26 ނޮވެމްބަރ 2020
ޓިކްޓޮކާއި ޕަބް-ޖީ އަދި ވީޗެޓް ފަދަ އިންޑިއާގައި މަގުބޫލު ޗައިނާގެ އެޕްތަކެއް އިންޑިއާ އިން މަނާކޮށްފައި ވަނިކޮށް އަނެއްކާ ވެސް އިތުރު އެޕްތަކެއް އަންގާރަ ދުވަހު މަނާކޮށްފި އެވެ.
ޓިކްޓޮކާއި ޕަބް-ޖީ އަދި ވީޗެޓް ފަދަ އިންޑިއާގައި މަގުބޫލު ޗައިނާގެ އެޕްތަކެއް އިންޑިއާ އިން މަނާކޮށްފައި ވަނިކޮށް އަނެއްކާ ވެސް އިތުރު އެޕްތަކެއް އަންގާރަ ދުވަހު މަނާކޮށްފި އެވެ.
މިއީ ޗައިނާގެ އެޕްތަކެއް އިންޑިއާ އިން މަނާކުރި ތިން ވަނަ ފަހަރެވެ. ޖޫން މަހުގެ 29 ގައި 59 އެޕެއް މަނާކުރުމަށް ފަހު، ސެޕްޓެމްބަރު 2 ގައި އިތުރު 118 އެޕެއް މަނާކޮށްފައިވެ އެވެ.
އަންގާރަ ދުވަހު ޖުމްލަ 43 އެޕެއް މަނާކޮށްފައިވާ އިރު އޭގެ ތެރޭގައި މަޝްހޫރު ކުންފުނި އަލީބާބާ ގްރޫޕްގެ ހަތަރު އެޕެއް ވެސް ހިމެނެ އެވެ. އެއީ އަލީއެކްޕްރެސް އާއި އަލީޕޭ ކޭޝިއާ އާއި އަލީސަޕްލަޔާޒް އަދި އަލީބާބާ ވޯކްބެންޗެވެ.
އިންޑިއާ އާއި ޗައިނާއާ ދެމެދު ހޫނުވެފައިވާ ސިޔާސީ ކޯޅުންގަނޑުގެ ތެރެއިން ޗައިނާ އަށް ދަތިކޮށް، އެ ގައުމަށް އިންޑިއާ އިން ބަރޯސާވުން ހުއްޓައިލަން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ޗައިނާގެ އެޕްތައް އިންޑިއާގައި މަނާކުރަނީ އިންފޮމޭޝަން ޓެކްނޮލޮޖީ ގާނޫނުގެ 69 ވަނަ މާއްދާގެ ދަށުންނެވެ.
#BREAKING: Government of India blocks 43 more #Chinese mobile apps from accessing by users in India. Issues orders for blocking under Section 69A of the Information Technology Act. Apps banned include Alibaba, Aliexpress, Alipay, CamCard and Chinese Social. pic.twitter.com/dKBDRbJxhb
— Aditya Raj Kaul (@AdityaRajKaul) November 24, 2020
އިންޑިއާގެ އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީން ބުނެފައިވާ ގޮތުގައި ޗައިނާގެ އެޕްތައް މަނާކުރަނީ އެ އެއްޗެހިން އިންޑިއާގެ ގައުމީ ސަލާމަތަށް ނުރައްކާވަމުންދާތީ އާއި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށް ދިނުމުގެ ގޮތުންނެވެ.
އިންޑިއާ އިން މަނާކުރި ޗައިނާގެ އެޕްތަކުގެ އަދަދު މިހާރު 220 އަށް އަރަ އެވެ.
ޗައިނާގެ އުފެއްދުންތަކަށް ބަރޯސާވުން ހުއްޓައިލަން ނިންމައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ "މޭކް އިން އިންޑިއާ" ގެ ނަމުގައި އިނިޝިއޭޓިވެއް ވެސް އިއުލާންކުރައްވައިފަ އެވެ.
އިންޑިއާ އާއި ޗައިނާއާ ދެމެދު މި އަހަރު މައްސަލަ ހޫނުވާން ފެށީ ގަލްވާން ވެލީގެ ޗައިނާވީ ފަޅީގައި އެ ގައުމުން އަސްކަރީ މަރުކަޒުތަކެއް ހަދަމުން އަންނަ އިރު، އިންޑިއާގެ ބިމުގެ ތެރެއަށް ވަދެފައިވާ ކަމަށް އިންޑިއާ އިން ދައުވާކުރަން ފެށުމާ ގުޅިގެންނެވެ. އަދި މި ހޫނުގަނޑުގެ ތެރޭގައި ހަމަލާތައް ބަދަލުކުރެވި ދެ ގައުމުގެ އަސްކަރީ އޮފިސަރުންތަކެއް މަރުވެފައިވެ އެވެ.
އެޕަލް އިން އިންޑިއާގައި އައިޕެޑް އުފައްދަން ބޭނުން
އޭޝިއާގެ މުއްސަނދި މީހާގެ މަގާމު ޗައިނާ މީހަކަށް
ޗައިނާގެ އެންމެ މުއްސަނދީ ފެން ކުންފުންޏެއްގެ ވެރިއެއް
އޭޝިއާގެ އެންމެ މުއްސަނދި މީހާގެ މަގާމު ޖެކް މާ އަށް
އެޕަލް އިން އެމެރިކާގައި އައިފޯނެއް ނުހަދާނެ
އައިފޯނު ވިޔަފާރި އިންޑިއާގައި ދަށަށް؛ ޗައިނާއާ ހެދި؟
އައިފޯނުގެ އަގުބޮޑު މޮޑެލްތައް އިންޑިއާގައި އުފައްދަނީ
އެޕަލް އަށް އިންޑިއާ ވަރަށް ބީރައްޓެހި
އެޕަލް އަށް އިންޑިއާ މުހިންމުވާން ވެއްޖެ
އެޕަލް އަށް ވަކި ގޮތެއް ހަދައިދެވޭކަށް ނެތް: އިންޑިއާ