10 ނޮވެމްބަރ 2019
ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގައި ހިމެނޭ ދެބެން ކަމަށްވާ އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާ ވަނީ މީގެ ކުރިން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެކަމަކު މިއަދު އެ ދެބެން ޕާކިސްތާން މުބާރާތުގެ އަންހެން ޑަބަލްސް ބައިން ރަން މެޑަލް ހޯދުމަކާ އެކު މިއީ އަނެއްކާ ވެސް ކެރިއަރުގައި ކުރިއަށް އެޅި އިތުރު ހަރުފަތެކެވެ.
ރާއްޖޭގެ ގައުމީ ބެޑްމިންޓަން ޓީމުގައި ހިމެނޭ ދެބެން ކަމަށްވާ އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާ ވަނީ މީގެ ކުރިން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެކަމަކު މިއަދު އެ ދެބެން ޕާކިސްތާން މުބާރާތުގެ އަންހެން ޑަބަލްސް ބައިން ރަން މެޑަލް ހޯދުމަކާ އެކު މިއީ އަނެއްކާ ވެސް ކެރިއަރުގައި ކުރިއަށް އެޅި އިތުރު ހަރުފަތެކެވެ.
އަންހެން ޑަބަލްސްގައި ނަބީހާ އާއި ނަބާހާގެ ޕެއާ މި ވަނީ ރާއްޖެ އަށް ބައިނަލްއަގުވާމީ މުބާރާތްތަކުން ނުވަ ވަނަ މެޑަލް ގެނެސްދީފަ އެވެ. ޕާކިސްތާން މުބާރާތުން މިއަދު ނަބާހާ އާއި ނަބީހާގެ ޕެއާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޕާކިސްތާނުގެ ބުޝްރާ ގައްޔޫމާއި މަހޫރު ޝަހުޒާދުގެ ޕެއާ އަތުން 21-17، 21-13 އިން މޮޅުވެގެންނެވެ.
މިއަދުގެ ކާމިޔާބީ އެންމެ ހާއްސަވަނީ ނަބާހާ އަށެވެ. އެއީ އަންހެން ޑަބަލްސްގެ އިތުރުން މިކްސް ޑަބަލްސް އިން ވެސް ރަން މެޑަލެއް ހޯދުމުންނެވެ. މިކްސް ޑަބަލްސް ބައިން ނަބާހާ އާއި ޒަޔާން ޒަކީ ރަން މެޑަލް ހޯދުމާ އެކު އެ ވެގެންދިޔައީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރުހުން ދީފައިވާ މުބާރާތަކުން ރާއްޖެ އަށް ލިބުުނު ފުރަތަމަ ރަން މެޑެއްޔަށެވެ. ޒަޔާނާއި ނަބާހާ ރާއްޖޭގެ ބެޑްމިންޓަނަށް މި ހޯދައިދިން ތާރީހީ ކާމިޔާބަށް ބޮޅެއް އިތުރުވީ އަންހެން ޑަބަލްސް އިން ނަބާހާ އާއި ނަބީހާގެ ޕެއާ އަށް ލިބުނު ރަން މެޑަލާ އެކު އެވެ.
ނަބާހާ "މިހާރަ"ށް ބުނީ މިއީ ވަރަށް އުފާވެރި ވަގުތެއް ކަމަށާއި ބީޑަބްލިއުއެފް މުބާރާތަކުން ދެ އިވެންޓުން ރަން މެޑަލެއް ހޯދުމަކީ ކުރަން އުނދަގޫ ކަމަކަށްވީ ނަމަވެސް އެއީ ނުވާނެ ކަމެއް ނޫންކަން ސާބިތުކޮށްދެވިއްޖެ ކަމަށެވެ.
"ކިތަންމެ ބައިވަރު ގޮންޖެހުންތައް ހުރި ކަމުގައި ވިޔަސް މިއަދު ސާބިތުކޮށް މިދެވުނީ ރާއްޖެ ތަމްސީލުކޮށްދީ ކާމިޔާބު ހޯދޭނެކަން ކޮންމެ މުބާރާތެއްގައި ވެސް،" ދާދި ފަހުން ނިމުނު ގައުމީ ބެޑްމިންޓަން މުބާރާތުގައި އެއް ދުވަހު ތިން ފައިނަލް ކުޅެ ތިން ރަން މެޑަލް ހާސިލްކުރި ނަބާހާ ބުންޏެވެ.
ބެޑްމިންޓަނުން ރާއްޖެ އަށް ހޯދައިދިން ފުރަތަމަ ރަން މެޑަލް ހާސިލްކުރީ މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ އަންހެން ސިންގަލްސް ބައިން ނަބީހާ އެވެ.
ގައުމީ މުބާރާތުގެ އަންހެން ސިންގަލްސް މެޗަށް ފަހު ނަބީހާ އާއި ނަބާހާ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
ރާއްޖޭގެ އިތުރުން މި ސަރަހައްދުގައި ވެސް ފާހަގަކޮށްލެވޭ ނަބީހާ އާއި ނަބާހާގެ ޕެއާ ވަނީ މީގެ ދެ އަހަރު ކުރިން ބައިނަލްއަގުވާމީ މައިދާނުގައި ފިޔަޖަހަން ފަށައިފަ އެވެ. މިއަދު ޕާކިސްތާން މުބާރާތުން ނަބީހާ އާއި ނަބާހާގެ ޕެއާ ރަން މެޑަލެއް ހޯދިއިރު، މީގެ ކުރިން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވަނީ ހަތަރު ރިހި މެޑަލް ހޯދައިފަ އެވެ. އެއީ މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ހޯދި މެޑަލާއި ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ މުބާރާތުގައި 2017 އާއި 2018 ވަނަ އަހަރު ހޯދި މެޑަލްގެ އިތުރުން މޮރިޝަސް ބެޑްމިންޓަން ސީރީސްގައި މިދިޔަ އަހަރު ހޯދި މެޑަލެވެ. މި ޕެއާ އިން ވަނީ ހަތަރު ލޯ މެޑަލް ވެސް ހޯދައިފަ އެވެ. އެއީ މޮރިޝަސް ބެޑްމިންޓަން ސީރީސްގެ 2017 ވަނަ އަހަރާއި މި އަހަރުގެ އިތުރުން މި އަހަރުގެ ދެކުނު އޭޝިއާގެ 21 އަހަރުން ދަށުގެ މުބާރާތާއި މިދިޔަ އަހަރުގެ ނޭޕާލް މުބާރާތެވެ.
ޕާކިސްތާން މުބާރާތުގައި ރާއްޖޭގެ ނީލާ ނަޖީބު ވަނީ އަންހެން ސިންގަލްސް ބައިން ލޯ މެޑަލް ހޯދައިފަ އެވެ. އަދި އަންހެން ޑަބަލްސް ބައިން ނީލާ އާއި މައިސާ ފަތުހުﷲގެ ޕެއާ ވަނީ ލޯ މެޑަލް ހާސިލްކޮށްފަ އެވެ.
ރާއްޖޭގެ ދެބެން ނޭޕާލް މުބާރާތުން ލޯ މެޑަލް ހޯދައިފި
އެއް އަހަރުގެ ތެރޭ ދެބެންނަށް ތިން ރިހި މެޑަލް!
ބޮޓްސްވާނާގައި ޒަޔާން އާއި ނަބާހާގެ ޕެއާ އަށް ރިހި
ދައްތަ ބަލިކޮށް ނަބާހާ، ބޮޓްސްވާނާ މުބާރާތް ކާމިޔާބު
ބޮޓްސްވާނާގައި ދެކެޓަގަރީން ދިވެހި އެތުލީޓުން ފައިނަލަށް
ނަބީހާ އާއި ނަބާހާއަށް ޑަބަލްސް އިވެންޓުން ރަން މެޑަލް
ޔޫގާންޑާ ސީރީޒުން ނަބާ އާއި ނަބީ އަށް ލޯ މެޑަލް
ކަޒަކިސްތާނުގައި ނަބާ، ނަބީއަށް ބްރޯންޒް މެޑަލް
އެފްރިކާގެ އެއްވަނަ އަތުން ނަބާހާ، ނަބީހާ އަށް ރިހި
މެޗެއް ކާމިޔާބުވީ ނަބާ އަދި ނަބީގެ އަށް