12 ނޮވެމްބަރ 2020
ވޮޝިންޓަން (ނޮވެމްބަރު 12) - މިދިޔަ ހަފުތާގައި ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެެޓިކް ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން އަށް ލިބުނު ކާމިޔާބާ އެކު، އެ ގައުމުގެ ރައީސަކަށް ދެވަނަ ދައުރެއް ކާމިޔާބު ނުކުރެއްވި ވެރިކަން ދޫކޮށްލައްވަން މި ޖެހިވަޑައިގަތީ 28 އަހަރު ފަހުންނެވެ. އެކަމަކު ރައީސަކު ބަލި ގަބޫލުކުރަން ދެކޮޅު ހައްދަވައި، ވެރިކަން ބަދަލުވުމުގެ މަރުހަލާއަށް އެއްބާރުލުން ނުދިނުމަކީ އެމެރިކާ ދުވަހަކު ވެސް ތަޖްރިބާ ކުރި ކަމެއް ނޫނެވެ.
ވޮޝިންޓަން (ނޮވެމްބަރު 12) - މިދިޔަ ހަފުތާގައި ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެެޓިކް ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން އަށް ލިބުނު ކާމިޔާބާ އެކު، އެ ގައުމުގެ ރައީސަކަށް ދެވަނަ ދައުރެއް ކާމިޔާބު ނުކުރެއްވި ވެރިކަން ދޫކޮށްލައްވަން މި ޖެހިވަޑައިގަތީ 28 އަހަރު ފަހުންނެވެ. އެކަމަކު ރައީސަކު ބަލި ގަބޫލުކުރަން ދެކޮޅު ހައްދަވައި، ވެރިކަން ބަދަލުވުމުގެ މަރުހަލާއަށް އެއްބާރުލުން ނުދިނުމަކީ އެމެރިކާ ދުވަހަކު ވެސް ތަޖްރިބާ ކުރި ކަމެއް ނޫނެވެ.
އިންތިޚާބު ކާމިޔާބުވާ ކެންޑިޑޭޓަށް މަރުހަބާ ކިޔައި، ވެރިކަން ބަދަލުވުމުގެ މަރުހަލާއަށް އެއްބާރުލުން ދިނުމަކީ އެމެރިކާގައި ދަމަހައްޓަމުން އައި ސަގާފަތެކެވެ. އެކަމަކު ރިޕަބްލިކަން ކެންޑިޑޭޓް އަދި ރައީސް ޑޮނަލްޑް ޓްރަމްޕް ބަލި ގަބޫލުކުރަން ދެކޮޅު ހައްދަވާތީ ވެރިކަން ބަދަލުވުމުގެ މަރުހަލާ އެއްކޮށްހެން އޮތީ ހުއްޓިފަ އެވެ. އިންތިޚާބު ކާމިޔާބުކުރާ ކެންޑިޑޭޓަށް ސަރުކާރުގެ އިދާރާތަކުން މައުލޫމާތުތައް ދޭން ފެށެނީ ޖެނެރަލް ސާވިސް އެޑްމިނިސްޓްރޭޝަން (ޖީސީއޭ) އިން އެކަން ރަސްމީކޮށް ކަނޑައެޅުމުންނެވެ.
އެމެރިކާގެ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ގާނޫނު އޮންނަ ގޮތުން އިންތިޚާބުވާ ކެންޑިޑޭޓް ހުވާ ކުރެއްވުމުގެ ކުރިން އޮފީހަކާއި އެތަން ހިންގުމުގެ ޚަރަދު ހަމަޖައްސައި ދިނުމުގެ އިތުރުން އެމެރިކާގެ ސިއްރު އަދި ގައުމީ ސަލާމަތާ ގުޅޭ ޖާސޫސީ ބައެއް މައުލޫމާތުތަކާއި އިިގްތިސާދީ އަދި މާލީ ކަންކަމާ ގުޅޭ މުހިންމު މައުލޫމާތުތައް ފޯރުކޮށްދޭން ޖެހޭނެ އެވެ. އެހެން ނަމަވެސް ރައީސް ކަމަށް ބައިޑަން އިންތިޚާބުވި ކަން އިއުލާން ކުރަން ޖީސީއޭ އިން ދެކޮޅު ހަދާފައިވާތީ އެ މަރުހަލާ ނުފަށަ އެވެ. އެކަމަކު ސީކްރެޓް ސާވިސް އިން ދަނީ ބައިޑަންއަށް ސެކިއުރިޓީ ފޯރުކޮށް ދެމުންނެވެ.
އަލަށް ވަޑައިގަންނަވާ އެމެރިިކާގެ ރައީސަށް މައުލޫމާތުތައް ނުދީ ލަސް ކުރުމުން ގައުމީ ސަލާމަތަށް ނުރައްކާވުމުގެ ބިރު ބައެއް ފަހަރު އޮވެ އެވެ. އެގޮތުން ވޯލްޑް ޓްރޭޑް ސެންޓަރަށް 2001 ވަނަ އަހަރު ދިން ޓެރަރިސްޓްގެ ހަމަލާއާ ގުޅިގެން އެކުލަވާލި ކޮމިޝަންގެ ރިޕޯޓުގައިވާ ގޮތުން 2000 ވަނަ އަހަރުގެ ފަހުކޮޅު ބޭއްވި އިންތިޚާބަށް ފަހު ޖޯޖް ޑަބްލިއު ބުޝްއަށް ގައުމީ ސަލާމަތާ ގުޅޭ ބައެއް މައުލޫމާތުތައް ދިނުން ލަސްވުމަކީ އެ ހަމަލާ ހުއްޓުވަން ދުރާލާ ފިޔަވަޅު ނޭޅުނު އެއް ސަބަބެވެ. އެފަހަރު އިންތިޚާބުގައި ވޯޓު ގުނުމުގައި މައްސަލަ ޖެހި، ސުޕްރީމް ކޯޓުން މައްސަލަ ނިންމަން ޖެހުމުން ވެރިކަން ބަދަލުވުމުގެ މަރުހަލާ ލަސްވެގެން ދިޔަ އެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާއަށް ޓްރަމްޕްގެ ސަރުކާރުން އެއްބާރުލުން ނުދިނަސް، އަންނަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު އޭނާގެ ދައުރު ހަމަވެ، 46 ވަނަ ރައީސެއްގެ ގޮތުން ބައިޑަން މަގާމުގެ ހުވާ ކުރައްވާނެ އެވެ. އަދި އެ ދުވަހު ވައިޓް ހައުސް އިން ނުކުމެވަޑައިގަންނަވަން ޓްރަމްޕާއި އޭނާގެ އާއިލާއަށް ޖެހިވަޑައިގަންނަވާނެ އެވެ. ޓްރަމްޕްގެ އަރިސް ބޭފުޅުންނާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ދައުރު ނިމެންވާއިރަށް ވައިޓް ހައުސް އިން ޓްރަމްޕް އަމިއްލަފުޅަށް ނިކުމެވަޑައިގަންނަވާނެ އެވެ.
އާ ރައީސް ހުވާ ކުރައްވާ ދުވަހު ވައިިޓް ހައުސްގައި ދެ ބޭފުޅުން ބައްދަލު ކުރެއްވުމާއި ކެޕިޓަލް ހިލްގައި ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުން ބައިވެރިވުމަކީ އެމެރިކާގައި އާދަކާދައެއްގެ ގޮތުން ކުރާ ކަމެކެވެ. އެކަމަކު އެ ރަސްމިއްޔާތުގައި ބައިވެރިވަޑައިނުގަންނަވާނެ ފުރަތަމަ ރައީސަކަށް ޓްރަމްޕް ވުމަކީ މިހާރު އޮތްގޮތުން ގާތް ކަމެކެވެ.
އެމެރިކާގައި އެންމެ އޮމާންކޮށް ވެރިކަން ބަދަލުވުމުގެ މަރުހަލާ ކުރިއަށް ދިޔައީ ބުޝްގެ ވެރިކަމާއި ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމާ ދެމެދު އެވެ. އޮބާމާ ހުވާ ކުރެއްވުމުގެ ކުރިން އޭނާގެ ސެކިއުރިޓީ އެތައް ގުނައަކަށް ވަރުގަދަ ކުރުމުގެ އިތުރުން އޮބާމާއަށް ބޭނުންވާ އިންތިޒާމްތައް ހަމަޖައްސައި ދިނުމާއި ސިއްރު މައުލޫމާތުތަކާއި ސަރުކާރުގެ އިދާރާތަކުގެ އެތައް މައުލޫމާތުތަކެއް އޮބާމާއަށް ދީފައިވެ އެވެ. އަދި 2016 ގައި ޓްރަމްޕް އިންތިޚާބުވެ ވަޑައިގަތުމުން އޮބާމާ ވެސް އެގޮތަށް އަމަލު ކުރެއްވި އެވެ.
ބަދަލުހިފުމެއް ނެތި ޓްރަމްޕަށް ބައިޑެން ދެއްކެވީ ނަމޫނާ
"އިންތިހާބުން ވަކިވީ ޒުވާން ޖީލަށް ފުރުސަތު ދޭން"
ނިއު ޔޯކް ޓައިމްސް: ހަމަނުޖެހުން އުފެއްދެވީ ޓްރަމްޕް
ބައިޑަންގެ އުއްމީދީ ތިމާވެށި ޓީމު އިއުލާންކޮށްފި
ރާއްޖެ އަށް މުހިއްމު، ބައިޑެންގެ ތިމާވެށި ވައުދު
އެމެރިކާގެ އިންތިޚާބުގެ ނަތީޖާ ކަނޑީގެ މިޔަމަތީގައި
އެމެރިކާގެ ބޮޑު އިންތިހާބުގެ ދުވަސް: ކިއޫ ދަމާލައިފި
"މިހާރު"ން އެމެރިކާ އިންތިހާބުގެ ނަތީޖާ ވަގުތުން
ޓްރަމްޕާއި ބައިޑަންގެ ބަހުސްގައި ޒުވާބާއި މަލާމާތްކުރުން
ޓެކްސްއާ ބެހޭ ހަގީގަތްތަކުން ފެންނަނީ ތަފާތު ޓްރަމްޕެއް