22 ނޮވެމްބަރ 2020
މަރަން ހުކުމް ކުރާ މީހުންގެ މައްސަލަތައް ފިޔަވައި އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ކުރާ ހައްދާއި ތައުޒީރު ކުރުމުގެ ހުކުމްތައް އަމިއްލައަށް އިސްތިއުނާފް ނުކޮށްފި ނަމަ އެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރަން މަތީ ކޯޓުތަކަށް އިތުރަށް ހުށަހެޅުމެއް ނެތި، އެ ހުކުމެއް ތަންފީޒު ކުރަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މަރަން ހުކުމް ކުރާ މީހުންގެ މައްސަލަތައް ފިޔަވައި އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ކުރާ ހައްދާއި ތައުޒީރު ކުރުމުގެ ހުކުމްތައް އަމިއްލައަށް އިސްތިއުނާފް ނުކޮށްފި ނަމަ އެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރަން މަތީ ކޯޓުތަކަށް އިތުރަށް ހުށަހެޅުމެއް ނެތި، އެ ހުކުމެއް ތަންފީޒު ކުރަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ސުޕްރީމް ކޯޓުން 2015 ވަނަ އަހަރު ނެރުނު ސާކިއުލާއަކުން އަންގާފައިވަނީ މަރަން ހުކުމްކުރާ މީހުންނާއި ހައްދާއި ތައުޒީރުކުރަން ހުކުމްކުރާ މީހުންގެ މައްސަލަތަކުގައި ކުށް ސާބިތުވާ މީހާ އަމިއްލަ އަށް އިސްތިއުނާފް ނުކޮށްފި ނަމަ އެ ހުކުމެއްގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން ހައި ކޯޓަށް އަދި ސުޕްރީމް ކޯޓަށް ހުށަހަޅަންޖެހޭ ގޮތަށެވެ. އަދި ގާނޫނުލް އުގޫބާތުގެ 1،205 ވަނަ މާއްދާ ބުނާ ގޮތުން އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ ހައްދާއި ގިސާސްގެ ކުށްތައް ސާބިތު ވިޔަސް، އެ ކުށެއްގެ އަދަބު ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުން އެ މައްސަލައެއް ނިންމުމުންނެވެ.
ޒިނޭގެ ކުށް ސާބިތުވެ، 100 އެތިފަހަރުން ހައްދު ޖަހަން ހުކުމްކުރި މީހެއްގެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ގާނޫނުލް އުގޫބާތުގެެ 1،205 ވަނަ މާއްދާގެ ބޭނުމަކީ ހައްދާއި ގިސާސްގެ ހުކުމްތައް އިސްތިއުނާފް މަރުހަލާ ނުނިމެނީސް ތަންފީޒު ނުކުރެވޭ ގޮތަށް ހެދުން ކަމަށެވެ. އެއީ އިސްތިއުނާފް މަރުހަލާ ނުނިމެނީސް އެފަދަ އަދަބެއް ތަންފީޒުކޮށްފިި ނަމަ، އެއީ އިއާދަ ނުކުރެވޭނެ އަދަބަކަށް ވާނެތީ ކަމަށާއި އެހެންވެ، ހައްދުގެ މައްސަލަތަކުގައި ކުށް ސާބިތުވި މީހާ އަމިއްލައަށް އިސްތިއުނާފް ނުކޮށްފި ނަމަ، އެ ހުކުމެއްގެ އިސްތިއުނާފް މަރުހަލާ ނިމި، އެ ހުކުމެއް ނިހާއީ ހުކުމަކަށް ވެގެންދާނެ ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވުމުން އެ ހާލަތުގައި އެ ހުކުމެއް ދައުލަތުގެ އިދާރާތަކުން ތަންފީޒުކުރަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.
"މައްސަލަ އިސްތިއުނާފް ނުކޮށް، އެ މައްސަލައެއްގެ ހުކުމާއި އަދަބު ނިހާއީ ހުކުމަކަށާއި އަދަބަކަށް ވެއްޖެ ނަމަ އެ މައްސަލައެއްގައި ޝަރީއަތްކުރި ކޯޓުން ނުވަތަ ދައުލަތުގެ ކަމާބެހޭ އިދާރާއިން އެކަމަށްޓަކައި ހަމަޖައްސާފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ އަދަބެއް ތަންފީޒު ކުރާނީ އެވެ." އެ ހުކުމުގައިވެ އެވެ.
އެކަމަކު މަރަން ހުކުމްކުރާ މީހުންގެ މައްސަލަތަކުގައި މިހާރު ވެސް އަމަލުކުރާ އުސޫލުން އެ ހުކުމެއްގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން އިސްތިއުނާފީ ކޯޓުތަކަށް ހުށަހަޅަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ. ސަބަބަކީ ގާނޫނުލް އުގޫބާތުގެ 1،204 ވަނަ މާއްދާ އޮތް ގޮތުން މަރަން ހުކުމްކުރާ ކޮންމެ މައްސަލައެއް މަތީ ކޯޓުތަކަށް ހުށަހަޅަން ލާޒިމްވާތީ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.
މީގެ އިތުރަށް ހުކުމުގައިވަނީ ކޯޓުތަކާ ބެހޭ ގާނޫނު އޮތްގޮތުން ސުޕްރީމް ކޯޓަށް އިސްތިއުނާފް މައްސަލަތައް ބެލޭނީ ހައި ކޯޓުން ނިންމާ މައްސަލަތަކުގެ ތެރެއިން ގާނޫނީ އުސޫލެއް ނުވަތަ އިސްލާމީ ޝަރީއަތާ ޚިލާފް ކަމެއް އޮތް ކަމަށް ފާހަގަކުރާ މައްސަލަތައް އެކަނި ކަމަށެވެ. އެކަމަކު ދައުލަތުން ހުށަހެޅި އެ މައްސަލައަކީ އެފަދަ މައްސަލައަކަށް ނުވާތީ އެ މައްސަލަ ބެލުމުގެ އިހްތިސާސް ސުޕްރީމް ކޯޓަށް ނެތް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަލީ ރަޝީދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ސުއޫދެވެ.
ގަޒްފުކުރި މީހަކު ހައްދު ޖަހަންކުރި ހުކުމް ރަނގަޅު
ޑީއެންއޭއިން ޒިނޭ ސާބިތުވުން: ބޮޑު ބަހުސަކަށް ނިމުން!
ކޯޓުތަކުގެ ވާހަކަ ދައްކަނީ މަރުގެ އަދަބު ނުދޭންވެގެން
ޝަހުމް މަރަން ކުރި ހުކުމް ދަމަހައްޓަން އެދިއްޖެ
ޝަހުމް މަރަން ހުކުމްކުރި މައްސަލަ ސުޕްރީމްކޯޓުން ފަށަނީ
މަރުގެ ހުކުމެއް 12 އަހަރު ފަހުން އަލުން ބަލަނީ
މަންމަ މައާފް ދިނުމުން މަރުގެ އަދަބުން ސަލާމަތްވެއްޖެ
ޑީއޭއެންއޭއަކީ ހަރުދަނާ ގަރީނާއެއް: ސުޕްރީމް ކޯޓު
ޝައިފަންގެ މަރުގެ ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި
ބަންދުގައި އޮއްވާ މަރާލަންވީއޭ ފުލުހުން ގޮވި: ސަމާހު