28 ނޮވެމްބަރ 2020
ޓޫރިޒަމް ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑު، "ވޯލްޑް ލީޑިން ޑެސްޓިނޭޝަން"ގެ އެވޯޑު ފުރަތަމަ ފަހަރަށް ރާއްޖެ އަށް ލިބިއްޖެ އެވެ.
ޓޫރިޒަމް ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑު، "ވޯލްޑް ލީޑިން ޑެސްޓިނޭޝަން"ގެ އެވޯޑު ފުރަތަމަ ފަހަރަށް ރާއްޖެ އަށް ލިބިއްޖެ އެވެ.
މި އެވޯޑު ރާއްޖެ އަށް ލިބުނީ ރޭ ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސްގެ ފިނާލޭގައި އިތުރު 22 މަންޒިލަކާ ވާދަ ކޮށްގެންނެވެ. މީގެ ތެރޭގައި ދުބާއީ އާއި މެލޭޝިއާ އާއި ސްޕެއިން އާއި މޮރިޝަސް އަދި ސްރީ ލަންކާ ހިމެނެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި އެވޯޑަކީ ކޮވިޑް-19ގެ މިހާލަތުގައި ވެސް ޓޫރިޒަމް ދާއިރާ ކުރިއަރުވަން ކުރެއްވި މަސައްކަތުގެ ނަތީޖާ ކަމަށެވެ. އެހެންކަމުން ދާއިރާގެ ހުރިހާ އެންމެނަށް އެމަނިކުފާނު ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.
Very happy that Maldives won the World’s Leading Destination at this year’s #WorldTravelAwards. Despite COVID-19, the award is the result of the hard work of the entire tourism industry to make Maldives safe and welcoming to visitors. My heartfelt congratulations to all.
— Ibrahim Mohamed Solih (@ibusolih) November 28, 2020
ރައީސް ކުރެއްވި ޓްވީޓު--
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ މި އެވޯޑުން ދައްކުވައިދެނީ ރާއްޖެއަކީ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލް ކަމަށެވެ. އަދި މި އެވޯޑު ހާސިލުވީ ރައީސް ސޯލިހުގެ ހަރުދަނާ ސިޔާސަތާއި ދާއިރާގެ އެންމެން ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިފަދަ ބޮޑު ކާމިޔާބީއެއް ރާއްޖެ އަށް ލިބުނީ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހަރުދަނާ ސިޔާސަތުގެ ސަބަބުންނާއި މި އުނދަގޫ ދަނޑިވަޅުގައި ޓޫރިޒަމް ދާއިރާގެ އެންމެހާ ފަރާތްތަކާއި އެމްއެމްޕީއާރުސީ ގުޅިގެން ޓޫރިޒަމް އިޝްތިހާރު ކުރުމަށް ކުރެވުނު މަސައްކަތްތަކުން. ހާއްސަކޮށް ދިވެހިންގެ ހިތްހެޔޮ މެހެމާންދާރީގެ ސަބަބުން،" މިނިސްޓަރު ވިދާޅުވި އެވެ.
- ވޯލްޑް ލީޑިން ނިއު ރިޒޯޓް: އެމެރަލްޑް މޯލްޑިވްސް
- ވޯލްޑް ލީޑިން ލަގްޒަރީ އައިލެންޑް ރިޒޯޓް: ވޯއްމުލި
- ވޯލްޑް ލީޑިން ލަގްޒަރީ އައިލެންޑް ވިލާސް: ބަރޮސް މޯލްޑިވްސް
- ވޯލްޑް ލީޑިން ހަނީމޫން ރިސޯޓް: ޖޭއޭ މަނަފަރު
- ވޯލްޑް ލީޑިން ވޯޓާ ވިލާ ރިސޯޓް: ފޯ ސީޒަންސް އެޓް ކުޑަހުރާ
- ވޯލްޑް ލީޑިން ސީ ޕްލޭން އޮޕަރޭޓާ: ޓީއެމްއޭ
- ވޯލްޑް ލީޑިން އެއާޕޯޓް ރިސޯޓް: ހުޅުލެ އައިލެންޑް ހޮޓެލް
މީގެ އިތުރުން ރާއްޖެއިން ވަނީ މި އަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ވެސް ހަތަރު އެވޯޑެއް ކާމިޔާބުކޮށްފަ އެވެ. މީގެ ތެރޭގައި އިންޑިއަން އޯޝަން ލީޑިން ބީޗް ޑެސްޓިނޭޝަނާއި އިންޑިއަން އޯޝަން ލީޑިން ކްރޫޒް ޑެސްޓިނޭޝަނާއި އިންޑިއަން އޯޝަން ލީޑިން ޑެސްޓިނޭޝަން އަދި އިންޑިއަން އޯޝަން ލީޑިން ޑައިވް ޑެސްޓިނޭޝަންގެ އެވޯޑު ހިމެނެ އެވެ.
އެމްއެމްޕީއާރުސީން ބުނިގޮތުގައި މި އެވޯޑު ލިބުމުން ދައްކުވައިދެނީ ރާއްޖެއަކީ މި ވަގުތު ހުރިހާ ގޮތަކުން ވެސް އެންމެ ރައްކާތެރި އަދި އެންމެ މަގުބޫލު މަންޒިލް ކަމެވެ. އަދި މީގެ ސަބަބުން ކުރިއަށް އޮތްތާނގައި ރާއްޖެ އަށް އަންން ޓޫރިސްޓުންގެ އަދަދު އިތުރުވާނެ ކަމަށް އެމްއެމްޕީއާރުސީން ވަނީ ލަފާ ކޮށްފަ އެވެ.
ދުނިޔޭގެ 22 މާކެޓެއްގައި ރާއްޖެ އިޝްތިހާރު ކުރުމަށް މި އަހަރުގެ ތެރޭގައި އެމްއެމްޕީއާރުސީން ވަނީ 412 ހަރަކާތް ހިންގައިފަ އެވެ. މީގެ ތެރޭގައި ވާޗުއަލްކޮށް ބޭއްވި 314 ހަރަކާތް ހިމެނެ އެވެ.
ފަސް ވަނަ ފަހަަރަށް ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑް
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އަކީ މިހާރު އެއް ޓީމް
"މާސްޓަ ޝެފް" ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަނީ
"އަހަރު ނިމޭ އިރު އިންޑިއާ ޓޮޕް ތިނަކަށް ގެންނާނަން"
ސުޓާޕާ: ދެވަނަ ދަތުރުން އެއް މިލިއަންގެ ފަހުރު
އެމްއެމްޕީއާރުސީން ވީޗެޓާ އެކު ހާއްސަ އެއްބަސްވުމެއް
އާ ހެކިތަކާ އެކު ހިބަޅިދޫ މައްސަލަ އަލުން ކޯޓަށް
2026ގެ އައިޓީބީ ފެއާ ރާއްޖޭން ހޯސްޓުކުރުމުގެ އަމާޒު
އާ އަހަރު ދެ މިލިއަން ޓޫރިސްޓުން ގެންނަނީ