެސްގައި އެންމެ ގިނައިން ހޭދަކުރާ މީހުންގެ ތެރޭގައި ދިވެހިން

11 މެއި 2017

ޗައިނާގެ އެންމެ ބޮޑު އޮންލައިން ފިހާރަ ކަމަށްވާ އަލީއެކްސްޕްރެސް އިން އެންމެ ގިނައިން ވިޔަފާރިކުރަނީ ޒުވާނުން ކަމަށާއި އޭގެ ތެރެއިން އެންމެ ގިނައިން ހޭދަކުރާ މީހުންގެ ތެރޭގައި ދިވެހިން ހިމެނޭ ކަމަށް އަލީއެކްސްޕްރެސް އިން ބުނެފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ޗައިނާގެ އެންމެ ބޮޑު އޮންލައިން ފިހާރަ ކަމަށްވާ އަލީއެކްސްޕްރެސް އިން އެންމެ ގިނައިން ވިޔަފާރިކުރަނީ ޒުވާނުން ކަމަށާއި އޭގެ ތެރެއިން އެންމެ ގިނައިން ހޭދަކުރާ މީހުންގެ ތެރޭގައި ދިވެހިން ހިމެނޭ ކަމަށް އަލީއެކްސްޕްރެސް އިން ބުނެފި އެވެ.

ޔޫރަޕާއި އޭޝިއާ އެއްކޮށް ބަލާއިރު އަލީއެކްސްޕްރެސް އިން އެންމެ ގިނައިން ވިޔަފާރިކުރަނީ އުމުރުން 25 އަހަރާއި 34 އަހަރާ ދެމެދުގެ މީހުން ކަމަށާއި އޭގެ ތެރެއިން އެންމެ ގިނައިން ހޭދަކުރަނީ ދިވެހިރާއްޖެ، ކުވައިތު އަދި ބަހްރެއިން ޒުވާނުން ކަމަށް އަލީއެކްސްޕްރެސް އިން އާންމުކުރި މައުލޫމާތުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން އެންމެ "ލޯޔަލް އެންޑް ފްރިކުއެންޓް" ކަސްޓަމަރުން އުޅެނީ ދިވެހިރާއްޖެ އާއި ލިތުއޭނިއާ އާއި ބޫޓާންގައި ކަމަށް ވެސް އަލީއެކްސްޕްރެސް އިން ބުންޏެވެ.

އަލީއެކްސްޕްރެސް އިން ބުނި ގޮތުގައި އެންމެ ގިނައިން އޯޑަރު ލިބެނީ ކޮސްމެޓިކްސް އާއި ފަރުނީޗަރާއި އެކި ފާޑުގެ ގެޖެޓަށެވެ. ޗައިނާގެ ކޮސްމެޓިކްސް ވިޔަފާރިކުރާ ކުންފުނިތަކަށް އެންމެ ގިނައިން އޯޑަރު ލިބިފައި ވަނީ ރަޝިޔާ، ޔުކްރެއިން، ޕޮލެންޑު، ބެލާރުސް އަދި އިޒްރޭލުންނެވެ.

އަލީބާބާއިން ހިންގާ އަލީއެކްސްޕްރެސް އިން ކޮށްފައިވާ ވިޔަފާރިތަކުގެ ތެރެއިން 60 ޕަސެންޓް ޓްރާންސެކްޝަން ހަދާފައި ވަނީ މޮބައިލް ޑިވައިސްތައް މެދުވެރިކޮށެވެ. އަލީއެކްސްޕްރެސްގެ ޖެނެރަލް މެނޭޖަރު ޝެން ޑިފާން ވިދާޅުވި ގޮތުގައި 2010 ގައި ވެބްސައިޓް ލޯންޗުކުރި ފަހުން 100 މިލިއަނަށް ވުރެ ގިނަ އިންޓަނޭޝަނަލް ކަސްޓަމަރުން ވަނީ ލިބިފަ އެވެ.