19 އޯގަސްޓް 2022
ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް މީހުން އިތުރު ކުރުމުގެ އާ މަސައްކަތްތަކެއް ފަށާފައިވާއިރު، ފޯމުގައި އަޅައިލާ ސޮޔަކަށް ވުރެ މުހިންމީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޕާޓީގެ ފިކުރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގެންގޮސްދިނުން ކަމަށް ޖޭޕީގެ ކައުންސިލް މެމްބަރު އާއިޝަތު ނަހުލާ ރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް މީހުން އިތުރު ކުރުމުގެ އާ މަސައްކަތްތަކެއް ފަށާފައިވާއިރު، ފޯމުގައި އަޅައިލާ ސޮޔަކަށް ވުރެ މުހިންމީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޕާޓީގެ ފިކުރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ގެންގޮސްދިނުން ކަމަށް ޖޭޕީގެ ކައުންސިލް މެމްބަރު އާއިޝަތު ނަހުލާ ރޭ ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖޭޕީ އަށް ބައެއް މީހުން ސޮއިކުރި ހަފުލާގައި އޭނާ ވިދާޅުވީ، އެ ޕާޓީއާ ގުޅޭ މީހުން ކޮށްދޭންވީ ކަމަކީ އެހެން މީހުން ޕާޓީ އަށް ވެއްދުމާއި ޕާޓީގެ ވިސްނުމާއި ފިކުރު އާންމުކުރުމާއި މަގުސަދުތައް ކިޔައިދިނުން ކަމަށެވެ.
ގާސިމްގެ އަނބިކަނބަލުން ނަހުލާ ވިދާޅުވީ، ޖޭޕީއަކީ އިސްލާމްދީނާއި ގައުމު ދެކެ ލޯބިވާ ޕާޓީއެއް ކަމަށެވެ.
"ހާއްސަކޮށް ޒުވާނުންނަށް ފުރުސަތު އޮތް، ފުރުސަތު ފަހިވެފައިވާ ޕާޓީއެއް. އެހެންވީމާ މި ޕާޓީއާ ގުޅިގެން ހަމަ ކުރިއަށް އޮތް ތާނގައި އިތުރަށް ކުރިއަށް ދާނެ މަގުތައް ފަހިވެގެންދާނެ،" ނަހުލާ ވިދާޅުވި އެވެ.
ޖޭޕީއަކީ ގައުމާއި އިސްލާމްދީނަށް ލޯބިކުރާ ޕާޓީއެއް ހާއްސަކޮށް ޒުވާނުންނަށް ފުރުސަތުއޮތް ފުރުސަތުފަހިވެފަވާ ޕާޓީއެއް އަދި ޕާޓީއަށް މެންބަރުން އިތުރުކުރުމާއި ޕާޓީގެ ވިސްނުމާއި ފިކުރާކީ ކޮބައިކަން އެހެންގިނަމީހުންނަށް އެނގުން މުހިއްމު - ޖޭޕީގެ ކައުންސިލް މެންބަރު އައިޝަތު ނަހުލާ pic.twitter.com/YP5pqPRFkI
— ali solih (@alisolih) August 18, 2022
ނަހުލާ ވިދާޅުވީ، ގާސިމްގެ ހިތުގައި ދީނާއި ގައުމާއި ވަތަނަށް އޮތް ލޯބި އާންމުންނަށް ކިޔައިދޭން އެދިވަޑައިގަންނަވާ ކަމަށެވެ.
"ގާސިމް އިބްރާހިމްގެ ފިކުރަކީ، ޖުމްހޫރީ ޕާޓީގެ ފިކުރަކީ ކޮބައިކަން ރާއްޖޭގެ ކަންކޮޅުތަކަށް ތި ކުދިންގެ ފަރާތުން ގެންދިއުން. ކޮށްދެއްވާފައި ހުރި ކަންތަކާއި ގާސިމް އިބްރާހިމްގެ ފިކުރު، ދީނާއި ވަތަނަށްޓަކައި އޮތް ލޯތްބާއި މި ކައުންސިލް މެމްބަރުންގެ ވިސްނުމާއި ފިކުރު ހުރިހާ ދިމާއަކަށް ފުޅާކުރުން،" ގާސިމާއި ޖޭޕީގެ ވިސްނުން ފުޅާކޮށްދިނުމަށް އެދިވަޑައިގެން ނަހުލާ ވިދާޅުވި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރީތައް އެކި ޕާޓީތަކުން ފަށާފައިވާއިރު، ފަހަކަށް އައިސް ނަހުލާ ގެންދަވަނީ ޖޭޕީ އަށް މެމްބަރުން އިތުރުކުރުމަށް ހާއްސަ މަސައްކަަތްތަކެއް ކުރައްވަމުންނެވެ. އަދި ފިރިކަލުން ގާސިމް ވެސް އެކި ފެންވަރުގައި އެ ކަން ކުރިއަށް ގެންދަވަ އެވެ.
ގާސިމް ނޭނގި ފާޑުކިޔާތީ ނަހުލާ ދެރަވޭ
އެއްވެސް ކުލައަކަށް ނަފްސު ވިއްކާނުލާތި: ނަހުލާ
ޖޭޕީގެ ލީޑަރު ކަމަށް ގާސިމް ކުރިމަތިލައްވައިފި
ގާސިމްގެ ހެޔޮކަން އުފަންދުވަހުގެ ޓުވީޓަކުން
ޖޭޕީއަށް ގޮންޖެހުމެއް ނެތް، މިސްރާބު އިންތިހާބަށް!
ޖޭޕީގެ ދަތުރުތައް އިތުރުކުރަންޖެހޭ: ނަހުލާ
ނަހުލާއަށް މަގާމު ލިބުނީ ގާބިލްކަމުން: ގާސިމް
އަލީ ވަހީދާ މެދު ގޮތެއް ނިންމަވާނީ ރައީސް: ގާސިމް
އަލީ ވަހީދަށް ފިޔަވަޅު އަޅަން ޖޭޕީގެ މެމްބަރުން ގޮވަނީ
އަންހެނުން "ރަތް ފިޔަ"އާ ގުޅެން ނަހުލާ އެދިއްޖެ