30 ނޮވެމްބަރ 2023
ގިސާސް އަދި ހައްދު ފަދަ ޝަރުއީ މައްސަލަތަކުގައި ޑީއެންއޭއަކީ އެ އަށް ބުރަދަން ދެވިދާނެ ހަރުދަނާ ގަރީނާއެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ގިސާސް އަދި ހައްދު ފަދަ ޝަރުއީ މައްސަލަތަކުގައި ޑީއެންއޭއަކީ އެ އަށް ބުރަދަން ދެވިދާނެ ހަރުދަނާ ގަރީނާއެއް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ޑީއެންއޭއަކީ މަރުގެ މައްސަލަތަކުގައި ޝަރުއީ ހަމަތަކުން ހައްދު އަދި ގިސާސް ކަނޑައަޅާފައިވާ ކުށްތައް ސާބިތު ކުރުމަށް ހެކީގެ ދަރަޖައިގައި ބަލައިގަނެވޭ ވަސީލަތެއް ނޫނެވެ. ނަމަވެސް، މިފަދަ މައްސަލަތަކުގައި ގަރީނާއެއްގެ ގޮތުގައި ޑީއެންއޭ ބަލައިގަނެވިދާނެކަމާ މެދު ހިޔާލު ތަފާތުވެ ސުވާލު އޮވެ އެވެ.
ވެސްޓްޕާކް ކައިރީގައި މީގެ 10 އަހަރު ކުރިން އަލީ ޝިފާން (ތޮޅި ޕެލޭ) މަރާލި މައްސަލާގައި ކުށް ސާބިތުވެފައިވާ މުހައްމަދު ޝައިފަން މެރުމަށް ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން މިއަދު ދެމެހެއްޓި ހުކުމްގައި، މި ސުވާލަށް ވަނީ ޖަވާބު ދީފަ އެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އިއްވެވި އެ މަނިކުފާނުގެ ރައުޔުގައި ވިދާޅުވީ، ޑީއެންއޭ އަކީ މި ޒަމާނުގެ ސައިންސްގެ އަލީގައި އޭގެ ތެދުކަން ސާބިތުވެ، އެ އަށް ވަރަށް ބޮޑު ބުރަދަނެއް ދެވިފައިވާ ވަސީލަތެއް ކަމަށެވެ. ޖިނާއީ ތަހުގީގުތަކުގައި ގަރީނާގެ ގޮތުގައި ޑީއެންއޭ ބޭނުން ކުރުމަކީ އިސްލާމީ ޝަރީއަތާ ތައާރަޒުވާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
އެކަން ސާބިތު ކުރުމަށް އުއްތަމަ ފަނޑިޔާރު ވަނީ ބައެއް އިލްމްވެރިންގެ ބަސްފުޅުތަކަށް ރިއާޔަތް ކުރައްވައިފަ އެވެ. ގަރީނާ އިން ގިސާސް ސާބިތު ކުރުން ހުއްދަ ކަމަށް ހަނަފީ މަޒުހަބާއި މާލިކީ މަޒުހަބުގެ އިލްމުވެރިން ވިދާޅުވެފައިވާކަން ވެސް ހުކުމްގައި ވަނީ ފާހަގަކޮށްފަ އެވެ.
ޑީއެންއޭ އަކީ ވަރުގަދަ ގަރީނާއެއް. އެހެން ނަމަވެސް، ޑީއެންއޭ އަކީ މުއުތަބަރު އެއްޗެއްގެ ގޮތުގައި ބަލައިގަނެވޭނީ ޝަރީއަތުން ކަނޑައަޅާ ވަކި އިންތަކެއްގެ ތެރެއިން
އެހެންކަމުން، އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ޝަރުއީ މައްސަލަތައް ސާބިތުކުރުމުގައި ބޭނުން ކުރެވޭ ޑީއެންއޭ ތަހުލީލުތަކަކީ އެ ތަހުލީލުތައް ކުރުމުގެ އިލްމާއި ގާބިލްކަން ހުރި ފަރާތަކުން އެކުލަވާލާ ސައްހަކަން ކަށަވަރު ތަހުލީލު ރިޕޯޓެއް ނަމަ ޑީއެންއޭ އަކީ ހަރުދަނާ އެ އަށް ބުރަދަން ދެވިދާނެ ގަރީނާއެއްގެ ގޮތުގައި ބެލެވިދާނެ ގަރީނާއެެކެވެ.
މަރުގެ ތުހުމަތުވާ މީހާ ކުށުގެ އަމަލުގައި ބައިވެރިވިކަން ސާބިތުކުރުމަށް ހުށަހެޅޭ އެހެން ހެކިތަކާއި ގަރީނާތަކަށް ބޮޑު ބުރަދަނެއް އެފަދަ ޑީއެންއޭ ތަހުލީލު ރިޕޯޓުން ލިބިދެވޭ ކަމަށް ކަނޑައެޅިދާނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމްގައި ބުންޏެވެ.
ހުކުމްގައި ބުނީ ޑީއެންއޭގެ ސައްހަދެަތހ ކަމާ ގުޅޭ ގޮތުން ކޯޓުން ހުއްދަ ކުރާ ހަބީރުންގެ ބަހަށް ރިއާޔަތްކޮށް މިފަދަ ރިޕޯޓްގެ ސައްހަކަން ކަނޑައެޅިދާނެ ކަމަށެވެ.
"ޑީއެންއޭ އަކީ ވަރުގަދަ ގަރީނާއެއް. އެހެން ނަމަވެސް، ޑީއެންއޭ އަކީ މުއުތަބަރު އެއްޗެއްގެ ގޮތުގައި ބަލައިގަނެވޭނީ ޝަރީއަތުން ކަނޑައަޅާ ވަކި އިންތަކެއްގެ ތެރެއިން،" ހުކުމްގައި ބުންޏެވެ.
އުއްތަމަ ފަނޑިޔާރު ނެރުއްވި މި ރައުޔަށް ބެންޗުގައި ދެން ތިއްބެވި ހަތަރު ފަނޑިޔާރުން ވެސް ތާއިދު ކުރެއްވި އެވެ.
ޝަހުމް މަރަން ކުރި ހުކުމް ދަމަހައްޓަން އެދިއްޖެ
ޝަހުމް މަރަން ހުކުމްކުރި މައްސަލަ ސުޕްރީމްކޯޓުން ފަށަނީ
ފަސޭހަ އިއުތިރާފުން ކުށް ސާބިތުކުރުން ނިމުމަކަށް؟!
މަރުގެ ހުކުމެއް 12 އަހަރު ފަހުން އަލުން ބަލަނީ
މަންމަ މައާފް ދިނުމުން މަރުގެ އަދަބުން ސަލާމަތްވެއްޖެ
މޫސަގެ މަރު: ދައުވާ ލިބޭ މީހާ ބަންދުނުކުރީ ރަނގަޅަށް
"ބިމުގައި ހުރެ،ހަނދުގައި އަތްލާން އުޅުންފަދަ ކަމެއް"
ކޯޓުތަކުން ޕާސްޕޯޓް ދޫކުރުން ދެން ކުޅިވަރަކަށް ނުވާނެ!
ރާއްޖޭގައި މަރުގެ އަދަބު ދޭކަށް ނުފެނޭ: މައުމޫން
މަރުގެ އަދަބަށް ގާނޫނުން އެޅި ހުރަސް ނިމުމަކަށް!