Roadha Mihaaru
ބިދޭސީން އެތެރެކުރުމުގެ "ވައްކަން" މާ ބޮޑު: ފައްޔާޒް

ބިދޭސީން އެތެރެކޮށްފައި ވަނީ އެމްއެމްޕީއާރުސީގެ މައްސަލަ އަށް ވުރެ ބޮޑު ވައްކަމަކުން: ފައްޔާޒު

22 ޖޫން 2020

ރާއްޖެ އަށް ބިދޭސީ މަސައްކަތްތެރިން އެތެރެކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާފައި ވަނީ، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތަށް ވުރެ ވެސް ބޮޑު ވައްކަމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖެ އަށް ބިދޭސީ މަސައްކަތްތެރިން އެތެރެކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާފައި ވަނީ، އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތަށް ވުރެ ވެސް ބޮޑު ވައްކަމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރުން ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި ފައްޔާޒު ވިދާޅުވީ، ރާއްޖެ އަށް ބިދޭސީ މަސައްކަތްތެރިން އެތެރެކުރުމުގައި ހިންގާފައިވާ ކަންތައްތަަކުގެ މައްސަލަތައް ފުލުހުންނަށް ހުށަހަޅާފައިވާ ކަަމަށާއި ފުލުހުން އެކަން ބަލަމުން އަންނަތާ މިހާރު ދޮޅު އަހަރު ވެއްޖެ ކަަމަށެވެ. އޭނާ ވިދާޅުވީ ރާއްޖެ އަށް އައިސް ތިބި ބިދޭސީންނަށް ހުރިހާ ނަފްރަތެއް އަމާޒުވާއިރު އެކަން އެގޮތަށް ކުރީ ސަރުކާރުތަކުގައި ތިބި މީހުން ކަމަށެވެ.

"ކުރިއްސުރެ ވެސް ހިނގަމުން އަންނަ ކަމެއް، އެކަމަކު ބޮޑުތަކުން ގޯސްވެފައި އޮތީ ރައީސް ޔާމީންގެ ސަރުކާރުގެ ފަހުކޮޅުގައި. ދެން އަޅުގަނޑުމެން އެ މައްސަލަތައް ފުލުހުންނަށް ހުށަހަޅައިގެން ތަހުގީގުކުރަމުން މި އަންނަނީ. ފުލުހުން،" ފައްޔާޒު ވިދާޅުވި އެވެ.

"މިހާރު ތަހުގީގު ކުރާތާ ދޮޅު އަހަރު މިވަނީ. މިއީ އެމްއެމްޕީއާރުސީ ކަހަަލަ މައްސަލައެއް. ހަގީގަތުގައި އެމްއެމްޕީއާރުސީ އަށް ވުރެ މާބޮޑު ވައްކަމެއް މިއީ. އަދި މާ އަނިޔާވެރި ވައްކަމެއް މިއީ."

ފައްޔާޒު ވިދާޅުވި ގޮތުގައި، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގިނަވީ އެ މީހުން އަމިއްލަ އަށް ކުރި ކަމަކަށް ވުރެ ބޮޑަށް ރާއްޖޭގައި ތިބި ބަޔަކު ކުރި ކަމަކުންނެވެ. އެކަން އެގޮތަށް ކޮށްފައި ވަނީ އެޖެންޓުންނާއި ސަރުކާރުތަކުގައި ތިބި މީހުން ގުޅިގެން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. ރާއްޖެ އަށް އައިސް ޕާސްޕޯޓް ވީދާލާފައި ފިލައިގެން މީހުން އުޅޭ ވާހަކަ ދެއްކެވޭ ކަމަށާއި އެއީ އެކަމަކު ވަރަށް މަދުން ހިނގާފައިވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

"މިހާރު ތަހުގީގު ކުރާތާ ދޮޅު އަހަރު މިވަނީ. މިއީ އެމްއެމްޕީއާރުސީ ކަހަަލަ މައްސަލައެއް. ހަގީގަތުގައި އެމްއެމްޕީއާރުސީ އަށް ވުރެ މާބޮޑު ވައްކަމެއް މިއީ. އަދި މާ އަނިޔާވެރި ވައްކަމެއް މިއީ." --- ފައްޔާޒް

ފައްޔާޒް ވިދާޅުވި ގޮތުގައި، ބިދޭސީންގެ ކަންކަން އިޖުތިމާއީ މައްސަލައަކަށް ވެފައި ވަނީ ދިވެހިން ކުރާ މަސަައްކަތްތަކުގެ ތެރެއަށް ބިދޭސީން ވަންނާތީ އެވެ. އެހެންވެ، އެކަން ކޮންޓްރޯލް ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އެގޮތުން ބިދޭސީން މަަސައްކަތް ކުރަން ރަޖިސްޓަރީ ވެފައިވާ ތަން ނޫން އެހެން ތަނެއްގައި މަސައްކަތް ކުރާ ނަމަ މަސަަައްކަތް ކުރުވާ ފަރާތް ވެސް ކުށްވެރިވާ ގޮތަށް ގަވައިދެއް ހަދަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި 50،000 އަށް ވުރެ ގިނަ ބިދޭސީން ގަވައިދާ ހިލާފަށް އުޅޭ ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް މީހުންނާއި އިންޑިއާގެ މީހުންނެވެ.