12 އެޕްރީލް 2021
ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ރިޓެއިލާ ޗައިނާގެ އަލީބާބާ ގްރޫޕް ރެކޯޑް އަދަދަކު ޖޫރިމަނާކޮށްފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ރިޓެއިލާ ޗައިނާގެ އަލީބާބާ ގްރޫޕް ރެކޯޑް އަދަދަކު ޖޫރިމަނާކޮށްފި އެވެ.
ވިޔަފާވެރީގެ ވާދަވެރިކަން ގެއްލޭ ގޮތަށް އަމަލުކޮށް، އޭގެ ފައިދާ ނާޖާއިޒުކޮށް ބޭނުންކުރާ ކަމަށް ބުނެ ޗައިނާގެ ސްޓޭޓް އެޑްމިނިސްޓްރޭޝަން ފޯ މާކެޓް ރެގިއުލޭޝަން (އެސްއޭއެމްއާރް) އިން އަލީބާބާ ޖޫރިމަނާކުރީ 2.75 ބިލިއަން ޑޮލަރުންނެވެ. މިއީ މިހާތަނަށް ޗައިނާގެ ވިޔަފާރި ކުންފުންޏެއް ޖޫރިމަނާކުރި އެންމެ ބޮޑު އަދަދެވެ.
މީޑިއާތަކުން ބުނެފައިވާ ގޮތުގައި އަލީބާބާ ގްރޫޕަށް ކުރި 2.75 ބިލިއަން ޖޫރިމަނާ އަކީ އެ ކުންފުންޏަށް 2019 ގައި ލިބުނު އާމްދަނީގެ ހަތަރު ޕަސެންޓާ އެއްވަރުގެ އަދަދެކެވެ.
އެސްއޭއެމްއާރް އިން ބުނެފައިވާ ގޮތުގައި އަލީބާބާ އިން ދަނީ ކުންފުނީގެ ޕްލެޓްފޯމް ބޭނުންކުރާ ވިޔަފާރިވެރިންނަށް އެހެނިހެން އީ-ކޮމާސް ޕްލެޓްފޯމުތައް ބޭނުންކުރަން ހުރަސްއަޅައި، ވިޔަފާރީގައި މޮނޮޕޮލީ އުފައްދަމުންނެވެ.
ބޮޑު ޖޫރިމަނާއާ ގުޅިގެން އަލީބާބާ ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނީ އެކަން ބަލައިގަންނަ ކަމަށާއި ރެގިއުލޭޝަނުން ގޯސް ކަމަށް ބުނާ ކަންކަން އިސްލާހުކޮށް ރަނގަޅުކުރަން ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
ޖެކް މާ.
އަލީބާބާ އަށް ބޮޑު ޖޫރިމަނާއަކާ ކުރިމަތިލާން ޖެހުނު އިރު މިދިޔަ އަހަރު އެ ކުންފުނީގެ ކުރީގެ ޗެއާމަން ޖެކް މާގެ އޭންޓް ގްރޫޕް ހިއްސާގެ ބާޒާރުގައި ލިސްޓްކުރަން މަސައްކަތް ކުރަމުން އަންނަނިކޮށް އެ ވިޔަފާރީގެ ސައްހަކަމާ ދޭތެރޭ ސުވާލު އުފައްދައި ޗައިނާގެ ކަމާބެހޭ ފަރާތްތަކުން އެކަން ހުއްޓުވި އެވެ. އަދި ޖެކް މާ އަށް ބޮޑެތި ފިއްތުންތައް ކުރިމަތިކޮށްފައިވެ އެވެ.
އެކަން ކޮށްފައި ވަނީ ޗައިނާގެ މާލީ އިދާރާތަކާއި ބޭންކްތައް ހިންގާ ގޮތާ ދޭތެރޭ ރުހިވަޑައިނުގެން ޖެކް މާ ވާހަކަ ވެސް ދައްކަވާފައި ވަނިކޮށެވެ.
އަލީބާބާއިން އެއް ދުވަހުން 25 ބިލިއަން ޑޮލަރު
ޝެއިން އިން ރާއްޖެއަށް ހިލޭ ޝިޕް ކުރެވޭ ގޮތް ހަދައިފި
އަހަރުގެ އެންމެ ކަމުނުދާ ކުންފުންޏަކީ "މެޓަ"
ޓިކްޓޮކް ވެސް އޮންލައިން ވިޔަފާރި އަށް
"ގެއްލުނު" ޖެކް މާ ފެނުނީ ވީޑިއޯއަކުން
ޗައިނާގެ މަހުޖަނު ޖެކް މާ "ގެއްލިއްޖެ"
އޭޝިއާގެ މުއްސަނދި މީހާގެ މަގާމު ޗައިނާ މީހަކަށް
އަލީއެކްސްޕްރެސް އިންޑިއާގައި މަނާކޮށްފި
ޗައިނާގެ އެންމެ މުއްސަނދީ ފެން ކުންފުންޏެއްގެ ވެރިއެއް
ޓިކްޓޮކް ހުއްޓާލަން އެމެޒޯން އިން އެންގީ "އޮޅުމަކުން"