Roadha Mihaaru
ނަހުލާ ބޭޒާރު ކުރަން އުޅުމުން ގޮވީ އަތަށް: ގާސިމް

ނަހުލާ ބޭޒާރު ކުރަން އުޅުމުން ގޮވީ އަތަށް: ގާސިމް

01 އޮކްޓޯބަރ 2019

ޓްރާންސްޕޯޓް މިނިސްޓްރީގެ މުވައްޒަފުން މަސައްކަތަށް ފަރުވާ ކުޑަވެގެން މިނިސްޓަރު އައިޝަތު ނަހުލާ ދެއްކެވި ވާހަކަތައް އާންމުކޮށް ބަދުނާމު ކުރަން އުޅުނު މީހުންނަށް އެކަން ކާމިޔާބު ނުވިކަމަށް ވިދާޅުވެ ނަހުލާގެ ދިފާއުުގައި ފިރިކަލުން، އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހީމް މިރޭ ވާހަކަ ދައްކަވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ޓްރާންސްޕޯޓް މިނިސްޓްރީގެ މުވައްޒަފުން މަސައްކަތަށް ފަރުވާ ކުޑަވެގެން މިނިސްޓަރު އައިޝަތު ނަހުލާ ދެއްކެވި ވާހަކަތައް އާންމުކޮށް ބަދުނާމު ކުރަން އުޅުނު މީހުންނަށް އެކަން ކާމިޔާބު ނުވިކަމަށް ވިދާޅުވެ ނަހުލާގެ ދިފާއުުގައި ފިރިކަލުން، އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހީމް މިރޭ ވާހަކަ ދައްކަވައިފި އެވެ.

ރައްޔިތުން މަޖިލީހުގެ ކުރީގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ސޮފްވާންގެ އިތުރުން ބައެއް އާންމުން މިރޭ ވަނީ ޖޭޕީއަށް ގުޅިފަ އެވެ. އެ މީހުންގެ ފޯމާ ހަވާލުވެވަޑައިގަތީ ގާސިމެވެ. އެ ހަލްފާގައި ގާސިމް ވަނީ ހަގު އަނބިކަނބަލުން ނަހުލާގެ ދިފާއުގައި ވާހަކަ ދައްކަވައިފަ އެވެ.

Badhunaamu kuran aamukuri vaahaka in Nahula ah thaureef!

Badhunaamu kuran aamukuri vaahaka in Nahula ah thaureef!

The most trusted news source in the Maldives

Mihaaru

ބަދުނާމު ކުރަން އާންމު ކުރި ވާހަކައިން ނަހުލާއަށް ތައުރީފް

ޓްރާންސްޕޯޓް މިނިސްޓްރީގެ ބައެއް މުވައްޒަފުންނާ ނަހުލާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަތަކެއްގެ ރެކޯޑިން އިއްޔެ ވަނީ ބައެއް ޓީވީތަކުންނާއި ސޯޝަލް މީޑިއާގައި އާންމު ކޮށްފަ އެވެ. އޯޑިއޯގައި ނަހުލާ ކަންބޮޑުވުން ފާޅުކުރެއްވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ހާލަތާ މެދުގަ އެވެ. ރައްޔިތުންނަށް ހިދުމަތް ދޭންޖެހޭ ތަނެއްގެ ހާލަތު ދަށް ފެންވަރެއްގައި އޮތް ވާހަކަ އެވެ. ހާޒިރީ އަށް ފަރުވާ ކުޑަކުރުމާއި އޮފީހުގައި ވަގުތު ހޭދަނުކޮށް ކޮފީގައި ތިބުން ގަބޫލު ނުކުރެއްވޭ ކަމަށް ވިދާޅުވި އެވެ.

މިރޭގެ ހަފްލާގައި ގާސިމް ވިދާޅުވީ ބަޔަކު އެ އޯޑިއޯ އާންމު ކުރީ ނަހުލާ ބޭޒާރު ކުރަން ކަމަށާއި ނަމަވެސް އެކަން "ގޮވީ އަތަށް" ކަމަށެވެ.

"ގޯސްކޮށްލާނަމޭ ހީކޮށް އެކަމަނާ ދެއްކެވި ވާހަކައެއް ވީޑިއޯއެއް ނެރުނީމަ ރައްޔިތުންގެ ރުހުން ލިބުނީ (ނަހުލާއަށް)،" ހިނިފުޅުވަޑުވަމުން ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ގަވައިދަށް އަމަލު ކުރުމަށާއި ވަގުތަށް ފަރުވާތެރިވުމަށް އަންގާ ވެރިން ދެކެ ގިނަ މުވައްޒަފުން ރުޅި އަންނަ ކަމަށެވެ. އެކަން އެހެން އެވަނީ ފަރުވާ ކުޑަކޮށް މަސައްކަތް ކުރަން ބޭނުންވާ މީހުން ގިނަކަމުން ކަމަށް ގާސިމް ވިދާޅުވި އެވެ.

"ވަރަށް ގިނަ ބަޔަކު އުސޫލުގައި އޮންނަ ގޮތެއް އަމާ ބުނީތީ ފަރަށް ދާހެން ކަންކުރުން. މުސާރަ ލިބެންޏާ ނިމުނީ. އެކަމަކު އެބައި މީހުން ބޭނުންވޭ މަގާމުގެ ކުރިއެރުންވެސް. ބޮޑު މުސާރަވެސް،" އާންމުކޮށް ޖަލްސާތަކުގައި ނަހުލާއަށް ތައުރީފް ކުރައްވާ ގާސިމް ވިދާޅުވި އެވެ.

"ގަޑިޔަށް ނާންނަންޏާ މަސައްކަތް ނުކުރަންޏާ މިނިސްޓަރަކު އެކަމާ ނޫޅެ ކާކުތޯ އެކަމާ އުޅޭނީ؟"

Enme hinguntheri eh vazeerakee Aisha: Gasim

Enme hinguntheri eh vazeerakee Aisha: Gasim

The most trusted news source in the Maldives

Mihaaru

ނަހުލާއަށް ތައުރީފް ކުރައްވާ ގާސިމް ކުރިން ދެއްކެވި ވާހަކަފުޅު--

ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންތަކެއް ސަންގު ޓީވީ މެދުވެރިކޮށް އެ އޯޑިއޯ އާއްމުކުރީ، އެތަނުގެ ހާޒިރީ ރިޕޯޓެއް ނަގައި ސިވިލް ސާވިސް ކޮމިޝަނަށް ފޮނުވާފައި ވަނިކޮށެވެ. އެއީ، ގިނަ މުވައްޒަފުންތަކެއް ވަޒީފާ އިން ވަކިކުރުމުގެ ޕްލޭންގެ ދަށުން މިނިސްޓަރު ކުރެއްވި ކަމެއްގެ ތުހުމަތާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ. އެ ޕެޓިޝަންގައި އެދިފައި ވަނީ ނުހައްގުން ވަޒީފާ އިން ވަކިކުރުން ހުއްޓުވައި ދިނުމަށެވެ.

މިނިސްޓަރު ނަހުލާއާ ގުޅޭ ޝަކުވާތަކެއް މުވައްޒަފުން ރައީސް އޮފީހަށް ހުށަހަޅުއްވާފައިވާތީ އެކަމަށްވެސް ގާސިމް ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވީ މަސައްކަތް ނުކުރާތީ އަޅާ ފިޔަވަޅެއް ރައީސަށް ބަދަލު ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

ސިވިލް ސާވިސް ބައެއް މުވައްޒަފުން ވިސްނާ ގޮތުގައި އެމީހުން ފަރުވާ ކުޑަ ނަމަވެސް ވަޒީފާ އިން ވަކި ނުކުރެވޭނެ ކަމަށާއި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ. ފަރުވާ ކުޑަވުމާއި ވަގުތަށް ނާންނަ ނަމަ ވަޒީފާ އިން ވަކި ކުރެވެން ޖެހޭ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

"އެކަމާ އަޑު އުފުލާ ހެދުމަކުން އެކަން ކުރާ މީހާއަށް މަލާމާތް ރައްދުވުން ނޫން ކަމެއް ނުވާނެ،" ގާސިމް ވިދާޅުވި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގައި ކޮރަޕްޝަން ބޮޑު ވާހަކައަކީ އެންމެން ދަންނަ ހަގީގަތެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި އެ ކޮރަޕްޝަންގެ އަމަލުތައް ހިންގަނީ ނަހުލާ ނޫން ކަމަށާއި އޭނާ އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ނަހުލާ ކުރައްވާ މަސައްކަތަކީ ވަރަށް މުހިންމު މަސައްކަތެއް ކަމަށް މިރޭ ވެސް ވިދާޅުވެ ގާސިމް ވަނީ ތައުރީފް ކުރައްވައިފަ އެވެ.

އެ އޯޑިއޯ ލީކްކޮށްލުމާ އެކު ގިނަ ބަޔަކު ވަނީ ނަހުލާ އަށް ތައުރީފްކޮށް ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކޮށްފަ އެވެ.