16 ޖޫން 2017
މޮރިޝަސް ބެޑްމިންޓަން ސީރީސްގައި ރާއްޖޭގެ ގައުމީ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު އަޖުފާން ރަޝީދާއި ޒުވާން ކުޅުންތެރިއާ ނިބާލް އަހުމަދު ކޮލިފައިން މެޗުތައް ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.
މޮރިޝަސް ބެޑްމިންޓަން ސީރީސްގައި ރާއްޖޭގެ ގައުމީ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު އަޖުފާން ރަޝީދާއި ޒުވާން ކުޅުންތެރިއާ ނިބާލް އަހުމަދު ކޮލިފައިން މެޗުތައް ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.
މެޗުކެނޑުމަކަށް ފަހު ގައުމީ ޓީމަށް އެނބުރި އައިސް އަޖުފާން ވަނީ މި ފަހަރު ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މިދިޔަ އަހަރު ބަންގްލަދޭޝް އާއި ނޭޕާލްގައި އޮތް ދެ މުބާރާތުގައި އަޖުފާން ނުކުޅެ އެވެ. އެހެން ނަމަވެސް ރަނގަޅު ފޯމެއްގައި ހުރެ އޭނާ ވަނީ އިއްޔެ ކުޅުނު ކޮލިފައިން ތިން މެޗުން ވެސް މޮޅުވެފަ އެވެ.
އަޖުފާން ކޮލިފައިން ތިން މެޗުގައި ވެސް މޮޅުވީ މޮރިޝަސް ކުޅުންތެރިންނާ ވާދަކޮށެވެ. ފުރަތަމަ މެޗުން އަބްދުލް ޒަހީރު އަތުން މޮޅުވީ 2-21، 3-21 އިންނެވެ. ދެ ވަނަ މެޗުން އެނާ ވަނީ ޑެނީ ކާވާގެ މައްޗަށް 21-3، 21-8 އިން ކުރި ހޯދައިފަ އެވެ. އަދި ތިން ވަނަ މެޗުން ކޮލިފައިންގައި އަށް ވަނަ އަށް ސީޑުކޮށްފައިވާ ސޫގަން އަތުން މޮޅުވީ 7-21، 8-21 އިންނެވެ.
މިދިޔަ އަހަރު ގައުމީ މުބާރާތުން ވިދާލި ނިބާލް މުބާރާތަށް ކޮލިފައިވީ ކޮލިފައިންގައި ކުޅުނު ދެ މެޗުން މޮޅުވެގެންނެވެ. މިއީ އޭނާ ބައިނަލްއަގްވާމީ ބޮޑު މުބާރާތެއްގައި ކުޅޭ ފުރަތަމަ ފަހަރެވެ. އޭނާ ވަނީ އިއްޔެ ފުރަތަމަ މެޗުގައި ކޮލިފައިންގައި ހަ ވަނަ އަށް ސީޑުކޮށްފައިވާ ފާދިލް ސައީދު ބަލިކޮށްފަ އެވެ. އޭނާ މޮޅުވީ 21-17، 21-17 އިންނެވެ.
ޒުވާން ބެޑްމިންޓަން ކުޅުންތެރިއާ ނިބާލް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ވާދަވެރިކޮށް ދިޔަ ދެ ވަނަ މެޗުން ނިބާލް ވަނީ މަޑަގަސްކާގެ ހޫލިއޯ އަތުން 21-18، 21-19 އިންނެވެ. ނިބާލް އާއި އަޖުފާން ބައްދަލުކުރާ މެއިން ޑްރޯގެ މެޗުތައް އޮންނާނީ މިއަދު އެވެ.
މި މުބާރާތުގެ ކޮލިފައިންގައި ކުޅުނު ރާއްޖޭގެ ޒުވާން ކުޅުންތެރިއާ މުހައްމަދު އަރްސަލާން އަލީ ކޮލިފައިން ބުރުގައި ކުޅުނު މެޗުން ބަލިވެފަ އެވެ. މޮރިޝަސްގެ ސޫގަންއާ ވާދަކޮށް އަރްސަލާން ބަލިވީ 17-21، 17-21 އިންނެވެ.
މުބާރާތުގެ މެއިން ޑްރޯގައި ރާއްޖޭގެ ޒަޔާން ޒަކީ ކުޅުނު މެޗުން ވަނީ ދުނިޔޭގެ ރޭންކިން 91 ވަނައިގައި އޮތް ރޮޒާރިއޯ މަޑަލޯނީ އަތުން ބަލިވެފަ އެވެ. ޒަޔާން ބަލިވީ 21-8، 21-8 އިންނެވެ.
މެޑެއްޔަކަށް އަމާޒުކޮށް ރާއްޖޭން މި މުބާރާތުގައި ވާދަކުރާ ޓީމުގައި ހިމެނެނީ ފިރިހެން ފަސް ކުޅުންތެރިންގެ އިތުރުން އަންހެން ފަސް ކުޅުންތެރިންނެވެ. ފިރިހެން ކުޅުންތެރިންނަކީ ނިބާލް، އަރްސަލާން، ޒަޔާން އަދި އަޖުފާން އެވެ. އަންހެން ކުޅުންތެރިންނަކީ ނީލާ ނަޖީބު، ނަފްހާ ނަސްރުﷲ، މައިސާ ފަތުހުﷲ، އައިމިނަތު ޝަހުރުނާޒް އަދި ދެބެން ކަމަށްވާ ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާ އެވެ.
އަޖުފާނާއި ޒަޔާން ސިންގަލްސް އިން ކަޓައިފި
ބެޑްމިންޓަންގައި ރާއްޖެ، ސްކޮޓްލެންޑާ އެއް ގުރޫޕެއްގައި
ސެމީގައި ރިވައިވަލް އާއި އައިބާގެ ކުރިމަތިލުމެއް
އަޖުފާން އެކެޑަމީގެ މުބާރާތަކީ ކުރިއަަރަން ފުރުސަތެއް
އަޖުފާން ބެޑްމިންޓަން އެކަޑަމީއެއް ފަށައިފި
ޓީމު އިވެންޓުގައި ބެޑްމިންޓަން ޓީމަށް ނާކާމިޔާބީ
ގޭމްސްއިން ފިރިހެން ބެޑްމިންޓަން ޓީމަށް ފުރުސަތެއް ނެތް
ދެބެންނަށް މި ފަހަރު ބައިނަލްއަގްވާމީ ރަން މެޑެއްޔެއް
ޕާކިސްތާން މުބާރާތުން ނަބާހާ އާއި ޒަޔާނަށް ރަން މެޑަލް
ދެ އިވެންޓަކުން ރާއްޖޭގެ ދެ ޕެއާ ފައިނަލަށް