Roadha Mihaaru
ޔުވެންޓަސް އަށް ޕޮއިންޓެއް، އިންޓަ އަށް މޮޅެއް

ޔުވެންޓަސް އަށް ޕޮއިންޓެއް، އިންޓަ އަށް މޮޅެއް

29 ނޮވެމްބަރ 2020

ބެނެވެންޓޯ (ނޮވެމްބަރު 29) – އިޓާލިއަން ލީގުގައި ރޭ ޗެމްޕިއަން ޔުވެންޓަސް އާއި ބެނެވެންޓޯ 1-1 އިން އެއްވަރުވިއިރު އިންޓަ މިލާނުން، ސަސުއޮލޯ އަތުން 3-0 އިން މޮޅުވެއްޖެ އެވެ.

ބެނެވެންޓޯ (ނޮވެމްބަރު 29) – އިޓާލިއަން ލީގުގައި ރޭ ޗެމްޕިއަން ޔުވެންޓަސް އާއި ބެނެވެންޓޯ 1-1 އިން އެއްވަރުވިއިރު އިންޓަ މިލާނުން، ސަސުއޮލޯ އަތުން 3-0 އިން މޮޅުވެއްޖެ އެވެ.

ރޭގެ މޮޅާ އެކު އިންޓަ ވަނީ 18 ޕޮއިންޓް ހަމަކޮށް ތާވަލުގެ ދެ ވަނަ އަށް އަރައިފަ އެވެ. ސަސުއޮލޯ އޮތީ އެ އަދަދަށް ޕޮއިންޓް ހޯދި ނަމަވެސް ލަނޑުގެ ތަފާތުން ތިން ވަނައިގަ އެވެ. ތާވަލުގެ އެއް ވަނައިގައި އޮތީ 20 ޕޮއިންޓާ އެކު އޭސީ މިލާނެވެ. މިރޭ ފިއޮރެންޓީނާ އަތުން މޮޅުވެގެން މިލާނަށް ލީޑު ފުޅާކުރުމުގެ ފުރުސަތު އެބައޮތެވެ.

ޔުވެންޓަސް އޮތީ 17 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. ބެނެވެންޓޯ އޮތީ 10 ޕޮއިންޓާ އެކު 12 ވަނައިގަ އެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ ނެތި ޔުވެންޓަސް ކުޅުނު މެޗުގެ 21 ވަނަ މިނެޓުގައި އެ ޓީމަށް ކުރި ހޯދައިދިނީ އަލްވާރޯ މޮރާޓާ އެވެ. ބެނެވެންޓޯ އިން އެއްވަރުކުރީ 45 ވަނަ މިނެޓުގައި ގައެޓާނޯ ލެޓިޒިއާ ޖެހި ލަނޑުންނެވެ. މެޗުގެ ފަހު ވަގުތު ޔުވެންޓަސްގެ މޮރާޓާ އަށް ވަނީ ރަތްކާޑެއް ދައްކައިފަ އެވެ. ކުރީގެ ކުޅުންތެރިޔާ އަންދްރޭ ޕިރްލޯގެ ކޯޗުކަމުގައި ކުޅޭ ޔުވެންޓަސް އިން ލީގުގައި ކުޅުނު ނުވަ މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވިއިރު ފަސް މެޗުން ވަނީ އެއްވަރުވެފަ އެވެ.

ލީގުގައި ރަނގަޅު ފޯމެއްގައި އޮތް ސަސުއޮލޯ ކޮޅަށް އިންޓަގެ ފުރަތަމަ ގޯލް ރޭ ޖެހީ އެލެކްސިސް ސަންޗޭޒެވެ. އިންޓަގެ ދެ ވަނަ ގޯލަކީ ސަސުއޮލޯގެ ބައިގޯލެކެވެ. އިންޓަގެ ފަހު ލަނޑު ޖެހީ ރޮބާޓޯ ގަލިއާޑިނީ އެވެ.