15 ސެޕްޓެމްބަރ 2019
މަގާމާ ހަވާލުވެވަޑައިގަތުމާ އެކު އަމާޒުވި ފާޑުކިޔުންތައް ބަދަލުވެ އާންމުން މިހާރު އޭނާ ބަލައިގެންފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ (އައިޝާ) އިއްޔެ ވިދާޅުވެއްޖެ އެވެ.
މަގާމާ ހަވާލުވެވަޑައިގަތުމާ އެކު އަމާޒުވި ފާޑުކިޔުންތައް ބަދަލުވެ އާންމުން މިހާރު އޭނާ ބަލައިގެންފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ (އައިޝާ) އިއްޔެ ވިދާޅުވެއްޖެ އެވެ.
ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ހަގު އަނބިކަނބަލުން އައިޝާއަށް އާ ސަރުކާރުގެ މިނިސްޓަރުކަން ދޭން ނިންމުމުން ގިނަ ބަޔަކު ފާޑުކިޔެވެ. ރާއްޖޭގައި ގާބިލް މީހުން ތިއްބައި އައިޝާއަށް މަގާމު ދެއްވަނީ ގާސިމްގެ އަނބިކަނބަލުންނަށް ވީމަ ކަމަށް ވެސް ފާޑުކީ މީހުން ބުންޏެވެ.
ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި އައިޝާ ވިދާޅުވީ މިނިސްޓަރަކަށް އައްޔަން ކުރަން ނިންމުމުން 98 ޕަސެންޓް ކޮމެންޓް ލިބުނީ ނެގަޓިވްކޮށް ކަމަށެވެ. ޒާތީނުވެ ކިޔާފައިވާ ފާޑުކިޔުންތައް ބަލައިގަންނަ ކަމަށާއި އެކަމަކު "ހިތްދަތިވާ" ފަދަ ގޮތަކަށް ހުރި ފާޑުކިޔުންތައް ބަލައިނުގަންނާނެ ކަމަށް ވިދާޅުވި އެވެ.
"ވަކި މީހެއްގެ ފިރިއަކަށް ވީތީ، ވަކި މީހެއްގެ އަންބަކަށް ވީތީ، ވަކި އާއިލާއަކުން އަޔަތީ، ރާއްޖެތެރެއަށް ނިސްބަތްވާތީ ނުވަތަ މާލެއަށް ނިސްބަތްވާތީ މިއީ އަޅާކިޔުން. އަންހެނަކަށް ވީތީ ނިކަމެތި ކުރާކުރުން އެއީ އަޅުގަނޑު ދުވަހަކު ވެސް ގަބޫލުކުރާނެ ކަމެއް ނޫން،" އައިޝާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭރު ކުރިމަތިވި ފާޑުކިޔުންތަކަށް ރައްދު ނުދެއްވީ އަމަލީ މަސައްކަތްތަކުން އެކަން ދައްކަވާށެވެ. އެހެންކަމުން އޭނާއަށް ކުރެއްވުނު މަސައްކަތްތަކާ އެކު މިހާރު ރައްޔިތުން އޭނާ ބަލައިގަންނަ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވި އެވެ.
"މިއަދު ވިސްނުން ބަދަލުވިތަން ފެނިއްޖެ. ވަރަށް އުފާކުރަން އެކަމަށްޓަކައި... ރައްޔިތުން ބަލައިގެންފިކަން އަޅުގަނޑު ގަބޫލުކުރަން،" އައިޝާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލުވެވަޑައިގަންނަވަން ޖެހުނު ހިސާބުން ވެސް އެއީ ކިހާ ގޮންޖެހުންތައް ބޮޑު ތަނެއްކަން އެނގިވަޑައިގަތެވެ. އަދިވެސް މަސައްކަތް ބިނާކުރައްވާނީ އެއީ ރައްޔިތުންގެ ޝަކުވާތައް ގިނަ ތަނެއްކަން އެނގިވަޑައިގެން ހުންނަވާ ކަމަށް ވިދާޅުވި އެވެ.
ސަރުކާރުގެ ސްޕީޑް ލަސް ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން އައިޝާ ވިދާޅުވީ ދިމާވެފައިވާ ގޮންޖެހުންތަކަށް ބަލާއިރު ސަރުކާރުގެ މަސައްކަތްތައް ލަސް ނޫން ކަމަށެވެ. އަދި ކުރީ ސަރުކާރުން ކަންކަން ކޮށްފައި ހުރީ އެއްވެސް އުސޫލެއް ނެތި ކަމަށާއި އެކަންކަން އިސްލާހު ކުރުމަށް ވަގުތު ނަގާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ނަހުލާއަށް މަގާމު ލިބުނީ ގާބިލްކަމުން: ގާސިމް
ނަހުލާގެ ދިފާއުގައި މިފަހަރު ނުކުމެވަޑައިގަތީ މާރިޔާ
އަލީ ވަހީދަށް ފިޔަވަޅު އަޅަން ޖޭޕީގެ މެމްބަރުން ގޮވަނީ
ނަހުލާ ބޭޒާރު ކުރަން އުޅުމުން ގޮވީ އަތަށް: ގާސިމް
އެންމެ ހިންގުންތެރި އެއް މިނިސްޓަރަކީ އައިޝާ: ގާސިމް
"ސިޔާސީ ދާއިރާއަށް ނުކުތީ ސިޔާދަށް އަނިޔާ ދޭތީ"
ގާސިމް ނޭނގި ފާޑުކިޔާތީ ނަހުލާ ދެރަވޭ
އެއްވެސް ކުލައަކަށް ނަފްސު ވިއްކާނުލާތި: ނަހުލާ
ޖޭޕީގެ ސްލޮޓްތަކުން މީހުން ވަކިކުރުމުގެ ނިންމުމެއް ނެތް
ޖޭޕީގެ ލީޑަރު ކަމަށް ގާސިމް ކުރިމަތިލައްވައިފި