މިދިޔަ އަހަރު ގައުމީ ބެޑްމިންޓަން މުބާރާތުގެ ސިންގަލްސް ބައިން ޗެމްޕިއަންކަން ހޯދި ކުޅުންތެރިން ބަލިކޮށް، މި އަހަރު ގައުމީ ސިންގަލްސް ތަށި ހުސައިން ޒަޔާން ޒަކީ އާއި އާމިނަތު ނަބީހާ އަބްދުރައްޒާގް ހޯދައިފި އެވެ.
މިދިޔަ އަހަރު ގައުމީ ބެޑްމިންޓަން މުބާރާތުގެ ސިންގަލްސް ބައިން ޗެމްޕިއަންކަން ހޯދި ކުޅުންތެރިން ބަލިކޮށް، މި އަހަރު ގައުމީ ސިންގަލްސް ތަށި ހުސައިން ޒަޔާން ޒަކީ އާއި އާމިނަތު ނަބީހާ އަބްދުރައްޒާގް ހޯދައިފި އެވެ.
އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުތަކުގައި، ފިރިހެން ސިންގަލްސް ފައިނަލުގައި ޒަޔާންއާ ވާދަ ކުރީ މިދިޔަ އަހަރުގެ ޗެމްޕިއަން ނިބާލް އަހުމަދެވެ. މިދިޔަ އަހަރު ވެސް ފައިނަލުގައި ވާދަ ކުރީ މި ދެ ކުޅުންތެރިންނެވެ. އެކަމަކު މިފަހަރު ތަށި ދިފާއު ކުރަން ނުކުތް ނިބާލްގެ މައްޗަށް ޒަޔާން ކުރި ހޯދި އެވެ.
އޭނާ މެޗު ކާމިޔާބު ކުރީ 21-13 އަދި 21-16 އިންނެވެ.
މީގެ ކުރިން ވެސް ޒަޔާން ވަނީ ގައުމީ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެގޮތުން 2017 ގަެ ސިންގަލްސް ފައިނަލް އޭނާ ކާމިޔާބު ކުރީ މުހައްމަދު ސާރިމްގެ ބަލިކޮށްގެންނެވެ. އޭގެ ކުރިން 2016 ގެ ފައިނަލުގައި ޒަޔާން ބަލިކޮށް ސާރިމް ތަށި ހޯދި އެވެ.
އަންހެން ސިންގަލް ފައިނަލުގައި ވިދިވިގެން ހަތަރުވަނަ ފަހަރަށް ގައުމީ ނުކުތް އެއްމާބަނޑު ކޮއްކޮ ނަބާހާ އަބްދުރައްޒާގްގެ މައްޗަށް ނަބީހާ ކުރި ހޯދީ ވާދަވެރި ދެ ސެޓުންނެވެ. ފުރަތަމަ ސެޓް 21-15 އިންނެވެ. ވަރަށް ވާންކޮށް ދިޔަ ދެވަނަ ސެޓް ނަބީހާ ހޯދި 22-20 ންނެވެ.
ނަބީހާ ވެސް ވަނީ 2017 ގައި މައިސާ ފަތުހުﷲ އިސްމާއީލް ބަލިކޮށް ގައުމީ ތަށި ހޯދައިފަ އެވެ.
އަޖުފާން އާއި ނަބާހާ ގައުމީ ޗެމްޕިއަންކަން ހޯދައިފި
ބޮޓްސްވާނާގައި ޒަޔާން އާއި ނަބާހާގެ ޕެއާ އަށް ރިހި
ބޮޓްސްވާނާގައި ދެކެޓަގަރީން ދިވެހި އެތުލީޓުން ފައިނަލަށް
ބެޑްމިންޓަންގައި ރާއްޖެ، ސްކޮޓްލެންޑާ އެއް ގުރޫޕެއްގައި
ފައިނަލުގައި އަޖުފާނާއި ނިބާލްގެ ކުރިމަތިލުމެއް
ދައްތަ ބަލިކޮށް ނަބާހާ، ބޮޓްސްވާނާ މުބާރާތް ކާމިޔާބު
ނަބީހާ އާއި ނަބާހާއަށް ޑަބަލްސް އިވެންޓުން ރަން މެޑަލް
ޔޫގާންޑާ ސީރީޒުން ނަބާ އާއި ނަބީ އަށް ލޯ މެޑަލް
ކަޒަކިސްތާނުގައި ނަބާ، ނަބީއަށް ބްރޯންޒް މެޑަލް
އެފްރިކާގެ އެއްވަނަ އަތުން ނަބާހާ، ނަބީހާ އަށް ރިހި