19 ނޮވެމްބަރ 2020
އިކޮނިމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން މަސައްކަތް ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އިކޮނިމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން މަސައްކަތް ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރައްވައި އޭނަގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ނަޝީދު މަސައްކަތްކުރެއްވި ކަމުގެ ތުހުމަތުތައް މީގެ ކުރިން ފެންމަތިވެފައި ވެއެވެ. އެގޮތުން މައްސަލަ ހުށަހެޅުމަށް ބޭނުންވާ އަދަދަށް ސޮއި ހަމަނުވުމުން އެ މައްސަލަ އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވުމުގެ މަސައްކަތް ވެސް ނަޝީދު ކުރައްވައިފައި ވެއެވެ.
ނަމަވެސް އެ ހުރިހާ ކަމެއް ދޮގުކުރައްވައި އެމަނިކުފާނު މިއަދު ވިދާޅުވީ ފައްޔާޒް މަގާމުން ވަކިކުރަން މަސައްކަތް ނުކުރައްވާ ކަމަށެވެ. ކުރިއަށް ގެންދިޔައީ އެމްޑީޕީގެ އެތެރޭގެ މަޝްވަރާތަކެއް ކަމަށާއި އެކަން ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ.
"ވަކި ވަޒީރަކަށް އަޅުގަނޑުމެން ރުހޭތޯ ނުރުހޭތޯ، ކޮބައިތޯ ޕާޓީ އަށް ރަނގަޅުގޮތަކީ، ކޮބައިތޯ ސަރުކާރަށް އެންމެ ރަނގަޅު ގޮތަކީ، ކޮބައިތޯ ރައްޔިތުންނަށް ރަނގަޅުގޮތަކީ، ކޮން އިރެއްގައި ކޮން ވާހަކައެއްތޯ އަޅުގަނޑު ފާހަގަކުރަން ޖެހެނީ، އެއީ އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުގެ މަސްއޫލިއްޔަތެއް،" ނަޝީދު ވިދާޅުވި އެވެ.
"އެކަމާ ބޭފުޅަކު ހިތްހަމަޖެހިވަޑައިގަތަސް އަދި ހިތްހަމަޖެހިވަޑައިނުގަތަސް އަޅުގަނޑު އެކަމަކާ ކުރާނެ ކަމެއް ނެތް."
ފައްޔާޒުގެ މައްޗަށް ތުހުމަތުތަކެއްކޮށް އޭނާ "ބްރޯ" ހެދެން އުޅެނީ ކަމަށް ވިދާޅުވެ ނަޝީދާއި އެމްޑީޕީގެ ބައެއް މެމްބަރުންގެ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި މައްސަލައިގައި ވިދާޅުވެފައި ވަނީ ފައްޔާޒަށް އިތުބާރުކުރައްވާ ކަމަށެވެ.
އޭނާގެ މައްޗަށް ކުރަމުންދާ ވައްކަމުގެ ތުހުމަތުތައް ވެސް ތަކުރާރުކޮށް ދޮގުކުރައްވާފައިވާއިރު ފައްޔާޒު މިއަދު "މިހާރު" އަށް ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގަތީ ވައްކަމެއް، ހިޔާނާތެއް ހިންގަވަން ނޫން ކަމަށެވެ. އެކަން ކުރައްވާ ނަމަ "މޮޅަށް ކުރެއްވިދާނެ" ކަމަށާއި އެކަމަކު މަގާމާ ހަވާލުވެވަޑައިގަތީ ރައްޔިތުންނަށް ހިދުމަތްތަކެއް ކުރައްވަން ބޭނުންވާތީ ކަމަށް ވެސް ވިދާޅުވި އެވެ.
"މަގާމުން ދުރުކުރިޔަސް ސިޔާސީ ހަޔާތް ނުނިންމާނަން"
"ފައްޔާޒު ވަކިކުރަން ހިނގަނީ ޕާޓީގެ އެތެރޭގެ ކަމެއް"
އަޅުގަނޑު މަގާމުން ވަކިކުރާނީ ރައީސް: ފައްޔާޒު
ފައްޔާޒު އެކަހެރިވެވަޑައިގަތުމަށް ނަޝީދު އެދިވަޑައިގެންފި
ކޮރަޕްޝަން ނުހިންގާ ކަމުގެ ޔަގީންކަން ދެން: ފައްޔާޒު
ފައްޔާޒުގެ މައްސަލައާއެކު ނަޝީދު ގައުމީ މަޖިލިހަށް!
ސަރުކާރުގެ ބޭނުމަށް މެމްބަރުންނަށް ގުޅާނަން: ފައްޔާޒު
ބައެއް މެމްބަރުން ނަޝީދާ ދެކޮޅަށް ނުކުންނަވައިފި
ނަޝީދުގެ ފެކްޝަންގެ މަސައްކަތަށް އާދަމް ޝަރީފުގެ ޝުކުރު
ސަރުކާރަށް ޖެއްސުން ކުރަން ކުރި ކަމެއް ސާފުކޮށްދީ: މީކާއިލް