09 ނޮވެމްބަރ 2019
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކުރިއަށްދާ ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގައި މިއަދު ކުޅުނު ސެމީ ފައިނަލް މެޗުތަކުން މޮޅުވެ އަންހެން ޑަބަލްސް އިން ރާއްޖޭގެ ދެބެން ކަމަށްވާ އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާގެ ޕެއާގެ އިތުރުން މިކްސް ޑަބަލްސް އިން ނަބާހާ އާއި ޒަޔާން ޒަކީގެ ޕެއާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކުރިއަށްދާ ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގައި މިއަދު ކުޅުނު ސެމީ ފައިނަލް މެޗުތަކުން މޮޅުވެ އަންހެން ޑަބަލްސް އިން ރާއްޖޭގެ ދެބެން ކަމަށްވާ އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާގެ ޕެއާގެ އިތުރުން މިކްސް ޑަބަލްސް އިން ނަބާހާ އާއި ޒަޔާން ޒަކީގެ ޕެއާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
މި ދެ ޕެއާ އަކީ ދާދި ފަހުން ނިމުނު ގައުމީ ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަން ދެ ޕެއާ އެވެ.
އަންހެން ޑަބަލްސް ބައިން ރާއްޖޭގެ ނަބީހާ އާއި ނަބާހާގެ ޕެއާ ފައިނަލުން ފުރުސަތު ހޯދީ ސެމީގައި ސެހެރާ އަކުރަމް އާއި ހުމާ ޖާވީދުގެ ޕެއާ އަތުން ސީދާ ދެ ސެޓުން މޮޅުވެގެންނެވެ. ނަބީހާ އާއި ނަބާހާގެ ޕެއާ ސެޓުތައް ގެންދިޔައީ 21-16، 21-12 އިންނެވެ. މާދަމާ ކުޅޭ ފައިނަލުގައި ނަބީހާ އާއި ނަބާހާގެ ޕެއާ ބައްދަލުކުރާނީ ސެމީގައި ރާއްޖޭގެ ނީލާ ނަޖީބާއި މައިސާ ފަތުހުﷲގެ ޕެއާ ބަލިކުރި ޕާކިސްތާނުގެ ޕެއާއެއް ކަމަށްވާ ބުޝްރާ ގައްޔޫމާއި މަހޫރު ޝަހުޒާދުގެ ޕެއާއާ އެވެ. ނީލާ އާއި މައިސާގެ ޕެއާ އަތުން ބުޝްރާ އާއި މަހޫރުގެ ޕެއާ މޮޅުވީ 21-17، 11-21 އަދި 21-18 އިންނެވެ.
އަންހެން ޑަބަލްސް ބައިން ފައިނަލަށް ދިޔަ ނަބީހާ އާއި ނަބާހާގެ ޕެއާ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
މިކްސް ޑަބަލްސް ބައިން ޒަޔާން އާއި ނަބާހާގެ ޕެއާ ސެމީގައި ވަނީ ޕާކިސްތާނުގެ އަބްދުއްރަހުމާނާއި ސައިމާގެ ޕެއާ ބަލިކޮށްފަ އެވެ. ޒަޔާން އާއި ނަބާހާގެ ޕެއާ މޮޅުވީ 21-14، 21-13 އިންނެވެ. ފައިނަލުގައި ޒަޔާން އާއި ނަބާހާ ނުކުންނާނީ އެއް ވަނަ އަށް ސީޑްކޮށްފައިވާ ނޭޕާލުގެ ދިޕޭޝް އާއި އަމީތާގެ ޕެއާއާ ދެކޮޅަށެވެ.
އަންހެން ސިންގަލްސް ބައިން ރާއްޖޭގެ ނީލާ ސެމީން ބަލިވެ މުބާރާތް ނިންމާލީ މި ބައިން ލޯ މެޑަލަކާ އެކު އެވެ. ތަޖުރިބާކާރު ކުޅުންތެރިޔާ ނީލާ ސެމީގައި ބަލިވީ ދެ ވަނަ އަށް ސީޑްކޮށްފައިވާ ޕާކިސްތާނުގެ މަހޫރު ޝަހްޒާދު އަތުންނެވެ. އޭނާ ސެޓުތައް ގެންދިޔައީ 21-18، 21-11 އިންނެވެ.
ރާއްޖޭގެ ގައުމީ ބެޑްމިންޓަނުން އަންނަނީ ފަހަކަށް އައިސް ރާއްޖޭން ބޭރުގައި ބާއްވާ އެކި މުބާރާތްތަކުގައި ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ. ބެޑްމިންޓަން އެސޯސިއޭޝަނުން ހޯދައިދޭ ފުރުސަތުތަކުގެ ބޭނުންހިފުމުގެ ނަތީޖާ އަކަށްވީ މި އަހަރު ޖުލައި މަހު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރަން މެޑަލެއް ހޯދުމެވެ. އެ މުބާރާތުގެ އަންހެން ސިންގަލްސް ބައިން ރަން މެޑަލް ހޯދީ ނަބީހާ އެވެ. މިއީ ބައިނަލްއަގުވާމީ މުބާރާތަކުން ރާއްޖެ އަށް ބެޑްމިންޓަނުން ހޯދި ފުރަތަމަ ރަން މެޑަލް އެވެ.
ޓީމު އިވެންޓުގައި ބެޑްމިންޓަން ޓީމަށް ނާކާމިޔާބީ
ގޭމްސްއިން ފިރިހެން ބެޑްމިންޓަން ޓީމަށް ފުރުސަތެއް ނެތް
ދެބެންނަށް މި ފަހަރު ބައިނަލްއަގްވާމީ ރަން މެޑެއްޔެއް
ޕާކިސްތާން މުބާރާތުން ނަބާހާ އާއި ޒަޔާނަށް ރަން މެޑަލް
ނީލާގެ އިތުރުން ރާއްޖޭގެ ތިން ޕެއާ ސެމީ އަށް
އަޖުފާނާއި ނިބާލްގެ ޕެއާ އާއި ނަބާހާ ކުއާޓާ އަށް
ނަބީހާ އާއި ނީލާ ޕާކިސްތާން މުބާރާތުގެ ކުއާޓާ އަށް
އަޒުމު ވަރުގަދަ، ނިބާލްގެ ހިތްވަރަށް ބަދަލެއް ނާދޭ
އަންހެން ސިންގަލްސް ފައިނަލުގައި ދެބެންގެ ކުރިމަތިލުމެއް
ބެޑްމިންޓަން: ދިވެހި ކުޅުންތެރިން ކުއާޓާ އަށް