19 ނޮވެމްބަރ 2020
ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ބެޑްމިންޓަން ކުޅުންތެރިޔާ މުހައްމަދު އަޖުފާން ރަޝީދު، "އަޖުފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކަޑަމީ" ގެ ނަމުގައި އެކަޑަމީއެއްގެ މަސައްކަތް ފަށައިފި އެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ބެޑްމިންޓަން ކުޅުންތެރިޔާ މުހައްމަދު އަޖުފާން ރަޝީދު، "އަޖުފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކަޑަމީ" ގެ ނަމުގައި އެކަޑަމީއެއްގެ މަސައްކަތް ފަށައިފި އެވެ.
ގައުމީ ޗެމްޕިއަންކަން ނުވަ ފަހަރު ހޯދާފައިވާ އަޖުފާން "މިހާރު" އަށް ބުނީ ބޭނުންވަނީ ހުނަރު ދެނެގަނެ ތަމްރީނާއި ފުރުސަތުތައް ހޯދައިދީގެން ކުޅުންތެރިންތަކެއް ތައްޔާރުކޮށް ގައުމީ ޓީމަށް ފޯރުކޮށްދިނުން ކަމަށެވެ.
އޭނާގެ އެކަޑަމީން ތަމްރީން ދޭނީ 7-15 އަހަރާ ދެމެދުގެ ކުދިންނަށާއި އިޖްތިމާއީ ފެންވަރުގައި ކުޅެން ބޭނުންވާ ސީނިއާ އުމުރުފުރާގެ މީހުންނަށެވެ.
އެގޮތުން ޖޫނިއާ ބައިގައި ކުދިންނަށް ފެންވަރު ރަނގަޅު ތަމްރީނުގެ އިތުރުން ރާއްޖެ އާއި ރާއްޖޭން ބޭރުގެ މުބާރާތްތަކުން ފުރުސަތު ހޯދައިދޭނެވެ. އަދި އެ ކުދިންގެ ސިކުނޑި އަށް ކުޅިވަރުގެ ވިސްނުން ވައްދައިދީ ނަފްސާނީ ގޮތުން ވެސް ތައްޔާރުކުރާނެ އެވެ.
"ހުސް އެކަނި ތަމްރީންތަކެއް ނޫން އޮންނާނީ. އެ ކުދިންނަށް ރާއްޖޭގައި ވާދަވެރި މެޗުތަކެއް ހޯދައިދޭނަން. އަދި ރާއްޖޭން ބޭރުގެ އެކްސްޕޯޝާ ހޯދައިދޭނަން،" އަޖުފާން ބުންޏެވެ.
ދުނިޔޭގެ އެހެން ގިނަ ގައުމުތަކުގައި ވެސް ކުދިން ތަމްރީން ކުރުމަކީ އެކަޑަމީތަކުގެ ޒިންމާއެކެވެ. އަޖުފާން ބުނީ އެ ކުޅުންތެރިޔާގެ އުމުރުން 15 އަހަރު ފުރި އޭނާގެ ބޭނުން ގައުމީ ޓީމުން ހިފަންވާއިރަށް ތައްޔާރުކޮށްދިނުމަކީ އެކަޑަމީގެ އަމާޒު ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް (ވ) އަޖުފާން ޖާޒީއެއް ހަދިޔާކުރަނީ. --ފޮޓޯ: ރައީސް އޮފީސް
އިޖްތިމާއީ ފެންވަރުގައި ބެޑްމިންޓަން ކުޅޭ ބޮޑު އާބާދީއެއް ރާއްޖޭގައި އޮންނާތީ އަޖުފާން އެފަދަ ކުޅުންތެރިންނަށް ވެސް ފުރުސަތުތަކެއް ހޯދައިދޭން ވަނީ ނިންމައިފަ އެވެ. އެގޮތުން ހަމައެކަނި ފިޓްވެލަން ކުޅުމުގެ ބަދަލުގައި އެ ކުޅުންތެރިންނަށް ރާއްޖޭގެ މުބާރަތްތަކުން ފުރުސަތު ހޯދައިދީ ރާއްޖޭން ބޭރުގެ ވެޓްރަންސް މުބާރާތްތަކުން ފުރުސަތު ހޯދައިދޭން ބޭނުންވެ އެވެ.
"އެ ކުޅުންތެރިން ހަމައެކަނި އައިސް ބޯޅަ ތަޅާލުމުގެ ބަދަލުގައި ތަމްރީންދީ، އަދި ވާދަވެރި ފުރުސަތުތަކެއް ހޯދައިދިނުން ބޭނުމަކީ. އެ ކުޅުންތެރިންނަށް ވެސް ޓާގެޓެއް އޮވެއްޖެ ނަމަ ބެޑްމިންޓަނުން ލިބޭ ހިތްހަމަޖެހުން ބޮޑުވާނެ،" 2012 ގެ އޮލިމްޕިކްސް އަށް ކޮލިފައިވެ އެ ޝަރަފް ހޯދި ރާއްޖޭގެ ފުރަތަމަ ކުޅުންތެރިޔާ ބުންޏެވެ.
މި ވަގުތު މާލެ އާއި ހުޅުމާލޭގައި އޮތް ނަމަވެސް ކުރިމަގުގައި އަތޮޅުތަކަށް ފުޅާކުރާނެ އެވެ.
އަޖުފާން ހެޑްކޯޗަކަށް މަސައްކަތްކުރާއިރު އޭނާގެ ކޮއްކޮ އަދި ބެޑްމިންޓަން ތަރި އައިޝަތު އަފްނާން ރަޝީދު (ނާނު) ވެސް ކޯޗިންގައި ބައިވެރިވާނެ އެވެ. އަދި ކޯޗިންގެ ތެރެއިން ވެސް އިތުރު ބަޔަކަށް ފުރުސަތު ދޭން އަޖުފާން ބޭނުންވެ އެވެ.
އެކަޑަމީއަށް ހާއްސަ ވެބްސައިޓެއް ވަރަށް އަވަހަށް ތައާރަފްކޮށް އެ ސައިޓް މެދުވެރިކޮށް ރަޖިސްޓްރީކުރުމާއި ޓްރެއިނިން ޕްލޭން ބެލުމާއި މުބާރާތްތަކުގެ ޝެޑިއުލް ފެންނާނެ އިންތިޒާމް އަންނަނީ ހަމަޖައްސަމުންނެވެ.
ގައުމީ ޗެމްޕިއަންކަން އަޖުފާން އެންމެ ފުރަތަމަ ހޯދީ 2006 ވަނަ ފަހަރެވެ. ޖެހިޖެހިގެން ހަ ފަހަރު ހޯދުމަށް ފަހު ދެން އަޖުފާނަށް ގައުމީ ޗެމްޕިއަންކަން ލިބުނީ 2015 ވަނަ އަހަރު އެވެ. އޭގެ ފަހުން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު މިދިޔަ ދެ ފަހަރު ތަށި އުފުލާލި އެވެ. އަދި 2018 ވަނަ އަހަރު "މިހާރު އެވޯޑްސް" އިން ހޮވި ފިރިހެން އިންޑިވިޖުއަލް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެވެ.
ބެޑްމިންޓަންގައި ރާއްޖެ، ސްކޮޓްލެންޑާ އެއް ގުރޫޕެއްގައި
ސެމީގައި ރިވައިވަލް އާއި އައިބާގެ ކުރިމަތިލުމެއް
އަޖުފާން އެކެޑަމީގެ މުބާރާތަކީ ކުރިއަަރަން ފުރުސަތެއް
އަޖުފާނަށް ނުވަ ވަނަ ފަަހަރަށް ގައުމީ ޗެމްޕިއަންކަން
ބެޑްމިންޓަން: ޒަޔާން ބަލިކޮށް އަޖުފާން ފައިނަލަށް
އަޖުފާނާއި ޒަޔާން ސިންގަލްސް އިން ކަޓައިފި
ކާމިޔާބީ އެެހެން ލެވެލަކަށް ގެންދަން ބޭނުން: އަޖުފާން
އަޖުފާން އާއި ނަބާހާ ގައުމީ ޗެމްޕިއަންކަން ހޯދައިފި
އަޖުފާނާއި ނިބާލް އަށް އުއްމީދީ ފެށުމެއް
މެޑެއްޔަށް އަމާޒުކޮށް ބެޑްމިންޓަން ޓީމު މޮރިޝަސް އަށް