28 ނޮވެމްބަރ 2020
ވޯލްޑް ލީޑިން ޑެންޓިނޭޝަންގެ އެވޯޑް ރާއްޖެއަށް ލިބުނީ ޓޫރިޒަމް ދާއިރާގެ ބުރަ މަސައްކަތުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ވޯލްޑް ލީޑިން ޑެންޓިނޭޝަންގެ އެވޯޑް ރާއްޖެއަށް ލިބުނީ ޓޫރިޒަމް ދާއިރާގެ ބުރަ މަސައްކަތުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސް އިން ދޭ އެންމެ ޝަރަފްވެރި އެވޯޑް ކަމަށްވާ ވޯލްޑް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑު ފުރަތަމަ ފަހަރަށް ރާއްޖެއަށް މިއަދު ވަނީ ލިބިފަ އެވެ. އެ އެވޯޑް ރާއްޖެއިން ހާސިލްކުރީ 22 ގައުމަކާ ވާދަ ކުރުމަށް ފަހު އެވެ.
އެކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ޓްވީޓެއްގައިވަނީ ކޮވިޑް-19 ގެ ސަބަބުން ގޮންޖެހުންތައް ކުރިމަތިވެފައި އޮތަސް، އެ އެވޯޑް ހާސިލް ކުރުމަކީ ޓޫރިސްޓުންނަށް ރައްކާތެރި މާހައުލެއް ގާއިމްކުރަން ޓޫރިޒަމް ދާއިރާގެ ހުރިހާ ފަރާތްތަކުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި އެކަމާ މެެދު އެމަނިކުފާނު އުފާ ކުރައްވާ ކަމަށް ވެސް ރައީސްގެ ޓްވީޓްގައިވެ އެވެ.
Very happy that Maldives won the World’s Leading Destination at this year’s #WorldTravelAwards. Despite COVID-19, the award is the result of the hard work of the entire tourism industry to make Maldives safe and welcoming to visitors. My heartfelt congratulations to all.
— Ibrahim Mohamed Solih (@ibusolih) November 28, 2020
ރައީސްގެ ޓްވީޓް
ލީޑިން ޑެސްޓިނޭޝަންގެ އެވޯޑުގައި ރާއްޖެއާ ދެން ކައިރިން ވާދަކުރީ ދުބާއީ އާއި މެލޭޝިއާގެ އިތުރުން ސްޕެއިންނާއި މޮރިޝަސް އަދި ސްރީލަންކާ އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރުމުން ޓޫރިސްޓުން އައުން މެދުކެނޑިފައި އޮތުމަށް ފަހު އަލުން ބޯޑަރުތައް ހުޅުވާލީ މިދިޔަ ޖުލައި މަހު އެވެ. އޭގެފަހުން ޓޫރިސްޓުން ރާއްޖެއަށް އަންނަމުންދާ އަދަދު މިހާރު އަންނަނީ އިތުރުވަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ އީ-މެގަޒިން ނެރެފި
ޓޫރިޒަމް ފަށާ ދުވަސް ރައީސް މިއަދު އިއުލާން ކުރައްވަނީ
ޓޫރިސްޓުން ގެނައުމުގެ ގައިޑްލައިނަށް ބަދަލު ގެންނަނީ
ޓޫރިޒަމްގެ އާމްދަނީން ފަރުދުންނަށް ލިބޭވަރު ކުޑަ:ރައީސް
އައްޑޫގައި 4،000 އެނދު ތަރައްގީ ކުރަނީ
ދިވެހިން އިތުރު ނަމަ ޓެކްސް އިން ލުޔެއް ލިބޭނެ:ރައީސް
ޓޫރިޒަމް އޮކިއުޕެންސީއާ އެކު އާމްދަނީ ވެސް މައްޗަށް
ޑޮލަރު މާރުކުރުމާ ދެކޮޅަށް 70 ރިސޯޓުން ޝަކުވާ
ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގެ ސަލާމަތީ މިންގަނޑެއް
ޓޫރިޒަމަށް 400 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް