Roadha Mihaaru
ކުދި ވިޔަފާރި ކުރިއަރުވަން އެޗްޑީސީއާއެކު އެއްބަސްވުމެއް

ކުދި ވިޔަފާރިތައް ކުރިއަރުވަން އެޗްޑީސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

05 ނޮވެމްބަރ 2020

ކުދި، މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އިކޮނޮމިކް މިނިސްޓްރީ އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކުދި، މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އިކޮނޮމިކް މިނިސްޓްރީ އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ހުޅުމާލެ ތަރައްގީކޮށް، ބަލަހައްޓާ ދައުލަތުގެ ކުންފުނި، އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މިިނިސްޓަރު ފައްޔާޒު އިސްމާއިލެވެ. އެޗްޑީސީގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ސޮއި ކުރެއްވި އިރު، ބިޒްނަސް ސެންޓަރުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒްލީނާ ފާކިރެވެ.

މިއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ހުޅުމާލޭގައި ހިންގާ ހަރަކާތްތަކުގައި އެޗްޑީސީގެ އެއްބާރުލުން ހޯދުމަށް ވި އެއްބަސްވުމެކެވެ.

މިި އެއްބަސްވުމުގެ ދަށުން، އެޗްޑީސީން ހިންގާ ޕްރޮޖެކްޓުތަކުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުސަތު ފަހިވާނެ އެވެ. ބިޒްނަސް ސެންޓާ ކޯޕަރޭޝަނުން ހުޅުމާލޭގައި ހިންގާ ހަރާކަތްތަކުގައި އެދެވިގެންވާ ރޭޓެއްގައި ޖާގަ ފޯރުކޮށްދިނުމާއި ދެ ކުންފުނި ގުޅިގެން އެފަދަ ވިޔަފާރިތައް ފުޅާ ކުރުމަށް މަސައްކަތް ކުރަން ޖެހޭނެ އެވެ.

މި އެއްބަސްވުމުގައިވާ ގޮތުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ދުރު ރާސްތާ ޕްލޭނެއް ވެސް ދެ ކުންފުނި ގުޅިގެން ތައްޔާރު ކުރަން ޖެހެ އެވެ.