އެއްގަމު އުޅަނދުފަހަރުތަކަށް ރޯޑްވާދިނަސް ހައްދައިދިނުމުގެ ކަންކަން ހަރުދަނާ ކުރުމަށްޓަކައި އާ އުސޫލެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
02 ނޮވެމްބަރ 2021
އެއްގަމު އުޅަނދުފަހަރުތަކަށް ރޯޑްވާދިނަސް ހައްދައިދިނުމުގެ ކަންކަން ހަރުދަނާ ކުރުމަށްޓަކައި އާ އުސޫލެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި އިއްޔެ ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝިމާޒް ވިދާޅުވީ، ރޯޑްވާދިނަސްއާ ގުޅޭ ގޮތުން ރައްޔިތުންގެ ގިނަ ކަންބޮޑުވުންތައް އެ މިނިސްޓްރީ އަށް ލިބިފައިވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން ފުލުހުންނާ ވެސް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
މާލޭގައި މިހާރު ވެސް 40 އަށް ވުރެ ގިނަ ގަރާޖުތަކުން ރޯޑްވާދިނަސް ހައްދައިދޭ ކަމަށާއި ނަމަވެސް އެކަން ކުރަނީ އެންމެ އެކަށީގެންވާ ގޮތަކަށް ނޫން ކަމަށް ޝިމާޒް ވިދާޅުވި އެވެ.
އެހެންކަމުން ރޯޑްވާދިނަސްއާ ގުޅޭ ކަންކަން ހަރުދަނާ ކުރުމަށްޓަކައި އާ އުސޫލެއް އެކުލަވާލައި އިއުލާން ކުރަން ތައްޔާރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ އުސޫލުގެ ދަށުން ރޯޑްވާދިނަސް ހެއްދުމުގެ ހުއްދަ ލިބޭނީ ވެހިކަލްތައް މޮނިޓަރުކޮށް، ބެލެހެއްޓޭނެ ފުރިހަމަ ޓެކްނޮލޮޖީ ބޭނުން ކުރެވޭނެ ފަދަ ގަރާޖުތަކަށް އެކަނި ކަމަށް ޝިމާޒް ވިދާޅުވި އެވެ.
"މި އުސޫލު ބަދަލު ކުރީމާ ބެލެވޭ ގޮތުގައި ގާތްގަނޑަކަށް އެ ގޮތަށް ޝަރުތު ހަމަވާ ހަތް ވަރަކަށް ގަރާޖު މިހާރު މާލޭގައި ހުރީ،" ޝިމާޒް ވިދާޅުވި އެވެ.
އުސޫލު ބަދަލު ކުރުމުގެ ކުރިން އެ ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ޝަރުތުތައް ފުރިހަމަ ކުރުމަށް މުއްދަތެއް ދޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވި އެވެ. އަދި އެ މުއްދަތުގައި ޝަރުތުތައް ހަމަ ނުކުރާ ގަރާޖުތަކަށް ރޯޑްވާދިނަސް ދޫ ކުރުމުގެ ހުއްދަ ބާތިލު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޮޅުވާލައިގެން ވެހިކަލް ރަޖިސްޓްރީކުރަނީ ބަޔަކާ ގުޅިގެން
ހެލްމެޓް މަޖުބޫރުކޮށް، ޓެކްސީގައި މީޓަރު ހަރުކުރަނީ
މާލެ-ހުޅުމާލެ ބަސް އަވަށު ތެރެއަށް
60 އަހަރުން މަތީގެ މީހުންނަށް ހާއްސަ ލައިސަންސެއް
ސަރުކާރުން ޓެކްސީ ހިދުމަތަށް ނުވަނުމަށް ގޮވާލައިފި
ޑޮމެސްޓިކް ޓާމިނަލަށް ދާ ނަމަ އިތުރު ޗާޖެއް!
ޓެކްސީ ކުރެވޭނެ އަގުތައް އަލުން ކަނޑައަޅައިފި
މާލެ ސަރަހައްދުން 281 ވެހިކަލް ނައްތާލައިފި
ވެހިކަލްތަކެއްގެ ރަޖިސްޓްރީ ބާތިލްކުރީ ގާނޫނާ ހިލާފަށް
ރަޖިސްޓްރީ ބާތިލްކުރުން ހުއްޓުވި މައްސަލަ ބަލައިނުގަތް