08 ނޮވެމްބަރ 2019
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި އިއްޔެ ފެށި ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގެ އަންހެން ސިންގަލްސް ބައިން ފާތިމަތު ނަބާހާ އާއި ފިރިހެން ޑަަބަލްސްގެ ބައިން މުހައްމަދު އަޖުފާން އާއި ނިބާލް އަހުމަދުގެ ޕެއާ ކުއާޓާ ފައިނަލުގެ ފުރުސަތު ހޯދައިފި އެވެ.
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި އިއްޔެ ފެށި ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގެ އަންހެން ސިންގަލްސް ބައިން ފާތިމަތު ނަބާހާ އާއި ފިރިހެން ޑަަބަލްސްގެ ބައިން މުހައްމަދު އަޖުފާން އާއި ނިބާލް އަހުމަދުގެ ޕެއާ ކުއާޓާ ފައިނަލުގެ ފުރުސަތު ހޯދައިފި އެވެ.
އަންހެން ސިންގަލްސް ބައިން ނަބާހާގެ އިތުރުން ނީލާ ނަޖީބާއި އައިމިނަތު ނަބީހާ ވެސް ކުއާޓާ ފައިނަލުގައި ކުޅޭނެ އެވެ. ގައުމީ ޗެމްޕިއަންކަން މި އަހަރު ދިފާއުކުރި ނަބާހާ ކުއާޓާގެ ފުރުސަތު ހޯދީ ޕާކިސްތާންގެ އަނިލާ އިރުޝާދު އަތުން ސީދާ ދެ ސެޓުން މޮޅުވެގެންނެވެ. އަނިލާ އަތުން ނަބާހާ ސެޓުތައް ގެންދިޔައީ 21-11، 21-11 އިންނެވެ.
މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް މިއަދު ކުޅޭއިރު، ނަބާހާ ކުޅޭނީ މި މުބާރާތުގައި އެއް ވަނަ އަށް ސީޑްކޮށްފައިވާ އީރާނުގެ ސުރައްޔާއާ ދެކޮޅަށެވެ. ނަބީހާ ވާދަކުރާނީ ޕާކިސްތާނުގެ ޕަލްވިޝާ ބަޝީރާ ދެކޮޅަށެވެ. އަދި ތަޖުރިބާކާރު ކުޅުންތެރިޔާ ނީލާ ބައްދަލުކުރާނީ ބުޝްރާ ގައްޔޫމްއާ އެވެ.
ޕާކިސްތާން މުބާރާުތުގެ ފިރިހެން ސިންގަލްސް ބައިގައި ރާއްޖޭގެ ޒަޔާން ޒަކީ ކުޅުނު މެޗުން ވަނީ ނޭޕާލުގެ ދެ ވަނަ ކުޅުންތެރިޔާ ކަމަށްވާ ދިޕޭޝް ދާމީ އަތުން ބަލިވެފަ އެވެ ދިޕޭޝް ސެޓުތައް ގެންދިޔައީ 21-07، 21-13 އިންނެވެ. ގައުމީ ޗެމްޕިއަން އަޖުފާން ބަލިވީ ޕާކިސްތާނުގެ އަޒީމް ސަރުވާރް އަތުން 21-16، 21-12 އިންނެވެ. އަދި ޒުވާން ކުޅުންތެރިޔާ ނިބާލް އަހުމަދު ބަލިވީ ވާދަވެރި ކުޅުމަށް ފަހު ޕާކިސްތާންގެ ރާޖާ މުހައްމަދު އަތުން ދެ ސެޓު އެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ނިބާލް އަތުން 21-16 އިން ގެއްލުނު ނަމަވެސް ދެ ވަނަ ސެޓު އޭނާ ވަނީ 17-21 އިން ގެންގޮސްފަ އެވެ. އެކަމަކު ފަހު ސެޓުން 21-12 އިން ބަލިވުމުން ކެޓީ އެވެ.
ފިރިހެން ޑަބަލްސް ބައިގައި ނިބާލާއި އަޖުފާންގެ ޕެއާ މޮޅުވީ އަފްގާނިސްތާނުގެ އަހުމަދު ނަދީމް އާއި ފަގީރީ ޝުޖާﷲގެ ޕެއާ އަތުންނެވެ. މެޗުގެ ސެޓުތައް ނިބާލާއި އަޖުފާންގެ ޕެއާ ގެންދިޔައީ 21-09، 21-12 އިންނެވެ. މިއަދު ކުޅޭ ކުއާޓާގައި ނިބާލާއި އަޖުފާންގެ ޕެއާ ބައްދަލުކުރާނީ ދެ ވަނަ އަށް ސީޑްކޮށްފައިވާ ތައިލެންޑުގެ ޕްރަދް އާއި އަޕިޗަސިތުގެ ޕެއާއާ ދެކޮޅަށެވެ.
އަންހެން ޑަބަލްސް ބައިގެ ކުއާޓާގައި ރާއްޖޭގެ ދެ ޕެއާ ވާދަކުރެ އެވެ. އެއީ ގައުމީ ޗެމްޕިއަން ނަބީހާ އާއި ނަބާހާގެ ޕެއާގެ އިތުރުން ނީލާ އާއި މައިސާ ފަތުހުﷲގެ ޕެއާ އެވެ. އަދި މިކްސް ޑަބަލްސް ބައިގައި ޒަޔާނާއި ނަބާހާގެ ޕެއާ އާއި އަޖުފާން އާއި މައިސާގެ ޕެއާ އެވެ.
ޓީމު އިވެންޓުގައި ބެޑްމިންޓަން ޓީމަށް ނާކާމިޔާބީ
ގޭމްސްއިން ފިރިހެން ބެޑްމިންޓަން ޓީމަށް ފުރުސަތެއް ނެތް
ދެބެންނަށް މި ފަހަރު ބައިނަލްއަގްވާމީ ރަން މެޑެއްޔެއް
ޕާކިސްތާން މުބާރާތުން ނަބާހާ އާއި ޒަޔާނަށް ރަން މެޑަލް
ދެ އިވެންޓަކުން ރާއްޖޭގެ ދެ ޕެއާ ފައިނަލަށް
ނީލާގެ އިތުރުން ރާއްޖޭގެ ތިން ޕެއާ ސެމީ އަށް
ނަބީހާ އާއި ނީލާ ޕާކިސްތާން މުބާރާތުގެ ކުއާޓާ އަށް
އަޒުމު ވަރުގަދަ، ނިބާލްގެ ހިތްވަރަށް ބަދަލެއް ނާދޭ
އަންހެން ސިންގަލްސް ފައިނަލުގައި ދެބެންގެ ކުރިމަތިލުމެއް
ބެޑްމިންޓަން: ދިވެހި ކުޅުންތެރިން ކުއާޓާ އަށް