Roadha Mihaaru

ނަބީހާ އާއި ނަބާހާ، ޒެމްބިއާ މުބާރާތުގެ ޑަބަލްސް ކެޓަގަރީން ރަން މެޑަލް ހޯދައިފި

ޒެމްބިއާގައި މިހާރު ކުރިއަށްދާ އެ ގައުމުގެ ބެޑްމިންޓަން އިންޓަނޭޝަނަލް ސީރީޒްގެ ޑަބަލްސް އިވެންޓުން ރާއްޖޭގެ ފާތިމަތު ނަބާހާ އަބްދުރައްޒާގާއި އާމިނަތު ނަބީހާ އަބްދޫރައްޒާގް ރަން މެޑަލް ހޯދައިފި އެވެ.

ނަބީހާ އާއި ނަބާހާއަށް ޑަބަލްސް އިވެންޓުން ރަން މެޑަލް
ހުސެއިން ހަބީބް
ހުސެއިން ހަބީބް

17 ނޮވެމްބަރ 2024

ޒެމްބިއާގައި މިހާރު ކުރިއަށްދާ އެ ގައުމުގެ ބެޑްމިންޓަން އިންޓަނޭޝަނަލް ސީރީޒްގެ ޑަބަލްސް އިވެންޓުން ރާއްޖޭގެ ފާތިމަތު ނަބާހާ އަބްދުރައްޒާގާއި އާމިނަތު ނަބީހާ އަބްދޫރައްޒާގް ރަން މެޑަލް ހޯދައިފި އެވެ.

އެއްމާބަނޑު މި ދެ ބެންގެ ޕެއާ އާ ދެކޮޅަށް ފައިނަލުގައި ނުކުތީ ސްރީ ލަންކާގެ ދެ ކުޅުންތެރިން ކަމަށްވާ ހަސިނީ އަމްބަލަންގޮޑޭގޭ އާއި ހަސަރާ ވިޖަޔަރަތުނޭގެ ޕެއާ އާ ދެކޮޅަށެވެ. ނަބީހާ އާއި ނަބާހާގެ ޕެއާ ކާމިޔާބު ހޯދި ދެ ސެޓުންނެވެ. އެއީ 21-16 އަދި 21-19 އިންނެވެ.

ނަބީހާ އާއި ނަބާހާގެ ޕެއާ ފައިނަލަށް ދަތުރު ކުރީ އިއްޔެ ކުޅުނު ސެމީ ފައިނަލް މެޗުގައި އަޒްރްބައިޖާންގެ ޕެއާގެ މައްޗަށް 2-1 ސެޓުން މޮޅުވެގެންނެވެ.

ރިވައިވަލް ސްޕޯޓްސް ކްލަބްގެ ފަރާތުން މުބާރާތުގައި ވާދަކުރި އެ ދެ ކުޅުންތެރިންގެ އިތުރުން އެ ކްލަބްގެ އެއް ފައުންޑަރު ޒަޔާން ޒަކީ އާއި ނަބީހާގެ ޕެއާއިން ވަނީ މިކްސްޑް ޑަބަލްސް ބައިން ބްރޯންޒް މެޑަލް ހޯދައިފަ އެވެ.

ނަބީހާ ވަނީ ސިންގްލަސް ބައިން ބްރޯންޒް މެޑަލް ހޯދައިފަ އެވެ. އިއްޔެ ކުޅުނު އެ ކެޓަގަރީގެ ސެމީ ފައިނަލު މެޗުތަކުގައި އެ ކުޅުންތެރިން ބަލިވީ އަޒްރްބައިޖާންގެ ކުޅުންތެރިން އަތުންނެވެ.