18 ޑިސެމްބަރ 2023
ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ކުރި ކަމަށް ބުނެ 87 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލްކުރަން ސަރުކާރުން ނިންމީ ގާނޫނާ ހިލާފަށް ކަމަށާއި ނަމަވެސް އެ މައްސަލާގައި ގެއްލުމުގެ ބަދަލު ހޯދަން ދަައުވާ ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ކުރި ކަމަށް ބުނެ 87 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލްކުރަން ސަރުކާރުން ނިންމީ ގާނޫނާ ހިލާފަށް ކަމަށާއި ނަމަވެސް އެ މައްސަލާގައި ގެއްލުމުގެ ބަދަލު ހޯދަން ދަައުވާ ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ބުނެ 200 އެއްހާ އުޅަނދުގެ ރަޖިސްޓްރީ މި އަހަރު ސަރުކާރުން ބާތިލްކުރި އެވެ. އޭގެ ތެރޭގައި ކާރާއި ސައިކަލު ވެސް ހިމެނެ އެވެ. އޭގެ ތެރެއިން 87 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލްކުރި މައްސަލަ އޭގެ ތެރެއިން ބައެއް ވެހިކަލްތަކުގެ ވެރި ފަރާތްތަކުން ސިވިލް ކޯޓަށް ހުށަހެޅި އެވެ. އަދި އެ މައްސަލަ ކޯޓުން ނިމެންދެން ސަރުކާރުގެ ނިންމުމަށް އަމަލުކުރުން ފަސްކުރަން ސިވިލް ކޯޓުން ކުރިން އޮތީ އަންގައިފަ އެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ރަޖިސްޓްރީތައް ބާތިލްކުރީ އޮޅުވާލައިގެން ރަޖިސްޓްރީ ކޮށްފައިވާތީ ކަމަށް ދައުލަތުން ބުންޏަސް، އެކަމަށް ވެހިކަލްތަކުގެ ވެރިފަރާތްތަކުން އިންކާރުކުރާ ކަމަށެވެ. އަދި ރަޖިސްޓްރީ ބާތިލް ކުރުމުގެ ކުރިން އެ މީހުންގެ ބަހެއް ދައުލަތުން ހޯދާފައިނުވާ ކަމަށާއި އަދި އެ މައްސަލަ ތަހުގީގުކުރަން ފުލުހަށް ހުށަހެޅީ ވެސް އެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް މިދިޔަ އޮކްޓޫބަރު މަހު ކަމަށް ވެސް ގާޒީ ހާފިޒާ އަބްދުއްސައްތާރު ކުރެއްވި އެ ހުކުމުގައިވެ އެވެ.
މީގެ އިތުރުން ސަރުކާރުން ނެރުނު އިއުލާނަކުން އެ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލްކުރި ކަން އެންގިޔަސް، އެއިން ކޮންމެ އުޅަނދެއްގެ ރަޖިސްޓްރީ ބާތިލްކުރި ވަކި ސަބަބެއް ބުނެދީފައިނުވާ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ކަން ހިނގި ގޮތް އެކަށީގެންވާ މިންވަރަށް ސާބިތު ކުރުމެއް ނެތި އަދި ވެހިކަލްތަކުގެ ވެރިފަރާތްތަކުގެ ބަހެއް ހޯދުމެއް ނެތި ރަޖިސްޓްރީތައް ބާތިލް ކުރި ކުރުމަކީ ގާނޫނާ އެއްގޮތަށް ކުރި ކަމެއް ކަމަށް ނުބެލެވޭ ކަމަށް އެ ހުކުމުގައިވެ އެވެ.
އެ މައްސަލާގައި ރަޖިސްޓްރީތައް ބާތިލް ކުރުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ވަކިން ދައުވާ ކުރުމުގެ ހައްގު އޮތް ކަމަށް ކަނޑައަޅައިދޭން ވެހިކަލްތަކުގެ ވެރިފަރާތްތަކުން އެދުނަސް، ސިވިލް ކޯޓުގެ ހުކުމުގައިވަނީ ރަޖިސްޓްރީ ބާތިލްކުރި ނިންމުމަށް އަމަލުކުރުން ފަސްކުރަން ކޯޓުން ކުރިން އަންގާފައި އޮތުމުން ވެހިކަލްތަކުގެ ވެރިފަރާތްތަކަށް އިތުރު ގެއްލުންތަކެއް ލިބޭނެ ކަމަށް ބެލެވެން ނެތް ކަމަށެވެ. އެހެންވެ، ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރުމުގެ ހައްގު އޮތް ކަމަށް ކަނޑައެޅެން ނެތް ކަމަށް ހުކުމުގައިވެ އެވެ.
އެ މައްސަލާގައި ގާނޫނީ ހަރަދު ނަގައިދޭން، ވެހިކަލްތަކުގެ ވެރިފަރާތްތަކުން އެދުނަސް، ހުކުމުގައިވާ ގޮތުން އެކަމަށް ހިނގި ހަރަދުގެ ތަފްސީލެއް ހުށަހަޅާފައި ނުވާތީ އެ ފައިސާ ނަގައިދެވެން ނެތް ކަމަށެވެ. އެހެންވެ، 87 ވެހިކަލްގެ ރަޖިސްޓްރީ ބާތިލްކުރަން ސަރުކާރުން ނިންމި ނިންމުން ބާތިލްކުރީ ކަމަށް ހުކުމުގައިވެ އެވެ. އެކަމަކު އޭގެ ސަބަބުން ގެއްލުމުގެ ބަދަލުގައި ހޯދަން ދައުވާ ކުރެވޭނެ ތަނެއް ނެތް ކަމަށް ނިންމީ ކަމަށް ހުކުމުގައިވެ އެވެ.
އުޅަނދުގެ ރަޖިސްޓްރީ ބާތިލްކުރި ނިންމުމަށް އަމަލުކުރުން ފަސްކުރަން ސިވިލް ކޯޓުން އެންގި މައްސަލަ ދައުލަތުން ކުރިން ހައި ކޯޓަށް ވެސް ހުށަހެޅި އެވެ. ނަމަވެސް ހައި ކޯޓުން ވެސް ނިންމާފައި އޮތީ ސިވިލް ކޯޓުގެ ނިންމުމަށް ތާއީދުކޮށެވެ.
މާލެ ސަރަހައްދުން 281 ވެހިކަލް ނައްތާލައިފި
ރަޖިސްޓްރީ ބާތިލްކުރުން ހުއްޓުވި މައްސަލަ ހައިކޯޓަށް
87 ވެހިކަލްގެ ރަޖިސްޓްރީ ބާތިލްކުރުން ހުއްޓުވައިފި
ނަމްބަރު ޕްލޭޓް މައްސަލަ: 3މިލިއަންގެ ބަދަލެއް ނުދިން
"އޭސީސީން ދެއްކީ ހަގީގަތާ ޚިލާފް ވާހަކަތަކެއް"
އޮޅުވާލައިގެން ވެހިކަލް ރަޖިސްޓްރީކުރަނީ ބަޔަކާ ގުޅިގެން
ކުދި ޕިކަޕްތަކުގައި ދުވާލު މުދާ އުފުލޭ ގޮތް ހަދައިފި
މާލެ ސަރަހައްދަށް ރަޖިސްޓްރީ ކުރި ވެހިކަލް މަދުވެއްޖެ
ޒޯން ބަދަލުކުރާ ވެހިކަލްތަކަށް ދިން ބިން ހުހަށް!
ރަޖިސްޓްރީ ނުކުރާ 1،000 އަށް ވުރެ ގިނަ ވެހިކަލް!