Roadha Mihaaru
ޑޯޓްމަންޑް ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޑޯޓްމަންޑް ބަލިކޮށް ބަޔާން އެއް ވަނަ އަށް

08 ނޮވެމްބަރ 2020

ޑޯޓްމަންޑް (ނޮވެމްބަރު 8) – ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑް 3-2 އިން ބަލިކޮށް ބަޔާން މިއުނިކުން ޖަރުމަން ލީގުގެ އެއް ވަނަ އަށް އަރައިިފި އެވެ.

ޑޯޓްމަންޑް (ނޮވެމްބަރު 8) – ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑް 3-2 އިން ބަލިކޮށް ބަޔާން މިއުނިކުން ޖަރުމަން ލީގުގެ އެއް ވަނަ އަށް އަރައިިފި އެވެ.

ބަޔާން އެއް ވަނައިގައި އޮތީ ހަތް މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ. ކުރިން އެއް ވަނައިގައި އޮތް އާރްބީ ލީޕްޒިގް ދެ ވަނައިގައި އޮތީ ހަތް މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ. ޑޯޓްމަންޑް އޮތީ ހަތް މެޗުން 15 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ.

ޑޯޓްމަންޑުގެ ސިގްނަލް އިޑޫނާ ޕާކުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އެ ޓީމަށް މާކޯ ރެއުސް ލީޑު ނަގައިދިނެވެ. އެކަމަކު އިތުރު ވަގުތުގެ ތެރޭ ތޯމަސް މުލާ ދިން ބޯޅައަކުން ޑޭވިޑް އަލަބާ ބަޔާނަށް އެއްވަރުކޮށްދިނެވެ.

ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ބަޔާނުން ލީޑު ނަގައިދިނީ ލޫކަސް ހެނާންޑެޒް ދިން ބޯޅައަކުން ރޮބަޓް ލެވޮންޑޮސްކީ އެވެ. އެ ޓީމުގެ ތިން ވަނަ ގޯލް ލެވޮންޑޮސްކީ ދިން ބޯޅައަކުން 80 ވަނަ މިނެޓުގައި ޖެހީ ލެރޯއީ ސާނޭ އެވެ. ބަޔާނުގެ އާލިން ހާލާންޑް 83 ވަނަ މިނެޓުގައި ތަފާތު ކުޑަކުރި ނަމަވެސް ނަތީޖާއެއް ބަދަލެއް ނުގެނެވުނެވެ.

މި މެޗުގައި ލެވޮންޑޮސްކީ ޖެހި ގޯލަކީ އޭނާ ލީގުގައި ހަ މެޗުން ޖެހި 11 ވަނަ ގޯލެވެ. ރޭގެ މެޗުގައި ހެޓްރިކް ހަދަން ވެސް އޭނާ އަށް ފުރުސަތު ލިބުނެވެ. އެކަމަކު ލެވޮންޑޮސްކީ ޖެހި އިތުރު ދެ ގޯލް ވީއޭއާރް އިން ބެލުމަށް ފަހު ރެފްރީ ނިންމީ ގަބޫލުނުކުރާށެވެ.