08 ޖެނުއަރީ 2023
އުޑިނޭޒީ އަތުން 1-0 އިން މޮޅުވެ ޔުވެންޓަސް އިން އިޓާލިއަން ލީގުގެ ދެ ވަނަ މަގާމަށް އެރިއިރު، އިންޓަ މިލާން ރޭ ކުޅުނު މެޗުން މޮންޒާއާ ފަހު ވަގުތު 2-2 އިން އެއްވަރުވެއްޖެ އެވެ.
އުޑިނޭޒީ އަތުން 1-0 އިން މޮޅުވެ ޔުވެންޓަސް އިން އިޓާލިއަން ލީގުގެ ދެ ވަނަ މަގާމަށް އެރިއިރު، އިންޓަ މިލާން ރޭ ކުޅުނު މެޗުން މޮންޒާއާ ފަހު ވަގުތު 2-2 އިން އެއްވަރުވެއްޖެ އެވެ.
ޔުވެންޓަސް އިން ސީޒަން ދަށްކޮށް ފެށި ނަމަވެސް ވޯލްޑް ކަޕުގެ ކުރިން ފޯމަކަށް އެޅުނެވެ. ރޭގެ މެޗަކީ އެ ޓީމު ޖެހިޖެހިގެން މޮޅުވި އަށް ވަނަ މެޗެވެ. މި އަށް މެޗުގައި އެ ޓީމު ކޮޅަށް ގޯލެއް އަދި ނުވަދެ އެވެ.
ރޭގެ މޮޅާ އެކު ޔުވެންޓަސް ދެ ވަނަ އަށް އެރީ 37 ޕޮއިންޓާ އެކު އެވެ. އެކަމަކު 36 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތް އޭސީ މިލާން މިރޭ ރޯމާ އަތުން މޮޅުވެއްޖެ ނަމަ އެ ޓީމަށް ދެ ވަނަ އަށް އަލުން އެރޭނެ އެވެ.
އެއް ވަނައިގައި 41 ޕޮއިންޓާ އެކު ނަޕޯލީ މިރޭ ސަމްޕްޑޯރިއާ ދެކޮޅަށް ނުކުންނާނެ އެވެ. އިންޓަ އޮތީ 34 ޕޮއިންޓާ އެކު ހަތަރު ވަަނައިގަ އެވެ.
އަމިއްލަ ދަނޑުގައި ޔުވެންޓަސް ކުޅުނު މެޗުގައި އެ ޓީމު މޮޅުވީ 86 ވަނަ މިނެޓުގައި ޑަނީލޯ ޖެހި ގޯލުންނެވެ.
އިންޓަ އިން މޮންޒާގެ ދަނޑުގައި ކުޅުނު މެޗުގެ 10 ވަނަ މިނެޓުގައި މަޓެއޯ ޑާމައިންގެ ލަނޑުން ލީޑު ނެގި އެވެ. އޭގެ މިނެޓެއް ފަހުން ޕެޓްރިކް ކިއުރިއާގެ ގޯލުން މޮންޒާ އެއްވަރުކުރި އެވެ. އެކަމަކު ލޮޓާރޯ މާޓިނޭޒްގެ ލަނޑުން 22 ވަނަ މިނެޓުގައި އިންޓަ އަލުން ލީޑު ނެގި އެވެ.
މޮންޒާ އަށް ނަތީޖާ އެއްވަރުވީ 90 ވަނަ މިނެޓުގައި އިންޓަގެ ޑެންޒެލް ޑުމްފްރިސް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އޭގެ ފަހުން މޮޅުވާން ވެސް އެ ޓީމަށް ރަނުގެ ފުރުސަތެއް ލިިބުނެވެ.
މިލާން އަތުން ފިއޮރެންޓީނާ މޮޅުކޮށްދިނީ ޑެހެއާ
އިޓަލީގެ ގަދަ ހަތަރު ކްލަބަށް ވަރުގަދަ ތުހުމަތެއް
ނަޕޯލީން ފަހަތުން އަރައި މިލާން ހުއްޓުވައިފި
ނަޕޯލީ އަށް ހުއްޓުމެއް ނެތް، އިންޓަ ސޮއްސާލައިފި
އިންޓަ ބަލިކޮށް ޔުވެންޓަސް އަށް ހިތްހަމަޖެހުމެއް
ޗެމްޕިއަން މިލާނުން ޔުވެންޓަސް ބަލިކޮށްފި
ޗެމްޕިއަން މިލާން ބަލިކޮށް ނަޕޯލީ އެއް ވަނައިގައި
އިންޓަ އަށް އެއް ވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް
މިލާނުން ލީޑު ދެމެހެއްޓިއިރު، ޔުވެންޓަަސް އަށް މޮޅެއް
އިންޓަ އިން ޔުވެންޓަސް ބަލިކޮށްފި