16 ނޮވެމްބަރ 2020
ޓްރާންސްޕޯޓް މިނިސްޓަރަކަށް އާއިޝަތު ނަހުލާ ހަމަޖެހުނީ، ކޯލިޝަން ސަރުކާރުގެ އެއް ލީޑަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުންނަށް ވުމުން ކަމަށް އަމާޒުވާ ފާޑުކިޔުންތަކާ ދެކޮޅަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ، ނުކުންނަވައި، މުހިއްމީ ނަހުލާ ކުރައްވާ މަސައްކަތް ކަމަށް ވިދާޅުވެއްޖެ އެވެ.
ޓްރާންސްޕޯޓް މިނިސްޓަރަކަށް އާއިޝަތު ނަހުލާ ހަމަޖެހުނީ، ކޯލިޝަން ސަރުކާރުގެ އެއް ލީޑަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުންނަށް ވުމުން ކަމަށް އަމާޒުވާ ފާޑުކިޔުންތަކާ ދެކޮޅަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ، ނުކުންނަވައި، މުހިއްމީ ނަހުލާ ކުރައްވާ މަސައްކަތް ކަމަށް ވިދާޅުވެއްޖެ އެވެ.
ނަހުލާގެ ދިފާއުގައި މިނިސްޓަރު މާރިޔާ ނުކުންނެވީ، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި އެހުންތެރިން ފޮނުވި ސުވާލުތަކުގައި، މަގާމު ލިބިވަޑައިގަތުމާ ގުޅޭ ގޮތުން ކުރި ސުވާލަކަށް ނަހުލާ ޖަވާބު ދެއްވާފައި ވަނިކޮށެވެ. ތަކުރާރުކޮށް އަމާޒުވާ އެ ސުވާލަށް ޖަވާބު ދެއްވަމުން ނަހުލާ ވިދާޅުވެފައި ވަނީ، އެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އޭނާ އައްޔަން ކުރެއްވީ ވަކި ބޭފުޅެއްގެ އަނބިކަނބަލަކަށް ވެގެން ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގާސިމާއި އޭނާގެ ދަރިކަލުން ސިޔާދު ގާސިމް ޖަލަށް ލުމާ އެކު ސިޔާސީ މައިދާނަށް ނުކުމެވަޑައިގެން އިންތިޚާބުގެ ކެމްޕޭންގައި ވެސް ނަހުލާ އުޅުއްވި އެވެ. އޭގެ ފަހުން، ކެބިނެޓުގައި އޭނާ ހިމެނިވަޑައިގަތުމާ އެކު، ގާބިލް މީހުން ތިއްބައި ވަޒީރުކަން ދިނީ ތަޖުރިބާއެއް ނެތީސް ކަމަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.
ނަހުލާއާ ގުޅުވައިގެން ދައްކާ ވާހަކަތަކަށް ރައްދެއްގެ ގޮތުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ، އެ މީހަކީ ކާކު ކަން މުހިއްމު ނޫން ކަމަށެވެ. މުހިއްމީ އެ މީހަކު ކުރާ މަސައްކަތް ކަން ހަނދާން ކޮށްދެއްވި އެވެ.
މާރިޔާ ވިދާޅުވިގޮތުގައި، ނަހުލާއާ ހަވާލުކުރި ވުޒާރާ ހިންގަވާ ގޮތާ މެދު ރައްޔިތުންގެ ޝަކުވާތަކެއް އޮތް ކަމަކަށް ނުފެނެ އެވެ. ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތަކާ ގުޅޭ ގޮތުން އޮޅުންފިލުވަން، ރައްޔިތުންގެ މަޖިލީހުން އެދިވަޑައިގަތް ކޮންމެ ފަހަރަކު ވެސް ނަހުލާ ފުރިހަމަ އަށް ޖަވާބުދާރީވެވަޑައިގެންނެވި ކަން ވެސް މާރިޔާ ފާހަގަކުރެއްވި އެވެ.
"ކޮރަޕްޝަންގެ ތުހުމަތެއް ނެތް. އެ މީހަކީ ކާކުކަން މުހިއްމެއް ނޫން، މުހިއްމީ ކުރާ މަސައްކަތް،" މާރިޔާ ވިދާޅުވި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން އެ ވުޒާރާ އަށް މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ކަނޑައެޅި ހުރިހާ ވައުދުތަކެއްހެން ގާތްގަނޑަކަށް ފުއްދައި، ދެން ހުރި ކަންކަން ވެސް ޕްލޭންކޮށްގެން ހާސިލް ކުރަމުން އަންނަ ކަމަށް ނަހުލާ ވަނީ މަޖިލީހުގައި ވިދާޅުވެފަ އެވެ.
މިނިސްޓަރަކަށް އައްޔަން ކުރަން ނިންމުމުން 98 ޕަސެންޓު ކޮމެންޓް ލިބުނީ ނެގެޓިވްކޮށް ކަމަށާއި އޭގެ ތެރޭގައި ވަރަށް ހިތްދަތިވާ، ޒާތީ ފާޑުކިޔުންތައް ހުރި ކަމަށް ވެސް ނަހުލާ ވިދާޅުވެފައިވެ އެވެ. ޒާތީ ނުވެ ކިޔާފައިވާ ފާޑުކިޔުންތައް ބަލައިގަނެ، ބޭނުންވީ މަސައްކަތް ކުރައްވާ ކަން އަމަލީ ގޮތުން ދައްކަވަން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
މަޖިލީހަށް ބައެއް ފަހަރަށް ހާޒިރުކޮށް، މެމްބަރުން ހޫނުކޮށް ނަހުލާއާ ސުވާލު ކުރިމަތި ކުރައްވަ އެވެ. އެއްފަހަރަކު ވިދާޅުވެފައި ވަނީ، އޭނާގެ ވުޒާރާ އަށް ކަނޑައެޅި ކަންކަން ކުރާ ތަން ނުފެންނަނީ، ކޮންމެ ފަހަރަކު ފޮޓޯ ނަގައި ސޯޝަލް މީޑިއާގައި އާއްމު ނުކުރާތީ ކަމަށް ވެދާނެ ކަމަށެވެ.
ރައްޔިތުން އަޅުގަނޑު ބަލައިގެންފި: އައިޝާ
ވިލާއާ ގުޅޭ ކަމެއްގައި ބައިވެރިވުމެއް ނޯންނާނެ: ނަހުލާ
"ކުރިން ކޮރަޕްޝަންގެ ހާއްޔެއް، މޫތައް ލުހެލެވިއްޖެ"
ފިއްތުންތަކާ ހެދި ޓްރާންސްޕޯޓުގެ ޕީއެސް އިސްތިއުފާ!
ނަހުލާއަށް މަގާމު ލިބުނީ ގާބިލްކަމުން: ގާސިމް
ސިނަމާލެ ބްރިޖުން ފީ ނެގުމުގެ ވިސްނުމެއް ނެތް: ނަހުލާ
މާމިގިލި އެއާޕޯޓު އަނެއްކާވެސް އިންޓަނޭޝަނަލް ވަނީ
އަލީ ވަހީދަށް ފިޔަވަޅު އަޅަން ޖޭޕީގެ މެމްބަރުން ގޮވަނީ
ނަހުލާ ބޭޒާރު ކުރަން އުޅުމުން ގޮވީ އަތަށް: ގާސިމް
ނަހުލާ ދެއްކެވި ވާހަކަ އާންމުކުރުމުން ލިބުނީ ތައުރީފް