01 އޮކްޓޯބަރ 2019
ސަރުކާރުގެ ބައެއް މިނިސްޓްރީތަކުން ދޭ ޚިދުމަތުގެ ފެންވަރު ދަށެވެ. ޚިދުމަތް ހޯދަންދާ މީހާގެ ގިނަ ވަގުތު ބޭކާރުވެ ޝަކުވާކުރަން ޖެހެ އެވެ. އެ މީހުން މުއާމަލާތްކުރާ ގޮތް ވެސް ބަދަލުކުރަން ޖެހެ އެވެ.
ސަރުކާރުގެ ބައެއް މިނިސްޓްރީތަކުން ދޭ ޚިދުމަތުގެ ފެންވަރު ދަށެވެ. ޚިދުމަތް ހޯދަންދާ މީހާގެ ގިނަ ވަގުތު ބޭކާރުވެ ޝަކުވާކުރަން ޖެހެ އެވެ. އެ މީހުން މުއާމަލާތްކުރާ ގޮތް ވެސް ބަދަލުކުރަން ޖެހެ އެވެ.
މުވައްޒަފުންނާ ބައްދަލު ކުރައްވައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ދެއްކެވީ އިސްލާހު ކުރަން ޖެހިފައި އޮތް މި މައްސަލައިގެ ވާހަކަ އެވެ. އެކަމަކު މިނިސްޓަރު ވާހަކަ ދެއްކެވި ރާގު ކަމުނުދިޔައީ އެވެ. ނުވަތަ ދެއްކި ވާހަކަތަކާ މެދު ބައެއް މުވައްޒަފުން ހިތްހަމަނުޖެހުނީ އެވެ.
އެހެންވެ، އެ އޯޑިއޯ އާންމުކުރީ ނަހުލާއާ ދެކޮޅަށެވެ؛
ބޭނުމަކީ މަގާމަށް ގާބިލް ނޫން ކަމާއި މުވައްޒަފުންނާ ދޭތެރޭގައި ގޯސްކޮށް އަމަލުކުރައްވާ ކަން ދެއްކުމެވެ. އެކަމަކު އޯޑިއޯ އާއްމުވުމުން ގިނަ ބަޔަކު ކުރީ ތައުރީފެވެ!
"ސާބަސް މިނިސްޓަރު، ވަރަށް ސާބިތު އަދި ކެރޭ،" ބުނެ ގިނަ ބަޔަކު ދިނީ ފަސްޖެހިވަޑައިނުގެން މަގާމުގެ ޒިންމާ އަދާކުރެއްވުމުގެ ހިތްވަރެވެ.
މުވައްޒަފުންނާ ބައްދަލު ކުރައްވައި ނަހުލާ ކަންބޮޑުވުން ފާޅުކުރެއްވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ހާލަތާ މެދުގަ އެވެ. ރައްޔިތުންނަށް ޚިދުމަތް ދޭންޖެހޭ ތަނެއްގެ ހާލަތު ދަށް ފެންވަރެއްގައި އޮތް ވާހަކަ އެވެ. ހާޒިރީ އަށް ފަރުވާ ކުޑަކުރުމާއި އޮފީހުގައި ވަގުތު ހޭދަނުކޮށް ކޮފީގައި ތިބުން ގަބޫލު ނުކުރެއްވޭ ކަމަށް ވިދާޅުވި އެވެ.
މަސައްކަތަށް ފަރުވާ ކުޑަކޮށް، މަސައްކަތުގެ ފެންވަރު ދަށް ކުރާނަމަ، ޒިއްމާ ނަގަންޖެހޭ މީހަކާމެދު ފިޔަވަޅު އެޅުމަކީ، މިނިސްޓަރު ގެ ވާޖިބެއް! މިނިސްޓަރ @aishath_nahula ގެ ހިތްވަރަށް ސާބަސް. pic.twitter.com/hiy5xa36Tt
— Muhammadh Adhuham (@M_Adhuham) September 30, 2019
ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންތަކެއް ސަންގު ޓީވީ މެދުވެރިކޮށް އެ އޯޑިއޯ އާއްމުކުރީ، އެތަނުގެ ހާޒިރީ ރިޕޯޓެއް ނަގައި ސިވިލް ސާވިސް ކޮމިޝަނަށް ފޮނުވާފައި ވަނިކޮށެވެ. އެއީ، ގިނަ މުވައްޒަފުންތަކެއް ވަޒީފާ އިން ވަކިކުރުމުގެ ޕްލޭންގެ ދަށުން މިނިސްޓަރު ކުރެއްވި ކަމެއްގެ ތުހުމަތާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ.
އެ ޕެޓިޝަންގައި އެދިފައި ވަނީ ނުހައްގުން ވަޒީފާ އިން ވަކިކުރުން ހުއްޓުވައި ދިނުމަށެވެ.
މި ޕެޓިޝަންގައި މުވައްޒަފުން ކަންބޮޑުވުންފާޅުކޮށްފައި ހުރި ވާހަކަތަކަށް ބާރުދޭން އޯޑިއޯ އާއްމުކޮށް، މިނިސްޓަރު ނަހުލާ އަށް މުވައްޒަފުންގެ އިތުބާރު ގެއްލިފައިވާ ކަމަށް ބުންޏެވެ. އޭނާ އަކީ މި ސަރުކާރުގައި މުވައްޒަފުންގެ އިތުބާރު ގެއްލުނު ފުރަތަމަ ވަޒީރު ކަމަށް ވެސް ސިފަކުރި އެވެ.
އެކަމަކު އެ އޯޑިއޯ އާއްމުވުމާ އެކު ހިޔާލުފާޅުކުރި ގިނަ ބަޔަކަށް ނަހުލާގެ ވާހަކަ މައްސަލައަކަށް ނުވި އެވެ. އެއީ، "ބަރާބަރު ވާހަކައެއް" ކަމަށް ބުނެ ތައުރީފް އޮއްސާލީ އެވެ.
ނަހުލާ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވީ ޓްރާންސްޕޯޓް އޮތޯރިޓީން ޚިދުމަތް ހޯދަން ދާ ގިނަ ބައެއްގެ ހުރި ކަންބޮޑުވުންތަކެވެ. ސަރުކާރުގެ އިދާރާތަކުގެ ތެރެއިން އެންމެ ދަށްފެންވަރުގައި ޚިދުމަތް ދޭ އެއް ތަނުގެ ގޮތުގައި ޓްރާންސްޕޯޓް އޮތޯރިޓީ ލޭބަލްވެފައި އޮންނަތާ ކިތަންމެ ދުވަހެކެވެ.
މިނިސްޓަރު އައިޝާ ދެއްކެވި ވާހަކަތައް ގިނަ ބަޔަކަށް ކަމުދިޔަ އެއް ސަބަބަކީ އެއީ ކަމަށް ވެދާނެ އެވެ.
މުވައްޒަފުން މަސައްކަތަށް ފަރުވާކުޑަކުރާތީ ހިތްހަމަޖެހިވަޑައިނުގެން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މިނިސްޓްރީގައި ވެސް މަސައްކަތްކުރަން ޖެހޭ ވަގުތު މުވައްޒަފުންނަށް އޮޅިފައެއް ނޯންނާނެ އެވެ. ކޮންމެ މިނިސްޓްރީއެއްގައި ވެސް ވަޒީރު ފިޔަވައި އެހެން އެއްވެސް މުވައްޒަފަކަށް ބޭނުން ގަޑިއަކު އޮފީހަށް ވަދެ، ނުކުމެ އުޅުމުގެ ފުރުސަތެއް ނޯންނަ ކަމަށް ވިދާޅުވެ އެވެ.
އާއްމުކުރި އޯޑިއޯގައި، މިނިސްޓަރު ވިދާޅުވަނީ ކިތަންމެ ގިނަ ބަޔަކަށް ފިޔަވަޅު އަޅަން ޖެހުނަސް އެކަން ކުރައްވާނެ ކަމަށެވެ. މަގާމާ ހަވާލުވެ ވަޑައިގަތީ ރައްޔިތުންނަށް ޚިދުމަތްކުރަން ކަމަށާއި އެކަމުގައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ސާފުކޮށް ވިދާޅުވެ އެވެ.
"މި ސަރުކާރަށް އަދި އައިޝަތު ނަހުލާ އަށް ވެސް ސަޕޯޓެއް ނުކުރަން. އެކަމަކު ނަހުލާ ދެއްކި ވާހަކަ އަށް 100 ޕަސެންޓް ތާއީދުކުރަން،" ޓުވިޓާގައި އެކަކު ލިއެފައިވެ އެވެ.
"ޓްރާންސްޕޯޓަށް ކަމަކު ދިޔައީމަ އެނގޭނީ އެތާނގެ މުވައްޒަފުން ފަރުވާކުޑަ ވަރު. ކައުންޓާތައް ހުންނަނީ އަބަދު ހުހަށް. ކަމެއް ރަނގަޅު ކުރަން އުޅޭ ނަމަ ސަޕޯޓް ދީގެން ރަނގަޅުވާނީ."
She is being frank.. I totally support min @aishath_nahula on this matter.. They only work 6hrs aday..and if they started to come and go when ever they feel. Specially such a min wonder how they can service the public.. Salute to @aishath_nahula
— Jaxbath (@Jaxbaath) October 1, 2019
ނަހުލާގެ ވާހަކަ ކަމުނުދިޔައީ ހަގީގަތް އޮޅުވާނުލައި ސާފުކޮށް ވިދާޅުވުމުންތޯ އެކަކު ސުވާލުކޮށްފައިވެ އެވެ. އެތަނުގައި ތިބި ކޮރަޕްޝަން ހިންގާ ކަމަށް ތުހުމަތު ކުރެވޭ މީހުން ވެސް ބޭރުކުރަން އެއް ބަޔަކު ގޮވާލާފައިވެ އެވެ.
މިނިސްޓަރު އެ ވިދާޅުވާ ވާހަކަ ބަރާބަރު. ޓްރާންސްޕޯޓް މިނިސްޓްރީގެ ހާލަތު އެތަނުން ޚިދުމަތް ހޯދަން ދާ ދިވެހިންނަށް އެނގޭނެ. އަމުދުން މި އޯޑިއޯ ލީކުކޮށް މިނިސްޓަރު ބޭޒާރު ކުރާނަމޭ ހިތާ އުޅޭ އުޅުމުން މިނިސްޓަރު @aishath_nahula ގެ ޒިންމާ އަދާކުރެއްވުމުގަ ހުރި ހިތްވަރު ސާފު. ސާބަސް ? https://t.co/mSJ75i89as
— Moosa Ali Manik ?? (@VMookey) September 30, 2019
"އަޅުގަނޑަށް، ހަމައެކަނި މުސާރައާ އެއްވަރަށް މަސައްކަތް ކުރާ ކެބިނެޓުގައި އިންނަ މިނިސްޓަރު ތީ،" އައިޝަތު ލުބްނާ ލިއެފައިވެ އެވެ.
ނަހުލާ ހިތްހަމަޖެހިވަޑައިނުގަތީ އޭނާއާ ހަވާލުކޮށްފައިވާ މިނިސްޓްރީ އޮތް ހާލަތުންނެވެ. އެކަމަކު މިއީ ސަރުކާރުގެ ގިނަ އިދާރާތަކުގެ ހާލަތު ކަމަށް، އޯޑިއޯ އާއްމުވުމާ އެކު ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ނަހުލާގެ ވާހަކަ އަށް ތާއީދުކުރީ ސިވިލް ސާވިސް އިން ރައްޔިތުންނަށް ދޭ ޚިދުމަތްތައް އިސްލާހުކުރަން ބޭނުންވެފައި ތިބި މީހުންނެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުން ވަތްކެއް ނުވާނެ
ރޯޑްވާދިނަސް ހެއްދުމާ ގުޅޭ ހަރުދަނާ އާ އުސޫލެއް
"ކުރިން ކޮރަޕްޝަންގެ ހާއްޔެއް، މޫތައް ލުހެލެވިއްޖެ"
ޓްރާންސްޕޯޓުގެ ހިދުމަތް މިނިސްޓަރަށް ލަހެއް ނޫން!
ލައިފްޖެކެޓް ނުހުންނަ އުޅަނދުގެ ސެޓްފިކެޓް ބާތިލްކުރަނީ
ނަމްބަރު ޕްލޭޓް މައްސަލަ: 3މިލިއަންގެ ބަދަލެއް ނުދިން
ޓްރާންސްޕޯޓް އޮތޯރިޓީ އުވައިލަން މެމްބަރުން ދެކޮޅު
ފިއްތުންތަކާ ހެދި ޓްރާންސްޕޯޓުގެ ޕީއެސް އިސްތިއުފާ!
ނަހުލާގެ ދިފާއުގައި މިފަހަރު ނުކުމެވަޑައިގަތީ މާރިޔާ
ސިނަމާލެ ބްރިޖުން ފީ ނެގުމުގެ ވިސްނުމެއް ނެތް: ނަހުލާ